Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުލީ އެއާޕޯޓް

"މުލީ އެއަރޕޯޓުގެ މަސައްކަތަކީ ރައީސް މުއިއްޒު ފެއްޓެވި މަސައްކަތެއް ކަމަށް ބުނެ މިނިސްޓަރ ހެއްދެވީ އިތުރުފުޅެއް"

20 މެއި 2025 | އަންގާރަ 13:27

އެ މަސައްކަތް ނިންމަން ރައީސް މުއިއްޒު އިސްކަން ދެއްވިކަމަށް ބުނުމަކީ ވެސް އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މެއި 2025 | އަންގާރަ 13:27
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން

މުލީ އެއަރޕޯޓުގެ މަސައްކަތަކީ ރައީސް މުއިއްޒު ފެއްޓެވި މަސައްކަތެއް ކަމަށް ބުނެ ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ހަދަންފެށި މ. މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކަ އަށް އިޝާރާތްކުރައްވައެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި 2014ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތާއި އެކު 540 މިލިއަން ރުފިޔާ ސަރުކާރުން މި މަޝްރޫޢުއަށް ވަނީ ޚަރަދުކޮށްފައެވެ. އަދި މި މަޝްރޫޢު އޮތީ ރައީސް ޞާލިހުގެ ނިމުނު އިރު ހުއްޓިފައި ކަމަށާއި އެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިޔައީ މި ސަރުކާުރން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި، އެކަމަށް ރައްދު ދެއްވާ އިކްރާމް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަ އެއް ކަމަށެވެ. މުއްތަލިބް އެެހެން ވިދާޅުވި ނަމަވެސް މުލީގެ އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުކަން އިކްރާމް ފާހަގަކުރެއްވިއެވެ. އެގޮތުން ބިން ހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 212 މިލިއަން ރުފިޔާއަށެވެ.

އިކްރާމް ވިދާޅުވީ މުލީ އެއާޕޯޓް އެޅުމަށް އެދެމުންދާތާ ވަރަށް ދުވަސް ވެފައިވާ ކަމަށާއި އެކަން ފުއްދައި ދިނީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރައީސް ޞާލިހުގެ ވައުދާއި އެއްގޮތަށް ކުރި ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިކްރާމް ވިދާޅުވީ މި ސަރުކާރާއި ރައީސް މުއިއްޒު އެ މަސައްކަތުގެ ކްރެޑިޓް ނަގާ މެޑަލް ޖަހަން އުޅުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައި ވަނީ ރައީސް ޞާލިހުގެ ސަރުކާރުގައި ކަމަށާއި އެ ވެރިކަން ނިމުނު އިރު ވެސް 80% މަސައްކަތް ނިމިފައި އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މަސައްކަތް ނިންމަން ރައީސް މުއިއްޒު އިސްކަން ދެއްވިކަމަށް ބުނުމަކީ ވެސް އިތުރުފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުލީ އެންމެންނަށް ވެސް އެނގޭ މިކަން ހިނގި ގޮތް. ސަރުކާރު ބަދަލު ނުވި ނަމަ މާ އަވަހަށް ނިމޭނެ. ވަރަށް އުނދަނގޫ މިކަމުގަ ސަރުކާރުގެ ހިއްސާ އެއް އޮތޭ ބުނަން. ބިން ހިއްކުމާއި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުރުމާއި ގުޅުވާގޮތެއް ނޭނގޭ އެއާޕޯޓް އެޅުމަށް ހިއްކި ކަމަށް ބުނާ ބިން. އޭރު މެމްބަރު ބިން ހިއްކަން ދިނީމަ އޭރުގެ މެމްބަރު ކުންފުންޏަކާއި ހަވާލުކޮށްގެން އެކްސްކަވޭޓަރެއް ވައްޓާލަ ވައްޓާލަ ތިބީ. އަލުން ބިން ހިއްކައިގެން އެއާޕޯޓް އެ އަޅުއްވަން ފެއްޓެވީ ރައީސް ޞާލިހު. އެކަން އާއްމުންނަށް ވެސް އެނގޭ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓްގެ މަސައްކަތް ނިންމާ ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެއަށްފަހު ރަސްމީކޮށް އެ އެއާޕޯޓު ހުޅުވަން އޮތީ މެއިމަހު ކުރީކޮޅެވެ. އެހެން ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނީ ރަސްމީކޮށް މުލީ އެއާޕޯޓު ހުޅުވުން ކެންސަލް ކުރި ކަމަށެވެ. ސަބަބު ހާމަ ނުކުރަށްވާ ކުއްލިއަކަށް ކެންސަލް ކުރަށްވާފައި މިއަދު އެ އާޕޯޓު ރަސްމީކޮށް ވަނީ ހުޅުވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް