Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާގެ އިންޒާރު އިސްރާއީލަށް 

ފަލަސްތީނުގައި ދައުލަތެއް ޤާއިމު ކުރަން ބޭނުންވާ ކަމަށައި، ދެ ދައުލަތުގެ ޙައްލަކަަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2025 | އަންގާރަ 07:56
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، ފްރާންސްގެ ރައީސް މެކްރޮން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، ފްރާންސްގެ ރައީސް މެކްރޮން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ހަމަލާތައް އިތުރު ކުރުމާއި، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން އަންނާތީ، އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ އިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.

އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ އެކުވެގެން ނެރެފައިވާ ޖޮއިންޓް ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫގެ ސަރުކާރުން، "ނުރަނގަޅު އަމަލުތައް" ކުރަމުންދާއިރު، އެކަމާ ހަނު ނުތިބޭނެ ކަމަށެވެ.

މީގެ އިތުރުން ފަލަސްތީނުގައި ދައުލަތެއް ޤާއިމު ކުރަން ބޭނުންވާ ކަމަށައި، ދެ ދައުލަތުގެ ޙައްލަކަަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލް އިން އެ ޤައުމުގެ ދިފާއުގައި ފިޔަވަޅުތައް އެޅުމަށް ވެސް ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް، ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް އިން ހިންގަމުން ދަނީ ޙާލަތާ ނުބައްދަލު ބާރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތިން ޤައުމު ގުޅިގެން މި ބަޔާން ނެރެފައި ވަނީ، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި 22 ޤައުމަކުން ވެސް ބަޔާން ނެރެފައި ވަނިކޮށެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ފަހުން، މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަލުން ހަމަލާތައް ދޭން ފަށައިފަ އެވެ. އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް، މިހާތަނަށް ވަނީ ޣައްޒާ އިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފަ އެވެ.

ތިން ޤައުމުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އާންމު ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިވަގުތު ޣައްޒާގެ ރައްޔިތުން ބަނޑުހައި ހޫނުކަމެއްގެ ތެރޭގައި ތިބިކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އަންނަ މިހާތަނަށް ވަނީ އެ ޤައުމުން 53،486 މީހަކު ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން މި ހަމަލާތަކުގައި މިހާތަނަށް 120،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު