Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒު ލޮޖިކް: އެހެން މީހުން ތިބެން ޖެހޭނީ ހިމޭނުން

މުއިއްޒު ބޭނުން ގޮތަކަށް ކަންކުރުން މުއިއްޒަށް އޯކޭ އެވެ. ގޯސްވަނީ އެހެން މީހުން އެވާހަކަ ދެއްކުމެވެ. އެއީ މުިއްޒުގެ ވިސްނުމެވެ. މުއިއްޒު ލޮޖިކެވެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 މެއި 2025 | އާދީއްތަ 12:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މަޝްހޫރު މަލިކު ލަވައެއްގައި އޮވެއެވެ. ބުނެވޭކަށް ނެތެވެ. ބުނެވޭކަށް ނެތެވެ. ނުބުނެ މިތާ ހުރެވޭކަށް ނެތެވެ. ބުނެގެންވާނީ ބުނިކަމުގައެވެ. ނުބުނާނަމަ ވާނީ ނުބުނާ ކަމުގައެވެ. އެމޭރުމުން ބަލާއިރު އެއްޗެއް ނުބުނާން ހުއްޓަސް ނުބުނެ ހުރެވޭ ވަރެއް ނޫނެވެ. ކަންކުރާގޮތުން ހަނު ހިމޭނުން ތިބެވޭކަށްވެސް ނެތެވެ.

ސުޕްރީމް ކޯޓު ފުނޑާލީ ރައްޔިތެއްގެ ގާތު ހޭވެސް އަހާނުލައެވެ. ގާނޫނާ ދުނިޔޭގެ ހަމައަށް އެއްގޮތަކަށްވެސް ބަލާ ނުލައެވެ. ބާރު އޮތީ މަށަށޭ، މަހަދާނީ މަހަދާނެ ގޮތެކޭ ބުނާކަހަލަ ގޮތަކަށެވެ. އެހަމައިގެ ދަށުން ނުވަތަ ރައީސް މުއިއްޒުގެ އެވިސްނުމާ އެއްގޮތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް މުޅި ސުޕްރީމް ކޯޓުގައި މަރުތަޅު އެޅުވިއެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންގާތު ހޭވެސް އަހާނުލައި ބޮޑު ސިންގާ ތަހުގީގެއް ނިންމާލައި އެމީހުން އެތަނުން ބޭރުވެސް ކުރީއެވެ. އަދްލު އިންސާފްގެ ދާއިރާ ފުނޑާލީއެވެ.

އެކަމަށް ދެއްކި ހުއްޖަތަކީ ރައްޔިތުންދިން ބާރެވެ. މަކުރި ކަމެއް ނޫނެވެ. ރައްޔިތުންދިން މަޖިލީހުގެ މެޖޯރިޓީއެވެ. އެއީ ރައްޔިތުން ބުނި ބަހެވެ. އަހަރެން ހެދީ މަޖިލީހުން ބުނިގޮތެވެ. މަޖިލީހުން ހަދަން ޖެހެނީ އަހަރެން ބުނިއްޔާ ބުނިގޮތެކެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާއަކީ މަށެވެ. މަޖިލީހުގައިތިބި ސަރުކާރު މެންބަރުންގެ ޕާޓީގެ އެންމެ ބޮޑު މީހާއަކީވެސް މަށެވެ. ކަންކުރާން ޖެހޭނީ މަބުނިއްޔާ ބުނިގޮތަކަށެވެ. މަޖިލީހުގެ މެންބަރުން ތަޅު އެޅުވީ މަ ބޭނުންވީމައެވެ. މިއަދު ސުއްބުވެސް މަށާ ދެކޮޅަކަށް ބުނާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ. އޮންނާނީ އެކަމަށްޓަކައި ގާނޫނީ ބަދަލެއް ގެނެސްފައެވެ. މަ ބުނެގެން މަބުނިގޮތަށެވެ. މެންބަރުން ބޭނުން ނުވިއަސް އެމީހުންގެ ކަރަށް އެދަންމަޅި އެމީހުން އަމިއްލައަށް މަހާލީ މަ ބުނެގެން މަބުނި ގޮތަށެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސީދާ ސީދަލަށް ވިދާޅު ނުވިއަސް އަމަލުން ފެންނާންހުރި ހަގީގަތެވެ. މިއީ މުއިއްޒު ލޮޖިކެވެ.

ސުޕްރީމް ކޯޓު ފުނޑާލީ މަޖިލީހުން ގެނައި ބަދަލާއެކު މަގޭ ބޭނުން ގޮތައް މަގޭ ހަންމުށި އެޅޭވަރު ޖުޑީޝަލް ސަރވިސް ކޮމިޝަން ގެނެސްފައެވެ. އެކޮމިޝަންވެސް އެއޮތީ މަގޭ ބާރުގެ ދަށުގައެވެ. އެމީހުން ހަދާން ޖެހޭނީ މަބުނާ ގޮތެކެވެ. އިއްތިފާގުވިއަސް، ކަންކަން ދިމާވިއަސް ކުރާނެ ކަމެއް ނެތެވެ. އެއީ މަށަށް ރައްޔިތުންދިން ބާރެވެ. މަމިކުރަނީ މަށަށްދިން އެބާރުންނެވެ. ފަނޑިޔާރުން ސަސްޕެންޑްކޮށް އެމީހުން ވަކިކުރީ އެތަރަހައިގެ ދަށުންނެވެ. މިއީ މަގޭ ގޮތެވެ. މިއީ ރައީސް މުއިއްޒުގެ ނިންމެވުމެވެ. މުއިއްޒު ލޮޖިކެވެ.

އެހުރިހާ ކަމެއް ފެންތައްޓެއް ބޮއެފާ ވައެއްލާހާ ފަސޭހައިން ނިންމާލީ ރައްޔިތުން ހޯހޯ ގޮވަގޮވާއޮއްވައެވެ. ގާނޫނީ މީހުން ގާނޫނާ ޚިލާފޭ ބުނެބުނެ އޮއްވައެވެ. އަވައްޓެރި ގައުމުތަކާއި ރާއްޖެ ބައިވެރިވެފައިވާ ޖަމްއިއްޔާތަކުންވެސް އެހެން ނުހެދުމަށް ބުނެބުނެ އޮއްވައެވެ. އަމުދުން ފަނޑިޔާރުން، އެމީހުންގެ ބަސްއަޑުއަހާލާށޭ ބުނެބުނެ އޮއްވައެވެ. މިއީވެސް މުއިއްޒުގެ ނިންމެވުމެވެ. މުއިއްޒަށް ލިބިދޭ ބާރުގެ ދަށުން ނިންމި ނިންމުމެވެ. ހިތުހުރި އެއްޗެއް ހެދެން އޮތީމާ ބޮލެއް ކަނދުރައެއް، ގާނޫނެއް ގަވާއިދެއް އިންސާނިއްޔަތުކަމެއް އަމުދުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބެލުމެއް ނެތިއެވެ. މިއީ މުއިއްޒުގެ ގޮތެވެ. މުއިއްޒު ލޮޖިކެވެ.

ކުރެވުނު ކަންތައްތަކާ ހީނހީފައި އަތްޖެހީއެވެ. ލިބުނު ކާމިޔާބީއާ ޝަރަފް ފާހަގަކޮށް ހަރުގެ ޖަލްސާ ބާއްވައިގެން އުފާފާޅުކުރީއެވެ. މުއިއްޒު ވިދާޅުވީމާ ވިދާޅުވި ގޮތަކަށް ކަންކުރާން އޮންނަ ދައުލަތުގެ ޓީވީން މޮޅެތި ރިޕޯޓްތައްވެސް ގެނައީއެވެ. އަނެއްކޮޅުގެ ބަހެއް އަހާވެސް ނުލައެވެ. އެބުނާ ނޫސްވެރިކަމުގެ ހަމަވެސް އޮތްތަނެއްގައި ބާއްވާފައެވެ. ހަމަ ވިދާޅުވި ގޮތަށެވެ. މިއީ މުއިއްޒުގެ ނިންމެވުމެވެ. މުއިއްޒަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މުއިއްޒު ބޭނުންވި ގޮތެވެ. މުއިއްޒު ލޮޖިކެވެ.

ގޯސްވީ އެންމެ ކަމެކެވެ. ގޯސްވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ދެއްވި ގާނޫނީ ލަފައެވެ. ރައްޔިތުން އެވާހަކަ ދެއްކުމެވެ. މަސްއޮޑި އަތިރިއާއި ރަށްރަށުގެ ހޮޅިއަށިތަކާއި މަގު ކުނިކަހަން ނުކުތް އަންހެންވެރިންގެ މެދުގައިވެސް އެވާހަކައާ ގުޅުވައި މުއިއްޒު ކުޑައިމީސްކޮށް ވާހަކަ ދެއްކުމެވެ. ސަރުކާރުގެ އޮފީސްތަކުގެ ކޮށިގަނޑުގަނޑުގައާއި ޓީ ބްރޭކަށް ނިކުމެ ސައިހޮޓާތަކުގައި ސިއްރު ސިއްރުންވިއަސް އެވާހަކަ ދެއްކުމެވެ. ކަން އޮތްގޮތައް ބުނެ އުޅޭ ނޫސްތަކާއި ޓީވީ ޗެނަލްތަކުން އެވާހަކަ ދެއްކީމައެވެ. ހަގީގަތް އެންމެން އެންމެނަށް ކިޔާ އުޅުމެވެ.

ގޯސްވީ އިދިކޮޅު މައި ޕާޓީން ބޭރުގެ މިޝަންތަކަށް އެވާހަކަ ގެންދިއުމެވެ. ބޭރުން ކަނޑައަޅާފައިތިބޭ މީހުންނަށް ހަގީގަތް ހާމަކޮށްދިނުމެވެ. ރާއްޖެވެސް ބައިވެރިވާ ޖަމްއިއްޔާ ޖަމާއަތްތަކަށް ކަންއޮތްގޮތް އޮޅުން ފިލުވައިދިނުމެވެ. އެކަން ގޯސްވީ މުއިއްޒުއަށެވެ. އެއީވެސް މުއިއްޒު ލޮޖިކެވެ.

ރައްދުގައި އެނެރުއްވީ ޚަލީލެވެ. މުއިއްޒު ދެއްވި ފޮރިން މިނިސްޓަރ ކަމުގައި ހުންނެވި ވަޒީރެވެ. ޓްވީޓް އެކުރެއްވީ އެވަޒީރެވެ. މުއިއްޒު ވިދާޅުވެގެންނެވެ. މުއިއްޒުގެ ސަލާމަތަށެވެ. އެހެންމީހުން އެކިޔާ އެއްޗިއްސާމެދު ކަންބޮޑުވެގެންނެވެ. އެމީހުން އެދައްކާ ވާހަކަތައް ނަފީ ކުރުމަށެވެ. އެއީވެސް މުއިއްޒު ވިދާޅުވީމާ ކުރެއްވި ކަމެކެވެ. ބުނިއްޔާ ބުނިހާގޮތެއް ހަދައިގެން ނޫނީ ވަޒީރުކަމުގައި ނުހުރެވޭނެތީއެވެ. އެއީވެސް މުއިއްޒުގެ ކަމެކެވެ. ހަމަ މުއިއްޒު ލޮޖިކެވެ.

ކޮންމެއަކަސް ނޭނގުނު ކަމަކީ މިއީ ކަންވާނެ ގޮތްކަން މުއިއްޒަށް ނުވިސްނުމެވެ. މުއްފަތުން ކާންދީގެން ގެންގުޅޭ ކުދިންކޮޅު ތިބޭހެން އެންމެން ނުތިބޭނެ ކަމެވެ. އެޅިހާ ބަތަކަށް ރިހަވާނީ އެމީހުން އެކަނި ކަމެވެ. އެންމެނަކު އެހެން ހެއްލިގެން ނުތިބޭނެ ކަމެވެ. އެމީހުން ކިޔާނީ އެމީހުން ކިޔާނެ އެއްޗެއްކަމެވެ. އެމީހުން އެހަގީގަތް ހާމަކުރާނެ ކަމެވެ. ނޭނގުނީ އެއީ ހުއްޓުވޭންވެސް އޮތްކަމެއް ނޫންކަމެވެ. ރޭކާ ނުލީ ހަކުރު ދޭތީ ބޮޑުބޭބެވާނީ މުއިއްޒު ގެންގުޅޭ ކުދިންނަށް އެކަނިކަމެވެ. ދަރިއެއްހެން މުއިއްޒު ދޮންފުތު ކޮށްގެން ގެންގުޅޭނީ އެވެރިން އެކަނިކަމެވެ. ކުރިއެކޭ އެއްގޮތައް ވިސްނާ ނުލެވުނީ މުއިއްޒުއަށެވެ. އެއީ ކަންވާ ގޮތެވެ. އަބަދުވެސް ލިބޭ ލަނޑެވެ. އެއީވެސް ހަމަ މުތުލަގަށް ސާފުސަރީހަކޮށް މުއިއްޒު ލޮޖިކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

03 ޑިސެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު