Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

އަންނަ އަހަރު ޓްރެފިކް ޤަވާއިދާއި ޚިލާފުވުމުގެ ޗާޖުގެ ގޮތުގައި 30.3 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2017 | އާދީއްތަ 13:18
މާލޭގެ ޕާކިންގ ޒޯނެއް: މާލެއަށް ނުކަތާ ވަރަށް ވެހިކަލް ދުއްވުމަށް ހުއްދަ ދީފައިވާ އިރު ޕާކިން މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތް

މާލޭގެ ޕާކިންގ ޒޯނެއް: މާލެއަށް ނުކަތާ ވަރަށް ވެހިކަލް ދުއްވުމަށް ހުއްދަ ދީފައިވާ އިރު ޕާކިން މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތް

ދިވެހި ދައުލަތުގެ ބަޖެޓުގައި މީގެ ކުރިން ވެސް އެކި ދާއިރާތަކުން ރައްޔިތުން ޖޫރިމަނާ ކޮށްގެން ދައުލަތަށް ލިބޭނެ އާމްދަނީ ޖަހައެވެ. އެއީ އާ ކަމެއް ނޫނެވެ. އެގޮތުން 2016 ވަނަ އަހަރު އެކި ޖޫރިމަނާގެ ގޮތުގައި 327 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ދައުލަތަށް ފައިސާ ވަދެފައި ވެއެވެ. މިހިނގާ 2017 ވަނަ އަހަރު ޖޫރިމަނާ ކޮށްގެން 206 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ކުރިއަށް އޮތް އަހަރު ރައްޔިތުން ޖޫރިމަނާ ކޮށްގެން ދައުލަތަށް 248 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ވަނީ ޖަހާފައެވެ.

އެކިއެކި ސަބަބުތަކާ ހުރެ މީހަކު ޖޫރިމަނާ ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޖޫރިމަނާ ކުރާ މީހާ ޖޫރިމަނާ ކުރަންވާނީ އިންސާފުގެ ތަރަހައިގެ ތެރެއިންނެވެ. ސަރުކާރުން ރައްޔިތުންނަށް ފުއްދައިދޭންޖެހޭ ކަމެއް ފުއްދައި ނުދިނުމުގެ ސަބަބުން ރައްޔިތު މީހާ ޖޫރިމަނާ ވެގެން ނުވާނެއެވެ. އެއީ އިންސާފެއް ނޫނެވެ. ސަލާމަތް ބުއްދި ޤަބޫލުކުރާ ހަމައެއް ވެސް ނޫނެވެ.

މިސާލަކަށް ބަލަމާހެއްޔެވެ. ތޮއްޖެހިފައިވާ މާލޭގައި ދުއްވާ އެއްގަމު އުޅަނދުގެ އަދަދު ހާހުން ގުނާލެވޭއިރު، ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް އެ އުޅަނދުތައް ޕާކުކުރެވޭނެ އެކަށޭނަ ނިޒާމެއް ޤާއިމްކުރެވިފައެއް ނުވެއެވެ. އެ ނިޒާމް ޤާއިމްކޮށް، ޕާކުކުރާނެ ޖާގަ ރައްޔިތުންނަށް ދެއްކުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެއީ ޕާކިންގ ބިލްޑިންގތަކެއް ހަދައިގެން ނަމަވެސް، ބިލްޑިންގ ކޯޑަށް ބަދަލުގެނެސްގެން ނަމަވެސް، ނުވަތަ ބިން ހިއްކައިގެން ކަމަށް ވިޔަސްމެއެވެ. މިކަން މިގޮތަށް ނުކުރެވޭހާ ހިނދަކު ރައްޔިތުމީހާ އެކަމާ ވިއްދައިގެން ޖޫރިމަނާ ކުރުމަކީ އެ ރައްޔިތުމީހާ ފެލައިލުން ނޫން އަޅެ ފަހެ ކޮން ކަމެއްތޯއެވެ.

އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ދިވެހި ދައުލަތުގެ ބަޖެޓުގައި ޓްރެފިކް ޤަވާއިދާއި ޚިލާފުވުމުގެ ޗާޖުގެ ގޮތުގައި 30.3 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ހަމަ މިއާއެކު ޤަވާއިދާއި ޚިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު 26 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފައެވެ.

މި އަންދާޒާ އިން ނެގޭ ދެ މާނައެއް އެބަ އޮތެވެ. އެއް މާނައަކީ ކުރިއަށް އޮތް އަހަރު ވެސް ރައްޔިތުމީހާއަށް ޕާކުކުރާނެ ޖާގަ ނުލިބޭނެ ކަމެވެ. ނިމިގެން މިދާ 2017 ވަނަ އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާ އިތުރު އަދަދެއް ބަޖެޓުގައި ޖަހައި، ސަރުކާރުން ސާފު ބަހުން ރައްޔިތުމީހާ ކައިރީ އެ ބުނަނީ، އަންނަ އަހަރު މާލޭގެ މަގުމައްޗަށް އުޅަނދުތައް އިތުރުކުރާނެ ވާހަކަ އާއި މިހާރު ހުރި އުޅަނދުތަކާއި، އަލަށް އިތުރުވާ އުޅަނދުތައް ވެސް ޕާކުކުރާނެ ނިޒާމެއް ޤާއިމް ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ވާހަކައެވެ.

ހަޤީޤަތަށް ބުނާ ނަމަ މިއީ ރައްޔިތުމީހާ މިހާރު މާބޮޑަށް ހައިރާން ވާންޖެހޭ ވެސް ކަމެއް ނޫނެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދޭނެ ފައިސާ ހޯދުމާއި، ސަރުކާރުން ތަރައްޤީގެ ގޮތުގައި ދެކޭ މަދު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް "ރައްޔިތުން ފެލުމުގެ" މަސައްކަތް ސަރުކާރުން ފެށި ކަމުގެ ތުހުމަތު ކުރަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މަހުގެ ފަހުކޮޅަށް އަޅާއިރު ސްޓިކާޖަހާ ފުލުހުންނާއި ޓޯކުރާ ފުލުހުންގެ މަސައްކަތް ބުރަވުމަކީ އެކަމަށް ބާރުލިބޭ ކަންކަމެވެ.

ބަޖެޓުގައިވާ އާމްދަނީގެ އަންދާޒާ އިން ނެގޭ ދެވަނަ މާނައަކީ، ރައްޔިތުން ލައްވައި ކުށްކުރުވަން ސަރުކާރުން ބޭނުންވާ ކަމެވެ. ރައްޔިތުން ލައްވައި ކުށްކުރުވައި، އެ ރައްޔިތުން ޖޫރިމަނާކޮށްގެން، ޖޫރިމަނާގެ ގޮތުގައި 26 މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ޖަހައި ސަރުކާރު ހެވިދިލިފައި ތިބޭނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހަމަ ނެތީމައިތާއެވެ.

ދެން އޮތީ ޖޫރިމަނާގެ މުގުލުގައި އެ އޮތް ޕާކިންގ ޖޫރިމަނާގެ ސިއްކައިގެ އަނެއް ފުށާއި، ކޮމިޓީ މަރުހަލާގައި ބަޖެޓު އޮތް އިރު މިނިސްޓަރު އަޙުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅެވެ. އާނއެކެވެ. އެ ވާހަކަ އަދި ހަނދާނެއް ނުނެތެއެވެ. މިނިސްޓަރު ވިދާޅުވީ، މެންބަރުން ބަޖެޓަށް ވޯޓު ނުދެއްވާ ނަމަ، އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިއްބައިދިނުމަށް އުނދަގޫ ވާނެ ވާހަކައެވެ.

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓް ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރު ތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓް ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ (ވޯޓު ނުދެއްވާނީ). އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ" ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައިވެއެވެ.

އަޅުގަނޑުގެ އޮތީ އެންމެ ސުވާލެކެވެ. ބަޖެޓަށް ވޯޓުނުދީގެން ދާއިރާތަކުގެ ރައްޔިތުން ޕްރޮޖެކްޓްތަކުން މަހުރޫމު ވާނަމަ، ރައްޔިތުން ދައްކާ ޓެކްސް ފައިސާ އާއި ރޯޑް ވަރދިނަސް އާއި އަހަރީ ފީގެ ގޮތުގައި ސަރުކާރަށް ދައްކާ ޖިޒީއިން ޕާކިންގގެ ދަތިކަން ހައްލުކޮށް، މަގުތަށް ރަނގަޅު ފެންވަރަކަށް ނުހެދޭ ނަމަ، އެ ޖިޒީ ދައްކަން ރައްޔިތުންނަށް އުނދަގޫ ނުވާނެތޯއެވެ؟ އެ ޖިޒީ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު