Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުން ވަކިކުރާ މައްސަލަ

ދެ ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ތަޅުމުގައި ބަހުސްކުރަން 2 ގަޑި އިރު

ކޮންމެ ފަނޑިޔާރެއްގެ މައްސަލައިގައި ލިބޭނީ 1 ގަޑި އިރު ޖުމްލަ 2 ރިޕޯޓަށް 2 ގަޑި އިރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މެއި 2025 | އަންގާރަ 17:26
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާއި ގުޅިގެން ތަޅުމުގައި ބަހުސްކުރުމުގެ ވަގުތު ކަނޑައެޅުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުން

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާއި ގުޅިގެން ތަޅުމުގައި ބަހުސްކުރުމުގެ ވަގުތު ކަނޑައެޅުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ތަޅުމުގައި ކޮންމެ ރިޕޯޓަކަށް 1 ގަޑި އިރުގެ ވަގުތެއް ބަހުސް ކުރުމަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ 9:00 ގައި ބޭއްވި މަޖިލީހުގެ އާންމު ކޮމިޓިގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާއާއި ހަވާލާދީ މި މައްސަލައިގައި ބަހުސްކުރުމަށް 1 ގަޑިއިރުގެ ފުރުސަތު ދިނުމަށް ހުށަހަޅުއްވާފައެވެ. އަދި ބަހުސްގެ ވަގުތު މަޖިލިސް ގަވާއިދުގެ 110 ވަނަ މާއްދާއާއެއްގޮތަށް ދިނުމަށް ހުށަހެޅުއްވިއެވެ.

އެހެންވީމާ އަޅުގަނޑުގެ ހުށަހެޅުމަކީ މި ބަހުސްގެ ވަގުތު 1 ގަޑިއިރަށް ދިނުމަށް
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު

އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވަނީ ހޮޅުދޫ ދާއިރާގެ މެންބަރުގެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވާފައެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ މިއަދުގެ ހަގީގަތަކީ ޕީއެންސީގެ މެޖޯރިޓީއެއް އޮތުން ކަމަށެވެ. އަދި ޕީއެންސީއިން ބޭނުންވާ ގޮތަކަށް މަޖިލިހުގެ ފްލޯގައި މައްސަލަ ނިމިގެންދާނެ ކަމަށާއި، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް 2 ގަޑީި އިރު ދިނުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ.

2 ގަޑި އިރު ދިނަސް އާހިރު ނަތީޖާއެއް ބަދަލެއް ނުވާނެ. އެހެންވީމަ އަޅުގަނޑަށް ނުފެނޭ 2 ގަޑި އިރު 1 ގަޑި އިރަށް ހެދުމުގެ މުހިންމުކަމެއް. ކޮންމެ ގޮތެއްވިޔަސް މިއަށް ބޮޑަށް ވަކާލާތުކުރާނީ ޕީއެންސީ އަށްވުރެ ބޮޑަށް އެމްޑީޕީ. އެހެންވީމަ އަޅުގަނޑަށް ފެންނަނީ 2 ގަޑި އިރު ދިނުމަކީ މައްސަލައެއް ނޫން ކަމުގައި.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މެންބަރު އަމީންގެ ހުށަހެޅުއްވުމާއި ގުޅިގެން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ވިދާޅުވީ އޭނާ ހުށަހެޅުއްވި ގޮތުންވެސް 2 ގަޑި އިރު ލިބޭނެ ކަމަށާއި، ކޮންމެ ރިޕޯޓަކަށް 1 ގަޑި އިރުގެ ވަގުތު ދިނުމަށް ކަމަށެވެ. އަދި ކޮންމެ ރިޕޯޓަކަށް 1 ގަޑި އިރު ޖުމްލަ 2 ރިޕޯޓަށް ދެގަޑި އިރު ދިނުމަށް އަލުން މެންބަރު ވަނީ ހުށަހަޅުއްވާފައެވެ.

މެންބަރުގެ ހުށަހެޅުމަށް ތާއިދުކުރެއްވީ އިސްދޫ ދާއިރާގެ މެންބަރެވެ.

ދެފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމާއި ގުޅޭގޮތުން ނެގުނު ވޯޓުގައި މެންބަރުން ވަނީ ކޮންމެ ރިޕޯޓަކަށް 1 ގަޑި އިރުގެ ވަގުތެއް ތަޅުމުގައި ބަހުސްކުރުމަށް ދިނުމަށް ފާސްކޮށްފައެވެ. އެގޮތުން 10 މެންބަރުން ހާޒިރުވި ކޮމިޓީގައި ކޮންމެ ރިޕޯޓަކަށް 1 ގަޑިރު ބަހުސްކުރުމަށް ދިނުމަށް 8 މެންބަރުން ވަނީ ވޯޓު ދީފައެވެ. އަދި ނުފެންނަކަމަށް ވޯޓު ދިނީ މެންބަރު އަމީން ފައިސަލް އެވެ.

އެހެންކަމުން 2 ރިޕޯޓަށް ޖުމްލަ 2 ގަޑި އިރުގެ ވަގުތު ތަޅުމުގައި ބަހުސްކުރުމަށް ލިބިގެންދާނެއެވެ.

އަޒްމިރަލްދާ ޒާހިރުމަހާޒް އަލީ ޒާހިރުސުޕްރީމް ކޯޓުމަޖިލީހުގެ އާންމު ކޮމިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު