Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

ސަރުކާރު ހަމަމަގަށް އެޅުވުމަށް ޕާޓީތަކާއެކު މަސައްކަތް ފެށުމަށް އަދާލަތުން ގަރާރެއް ފާސްކޮށްފި

އިގްތިސާދީ ހާލަތު ރަނގަޅުވާނެކަމުގެ ދޮގު ވައުދުތަކާއެކު ވެރިކަމަށް އައި ސަރުކާރުން، ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސިވިހާލިކޮށްލައިފި ކަމަށް އަދާލަތު ޕާޓީއިން ބުނެފައިވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 13:45
ގަރާރު ފާސްކުރި އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވާރާ މަޖިލީހުގެ 38 ވަނަ ބައްދަލުވުމުގެ ތެރެއިން

ގަރާރު ފާސްކުރި އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވާރާ މަޖިލީހުގެ 38 ވަނަ ބައްދަލުވުމުގެ ތެރެއިން

އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 38 ވަނަ ބައްދަލުވުމުގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރިކޮށް، ސަރުކާރު ހަމަމަގަށް އެޅުވުމަށް ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ފެށުމަށް ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނު އަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނު އަސާސީއާ ހިލާފު ގާނޫނަކުން ކަސްތޮޅު އަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް ސަރުކާރުން ވަނީ އަރައިގަނެފައެވެ. އަދި ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނީ އިޖުރާއުތަކާ ހިލާފަށް މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ މިނިވަންކަން މިސަރުކާރުން ނަގާލާފައިވާކަމަށް އަދާލަތު ޕާޓީއިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން، ދިވެހި އިގްތިސާދު ސުނާމީ އާއި ކޮވިޑު19ގެ އާލަމީ ވަބާއާ ވިދިގެންވެސް ނުދާހާ ދަށު ދަރަޖައަކަށް ގޮސްފައިވާކަމަށާއި، އަސާސީ މުދަލުގެ އަގުތައް އިންތިހާއަށް އުފުލި، ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގުތައް އަތްނުފޯރާފަށަށް މައްޗަށްގޮސްފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުން އާދައިގެ އާއްމު ރައްޔިތުން އަތުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ސިޔާސީ ބޭނުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުކޮށް، އާއިލާތަކުގެ އާއްމު ދިިރިއުޅުން ހުއްޓޭ ހިސާބަށް ގޮސްފައިވާކަމަށް މިގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އިގްތިސާދީ ހާލަތު ރަނގަޅުވާނެކަމުގެ ދޮގު ވައުދުތަކާއެކު ވެރިކަމަށް އައި ސަރުކާރުން، ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސިވިހާލިކޮށް، ހާރިޖީ ގުޅުންތައް މެނޭޖުނުކުރެވުމުގެ ސަބަބުން، ބޭރުގެ ދަރަނި ނުދެއްކި، ދިވެހި ދައުލަތް އިފްލާސްވުމާ ގާތަށްގޮސް، ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެކަމުގެ ބިރު ހީވެފައިވާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

މިނިވަން މީޑިއާއަށް ހަރަކާތްތެރިވުމުގެ ދޮރުތައް ބަންދުކޮށް، އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ހައްގު ހިފަހައްޓަމުންދާކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދާލަތު ޕާޓީއިން ސަރުކާރު ހަމަމަގަށް އެޅުވުމަށް ސިޔާސީ ޕާޓީ ތަކާއެކު މަސައްކަތް ފެށުމަށް ގަރާރެއް ފާސްކޮށްފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށްޓަކާ މަގުކޮށަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އިންތިހާއަށް ބިކަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

މިގޮތުން އޮކްޓޯބަރު 3 ވާ ހުކުރު ދުވަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން މާލޭގައި ބޮޑުއެއްވުމެން ބޭއްވުމަށް ދަނީ ވަރަށް ފޯރިޔާއެކު ތައްޔާރު ވަމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި މުޅި ގައުމު ނިކަމެތިކޮށްފި ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އޮކްޓޯބަރު 3 ގައި ރަށްރަށުން ވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޮވާލައްވާފަ އެވެ. އަދި ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތު ދެއވާފައި އެވެ.

ރައީސް މުއިއްޒުއަދާލަތު ޕާޓީއިބްރާހިމް މުހައްމަދު ސާލިހުރައީސް ޔާމިންސުޕްރީމް ކޯޓުއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު