Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޫދޫ އެއަރޕޯޓް

މަސައްކަތް ހުއްޓުވި މަގޫދޫ އެއަރޕޯޓު މިދައުރުގެ ތެރޭގައި ހުޅުވާނަން: މިނިސްޓަރު މުއްތަލިބު

12 މެއި 2025 | ހޯމަ 07:57

މިހާރު ވެސް މަގޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2025 | ހޯމަ 07:57
ފ. މަގޫދޫ އެއަރޕޯޓް

ފ. މަގޫދޫ އެއަރޕޯޓް

ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ލަސްކަމެއް އެބަހުރި ކަމަށާއި، ނަމަވެސް މި ދައުރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމައި، ހުޅުވާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވަނީ މަގޫދޫގެ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އަލުން އެމަޝްރޫއުގެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި 200 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމޭނެ ތާރީހާ ގުޅޭގޮތުން ސުވާލު ކުރެއްވިއެވެ. މީގެ އިތުރުން މަގޫދޫ އެއަރޕޯޓުގެ އޭބީސީ ލޭޔަރު ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލައި، ގިނަ ދުވަސްވެއްޖެނަމަ ރައްޔިތުންގެ ކިހައި ފައިސާއެއް އިސްރާފުވާނެތޯ މެންބަރު ޝަމްހީދު ސުވާލު ކުރެއްވިއެވެ.

Advertisement - newsAdvertisement

މިސުވާލުތަކަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެރަށުގެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، މިދައުރުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް މަގޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި އަބަދުވެސް އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ކަމަށެވެ. ނަމަވެސް ޕްލޭނާ ހިލާފަށް މަގޫދޫގައި އެއަރޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން ނިލަންދޫގައި ވެސް އެއަރޕޯޓެއް އަޅަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިދައުރުގެ ތެރޭގައި ނިންމާފައި ހުޅުވާނަން. އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން އަޅުގަނޑުމެން ގަބޫލުކުރަން ކުރީގައި ނިލަންދޫގައި އެޅުމަށް އެންމެ ކުރީގައި އަބަދުވެސް ނިލަންދޫގައި އެޅުމަށް ކަނޑައެޅިފައި އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަށް ނޫންކަން. އެހެންވީމަ އެއާއެކު ސަރުކާރުގެ ޑިވަލޮޕްމަންޓްގެ ޕްލޭންއާއެކު ނިލަންދޫގައި އެއަރޕޯޓެއް އަޅަންޖެހޭނެ. އެހެންނަމަވެސް މަގޫދޫގައި މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތް މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާނަން. އޭގައި މިވަގުތު ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރިއަށް އެބަދޭ. ސްލޯކަމެއް އުޅުނަސް އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުކުމެ އަޅުގަނޑުމެން މަސައްކަތް އަވަސްކޮށް އިރާދަކުރެއްވިއްޔާ އެއަރޕޯޓު ރައްޔިތުންނަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަން.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މި ސަރުކާރާއެކު، ދެ ފަހަރެއްގެ މަތިން މަގޫދޫ އެއަރޕޯޓުގެ މަޝްރޫއު ވަނީ ހުއްޓުވާފައެވެ. މިކަމާއި ހިތްހަމަނުޖެހިގެން އެ ރަށުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެއެވެ.

މަގޫދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ނިމިފައިވަނިކޮށް، މި މަޝްރޫއުގެ މަސައްކަތްތައް ހުއްޓުވުމުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަގޫދޫ އެއަރޕޯޓް ތަރައްގީ ކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްގީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް