Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ހަރުގެ ޖަލްސާ

ރައީސް މުއިއްޒު ދަނީ ރައްޔިތުންގެ ކަރާމާތް ނަގާލަމުން. އެމަނިކުފާނު ވެރިމުގައި ބަހައްޓަން ހެޔޮނުވާނެ: ދީދީ

9 މެއި 2025 | ހުކުރު 12:39

ރައީސް މުއިއްޒު ރާއްޖޭގެ ވެރިމުގައި ހުންނަވައިގެން އެގެންދަވަނީ ބޮޑެތި ބުހުތާން ދޮގުތަކެއް ހައްދަވައިގެން ރައްޔިތުންނަށް އޮޅުވާލަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 މެއި 2025 | ހުކުރު 12:39
ޑރ. ދީދީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒު އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ރައްޔިތުންނަށް ކަންކަ ހައްލުނުކުރެވޭނޭ ކަމަށް ވިދާޅުވި

ޑރ. ދީދީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ރައީސް މުއިއްޒު އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ރައްޔިތުންނަށް ކަންކަ ހައްލުނުކުރެވޭނޭ ކަމަށް ވިދާޅުވި

މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މި ގައުމުގެ ރައްޔިތުންގެ ކަރާމާތް ނަގާލަމުން ކަމަށާއި އެމަނިކުފާނު ދެން އިތުރަށް މި ގައުމުގެ ވެރިކަމުގައި ބަހައްޓަން ހެޔޮނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. އިބުރާހީމް ދީދީ މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ އޮތް އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދީދީ ވިދާޅުވީ މި އަހަރުގެ އޭޕްރީލް މަހުގެ 15 އާއި ހަމައަށް ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ވެސް އަދިވެސް ހައްލު ނުވާކަމަށެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރުންތައާރަފު ކުރި ހިލޭ ޑްރީއަށް ކިޔެވުމުގެ ސިސާތު ޕްރޮގްރާމް ވެސް މި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަދި މީގެ އިތުރުން ދުވަސްކޮޅަކުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އާސަންދަވެސް ހުއްޓާލާތަން ފެނިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މިފަދަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ދީދީ ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިމުގައި ހުންނަވައިގެން އެގެންދަވަނީ ބޮޑެތި ބުހުތާން ދޮގުތަކެއް ހައްދަވައިގެން ރައްޔިތުންނަށް އޮޅުވާލަމުން ކަމުގައެވެ.

ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި އަދިވެސް ބާކީ ތިންވަރަކަށް އަހަރު އޮތްއިރު، އެ ތިން އަހަރުގައި ވެސް ރައީސް މުއިއްޒު ވެރިކަމުގައި ހައްޓައިގެން ރައްޔިތުންނަށް ވާނީ ގެއްލުންކަމަށާއި ދެން އިތުރަށް މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން ރައްޔިތުންނަށް އެއްވެސް ކަމެއްގައި ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ކަންމިހެން އޮތްއިރު، މިއަދު ރައްޔިތުން މިފަދަކަންކަމާއި އަޅާނުލާ މަޑުން ތިބެއްޖެ ނަމަވެސް މިހާރަށް ވުރެވެސް ކަންކަން ގޯސްވެދާނޭ ކަމަށާއި އޭގެ ކުރިން ރައީސް މުއިއްޒުގެ ކިބައިނ މިގައުމުގެ ސަލާމަތް ކުރަން ޖެހޭ ކަމަށް ދީދީ ވިދާޅުވި އެވެ.

ދެން ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވަނީ އަޅުގަނޑުމެން މަގުމައްޗަށް ނުކުމެ، ފުލުހުން ކިތަންމެވަަރަކަސް ބަޔާން ނެރެފަ ހުރަސްތަކެއް އެޅިޔަސް އަޅުގަނޑުމެންނަށް މަގުމައްޗަށް ނުކުމެ އިހުތިޖާޖުވެސް ކުރެވޭނޭ ކަމަށް. އެކަމަކު ހަމަ އަޅުގަނޑުމެން މުގުމައްޗަށް ނުކުންނައިރަށް ދެއިރުދެދަޅައަށް ފުލުހަށް އެބަހާޒިރުކުރޭ. ނުވިތާކަށް އަދި ހާޒިރުކޮށްފަ ދައުވާވެސް އެބަކުރޭ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

ދީދީ ވިދާޅުވީ އެމްޑީޕީގެ ސީނިއަރ މަގާމެއްގައި ހުންނަވާ މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މާޒް ސަލީމު ކްރިމިނަލް ކޯޓުގެ އަމުރު ނުލިބުނު ނަމަވެސް ބަރަހަނާކޮށް ފޮޓޯ ނެގިކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ކަންމިހެން ހުރިއިރު، މިއަދުގެ ރައީ ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ ކަރާމާތްވެސް ނަގާލައި ރައްޔިތުންގެ ކަރާމަތަށް އަރައިގަންނަމުން ގެންދާ ވެރިއެއް ކަމަށް ދީދީ ވިދާޅުވި އެވެ. އަދި މިފަދަ ވެރިއަކު މި ގައުމުގެ ވެރިކަމުގައި ބެހެއްޓުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

ދީދީ އިތުރަށް ވިދާޅުވީ ބާކީ މިއޮތް ތިން އަހަރުގައި ވެސް ރައީސް މުއިއްޒު ވެރިމުގައި ބަހައްޓައިގެން ގައުުގެ ރައްޔިތުންނަށް އެއްވެސް ކަމެއް ރަނގަޅަށް ކޮށް ނުދެވޭނޭ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް