Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސް އިން މެދުވެރިންނާ ބައްދަލުކުރި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނު: މަސްދަރުތައް

"މިސްރުގެ އޮފިޝަލުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ދޯހާގައި ޗީފް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އިސްކޮށް ހުންނަވައިގެން ހަމާސްގެ މަތީ ފެންވަރުގެ ވަފުދަކާއި، ގަތަރުގެ އޮފިޝަލުންނާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށް އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން އެއް މަސްދަރަކުން ބުންޏެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މެއި 2025 | ހުކުރު 11:51
ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން

ހަމާސްގެ ވަފުދެއް މި ހަފްތާގައި ދޯހާގައި މިސްރާއި ގަތަރުގެ މެދުވެރިންނާއި އެކު ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށް އެ ޖަމާއަތާ ގާތް މަސްދަރުތަކުން ހުކުރު ދުވަހު ބުނެފި އެވެ.

"މިސްރުގެ އޮފިޝަލުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ދޯހާގައި ޗީފް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އިސްކޮށް ހުންނަވައިގެން ހަމާސްގެ މަތީ ފެންވަރުގެ ވަފުދަކާއި، ގަތަރުގެ އޮފިޝަލުންނާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށް އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން އެއް މަސްދަރަކުން ބުންޏެވެ.

ދެވަނަ މަސްދަރަކުން މި މަޝްވަރާތަކަކީ "ސީރިއަސް" މަޝްވަރާތަކެއް ކަމަށް ސިފަކުރި ނަމަވެސް އޭގެ ނަތީޖާއެއްގެ ގޮތުން ވަރުގަދަ ކުރިއެރުމެއް ނުލިބުނު ކަމަށް ބުނެފައިވެ އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުމާއި ގުޅޭ މަޝްރާތަކަށް ކުރިއެރުމެއް ނުލިބުނު ނަމަވެސް، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމުގެ އައު ހުށަހެޅުމެއްގެ މައުލޫމާތު ހާމަ ކުރަން ތައްޔާރު ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވީ ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާ ހުއްޓުވުމާއި، ހަނގުރާމައިގެ ސަބަބުން ހައްޔަރު ކޮށްފައިވާ ރަހީނުން ދޫކޮށްލުމާ ގުޅޭ އައު ހުށަހެޅުމެެއް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ، ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ މަޝްވަރާތަކެއް މިވަގުތު ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ޣައްޒާގެެ ހަނގުރާމަ އިތުރަށް ފުޅާ ކުރަން ނިންމާފައިވާ ކަމަށް އިސްރާއީލް ހާމަކޮށްފައި ވަނިކޮށެވެ. އަދި ހަނގުރާމައިގެ އިތުރުން، ޣައްޒާ އަށް އިންސާނީ އެހީތެރިކަން ވެއްދުމަށް އިސްރާއީލް އިން ހުރަސް އަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ޣައްޒާ ހަނގުރާމައާ ގުޅިގެން ހަމާސް އާއި އިސްރާއީލާ ދެމެދު ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު، މިހާތަނަށް އެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބިފައި ނެތެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ފަހުން، މާޗު މަހުގެ ތެރޭގައި އިސްރާއީލުން ވަނީ އަލުން ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް އަންނަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. އަދި އެކަމާ ގުޅިގެން ޓްރަމްޕް އަންނަނީ ވަރަށް ގިނައިން ވާހަކަ ދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ

19 އޮކްޓޯބަރު 2017
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
11 އޮކްޓޯބަރު 2017

ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ

11 އޮކްޓޯބަރު 2017
ހަމާސްއާއި ފަތަހް އެއްގަލަކަށް އެރުމަށް ގާހިރާގައި މަޝްވަރާ ކުރަނީ
05 އޮކްޓޯބަރު 2017

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު