Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިޑްނީގެ ބީޗް ތަކަކަށް ޑްރަގް ލެއްގުން

ސިޑްނީގެ ބީޗް ތަކަށް ޑްރަގުގެ ޕާރުސަލު ތަކެއް ލައްގަނީ

އޮސްޓްރޭލިޔާއަކީ މުޅިދުނިޔޭންވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮކޭން ބޭނުން ކުރާ ގައުމެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 އެޕްރީލު 2024 | ބުދަ 17:38
އޮސްޓްރޭލިއާ ގެ ސިޑްނީގެ ބީޗަށް ލައްގާފައިވާ ބައެއް ޑްރަގު ޕާރުސަލް

އޮސްޓްރޭލިއާ ގެ ސިޑްނީގެ ބީޗަށް ލައްގާފައިވާ ބައެއް ޑްރަގު ޕާރުސަލް

ކޮކެއިން ކަމަށް ގަބޫލުކުރެވޭ އެއްޗެއް ހުރި،ޕްލާސްޓިކް ކޮތަޅުގަ ބަންދުކޮށްފައިވާ ފަސް ޕާރުސަލް ސިޑްނީގެ ބައެއް ބީޗްތަކަށް ލައްގައިފިއެވެ. މީގެ ކުރިންވެސް މިފަދަ ޑްރަގު ޕާރުސަލު ތަކެއް ލައްގާފައިވުމާއިއެކު މިކަންވާގޮތެއް ހޯދުމުގެ މައްސަލަ ވަނީ އިތުރަށް ފުޅާވެފައެވެ.

ސިޑްނީގެ ދެބީޗަކުން ހޯމަ ދުވަހު ފެނުނު ދެޕާރުސަލުގެ ބަރުދަނުގައި ޖުމްލަ 5 ކިލޯގްރާމް ހުރިކަމަށް ވެއެވެ. މިތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިފަދަ ޕާރުސަލެއް ފުރަތަމަ ލައްގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޚަބަރުތައް ބުނާ ގޮތުން މިއީ ބޮޑު ކޮކޭން ޝިޕްމަންޓެއްގައި އުފުލިކަމަށް ބެލެވޭ ތަކެއްޗެވެ.

އޯއީސީޑީ ބުނާގޮތުން އޮސްޓްރޭލިޔާއަކީ މުޅިދުނިޔޭންވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮކޭން ބޭނުން ކުރާ ގައުމެވެ.

އޮސްޓްރޭލިޔާގެ ނިއުސައުތު ވޭލްސުން ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު މީގެ ފުރަތަމަ ޕާރުސަލު ފެނުނު ފަހުން މިހާތަނަށް 250 ކިލޯގެ ކޮކެއިން މިގޮތަށް ލައްގާފައި ވަނިކޮން ވަނީ ފެނިފައެވެ. ބައެއް ޕެކޭޖް ތައް އެހާބޮޑުނޫން ނަމަވެސް ބައެއް ޕެކޭޖްގައި ސާޅީހަކަށް ކިލޯހުރި ކަމަށްވެއެވެ. މިތަކެތި ލައްގަމުން ދަނީ 500 ކިލޯމީޓަރުގެ ސަރަހައްދެއްގެ ތެރޭގައިވާ 10 ބީޗަކަށެވެ.

މިފަދަ ޑްރަގް ޕާރުސަލު ތަކެއް ކަނޑުމަތިން ފެންނަންވީ ސަބަބު އަދިވެސް ވަނީ މުޅިން ނުހޯދިފައެވެ. ނިއުސައުތުވޭލްސް ގެ ފުލުހުން ބުނެފައިވާ ގޮތުގައި ހީވާގޮތުން މިޑްރަގްތަކަކީ ދެކުނު އެމެރިކާގެ ގައުމަކުން ކާގޯ ބޯޓެއްގަ އުފުލި ކަމަށް ބެލެވޭ ޑްރަގް ތަކެކެވެ. މިތަކެތި ގެންދެވުނީ އޮސްޓްރޭލިޔާއަށް ކަމަށް ގަބޫލުކުރެވޭކަމަށާ ކަނޑަށް ދޫކޮށްލާފައިވަނީ އެހެން އުޅަދަކުން ނަގަން ހަމަޖައްސާފަ ކަމަށެވެ.     

އޮސްޓްރޭލިއާމަސްތުވާތަކެތިޮކޮކެއިން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

14 ޑިސެމްބަރު 2025
އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
30 ނޮވެމްބަރު 2025

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު