Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ އިންސާނީ އެހީގެ ޕްރޮގްރާމް މުޅިން ހުއްޓުމުގެ ނުރައްކަލާ ކުރިމަތި ވެއްޖެ 

އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ، ޣައްޒާ އިތުރަށް ހަލާކުވެ، އިންސާނީ އެހީގެ މަސައްކަތްތައް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2025 | ހުކުރު 08:33
ޗެރިޓީ ބަދިގެއަކުން ކައްކާ ކާއެއްޗެހި ލިބޭތޯ ފަލަސްތީނުގެ ކުޑަ ކުދިން އެއްވެފައި

ޗެރިޓީ ބަދިގެއަކުން ކައްކާ ކާއެއްޗެހި ލިބޭތޯ ފަލަސްތީނުގެ ކުޑަ ކުދިން އެއްވެފައި

ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ އިންސާނީ އެހީގެ ޕްރޮގްރާމް ހުއްޓުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރެޑް ކްރޮސް އިން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދަތި ކުރަމުންދާތީ، އެ ސަރަހައްދުގައި އިންސާނީ އެހީގެ މަސައްކަތްތައް މުޅިން ހުއްޓުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އިންޓަނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެހީ ފޯރުކޮށްދިނުން އަވަހަށް ނުފެށިއްޖެ ނަމަ، ޣައްޒާގައި ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކާބޯ ތަކެއްޗާއި، ބޭސް އަދި އެހެނިހެން ވެސް މުހިންމު ތަކެތި ހޯދުމަށް ނުކުޅެދޭނެ ކަމަށެވެ.

މި އަހަރުގެ މާޗު މަހުގެ ދެ ވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުން ހުއްޓުވައިފަ އެވެ. މިއީ 15 މަސް ދުވަހުގެ ހަނގުރާމަ ހުއްޓަލާން ނިންމުމަށްފަހު، އަލުން ހަމަލާ ދޭން ފެށުގެ ކުރިން އިސްރާއީލް އިން ނިންމި ނިންމުމެކެވެ.

އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަން އިސްރާއީލުން ފެށުމާ އެކު، އދ އިން ވަނީ އިންސާނީ ކާރިސާއެއްގެ އިންޒާރު ވެސް ދީފަ އެވެ. 

ޣައްޒާގެ 2.4 މިލިއަން ރައްޔިތުންނަށް ބޭނުންވާ އެހީގެ މައްޗަށް އިސްރާއީލުން ދަނީ އެއްވެސް އިމެއް ނެތި ހުރަސް އަޅަމުންނެވެ. 

ރެޑް ކްރޮސް އިން ބުނެފައިވާ ގޮތުގައި ދުވާލަކު އެއް ފަހަރު ކާންދޭ ކެއުން، ހަމައެކަނި ކުރިއަށް ގެންދެވޭނީ ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ މުއްދަތަކަށެވެ.

މީގެ އިތުރުން ހޮސްޕިޓަލް ތަކުގައި ބޭހާއި، ޞިއްޙީ އެހީތެރިކަަމަށް ބޭނުންވާ ސާމާނު ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި، ފެނުގެ ނިޒާމު ހަލާކުވެ، ބަލިމަޑުކަމުގެ ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް ވެސް ރެޑް ކްރޮސް އިން ވަނީ ބުނެފަ އެވެ.

ރެޑް ކްރޮސް އިން ބުނީ ޣައްޒާ އަށް ބޭނުންވާ އެހީތެރިކަން ވަންނަން ޖެހޭނެ ކަމަށާއި، ހަނގުރާމައިގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުން ވެސް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އާންމު ރައްޔިތުން ރައްކާތެރި ކުރަން ޖެހޭނެ ކަމުގައި ވެސް ވަނީ ބުނެފަ އެވެ. 

އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ، ޣައްޒާ އިތުރަށް ހަލާކުވެ، އިންސާނީ އެހީގެ މަސައްކަތްތައް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުން އަންނައިރު، ގިނަ ޤައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ވެސް ޤައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

ޣައްޒާއިންސާނީ އެހީއިޒްރޭލްރެޑްކްރޮސްޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު