ކ. މާލެ
|
29 އޭޕްރިލް 2025 | އަންގާރަ 09:27
ބެއިރޫތުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ފަހުން، ހަލާކުވެފައިވާ އިމާރާތެއްގެ ކައިރީގައި ހިޒްބުﷲ ގެ ކުރީގެ ދެ ލީޑަރުން ކަމަށްވާ ހަސަން ނަސްރުالله އާއި ހާޝިމް ސަފިއްދީން ދައްކުވައިދޭ ފޮޓޯއެއް ހިފައިގެން މީހަކު
ބެއިރޫތުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ފަހުން، ހަލާކުވެފައިވާ އިމާރާތެއްގެ ކައިރީގައި ހިޒްބުﷲ ގެ ކުރީގެ ދެ ލީޑަރުން ކަމަށްވާ ހަސަން ނަސްރުالله އާއި ހާޝިމް ސަފިއްދީން ދައްކުވައިދޭ ފޮޓޯއެއް ހިފައިގެން މީހަކު
ރޮއިޓަރސް
އިސްރާއީލް-ލުބުނާން
ލުބުނާންގެ 50 އަމާޒަކަށް ހަމަލާ ދީފިން: އިސްރާއީލް އަސްކަރިއްޔާ
އެގޮތުން 50 އަށް ވުރެ ގިނަ އަމާޒަށް ހަމަލާ ދީފައި ވާނެ ކަމަށާއި، އެ ހަމަލާތައް ދީފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ނުހިފާއްޓާތީ ކަމަށް ވެސް ބުނެފައިވެއެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ލިބުނާންގެ 50 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލްގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި ނޮވެމްބަރު މަހު ހިޒްބުﷲ ޖަމާއަތާ އެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި ލުބުނާންގެ 50 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމަށްފަހު، އިސްރާއީލުން ދެކުނު ބެއިރޫތަށް ތިން ވަނަ ފަހަރަށް ހަމަލާ ދިނުމާ ގުޅިގެން، އެ ހަމަލާތައް ހުއްޓުވުމަށް ލުބުނާންގެ ރައީސް ޖޯސެފް އައުން ވަނީ ފްރާންސް އަދި އެމެރިކާ އަށް ވެސް ގޮވާލައްވާފައި އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނަފައި ވަނީ، މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އެ އަސްކަރިއްޔާ އިން ލުބުނާނަށް ގިނަ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

އެގޮތުން 50 އަށް ވުރެ ގިނަ އަމާޒަށް ހަމަލާ ދީފައި ވާނެ ކަމަށާއި، އެ ހަމަލާތައް ދީފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ނުހިފާއްޓާތީ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އިސްރާއީލްގެ ދައުލަތާއި، އެ ޤައުމުގެ އާންމު ރައްޔިތުންނަށް ނުރައްކާ ވެސް ވުމާ ގުޅުގެން ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ،  އާދީއްތަ ދުވަހު ދިން ހަމަލާ އަމާޒު ކުރެވިފައި ވަނީ ހިޒްބުﷲ އިން މިސައިލް ރައްކާ ކުރާ އިމާރާތަކަށް ކަމަށެވެ. 

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިސްރާއީލް އިން ގެންދަނީ ލުބުނާންގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. 

- ކޮމެންޓް