Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ މުޒާހަރާ

ޔުމްނު ވެއްޓުނު ހާދިސާ: އިންސާފަށް ގޮވާލާ މިރޭވެސް ޒުވާނުން މުޒާހަރާ ކޮށްފި

26 އެޕްރީލު 2025 | ހޮނިހިރު 19:53

އުމުރުން 21 އަހަރުގެ ޔުމްނުއަށް އިންސާފު ހޯދުމަށް އެދި ހޮނިހިރު ދުވަހުގެ ރޭ ކުރި އިހުތިޖާޖުގެ ތެރެއިން މިރޭވެސް ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ވަނީ ގޮވާލާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 އެޕްރީލު 2025 | ހޮނިހިރު 19:53
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޯވާލައި ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޯވާލައި ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން

އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު ހެންވޭރު މިޓާޒް ގޭ ފުރާޅުމައްޗަށް އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ބާއްވަމުންދާ ޒުވާނުންގެ ސިލްސިލާ މުޒާހަރާގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ ވެސް އެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އަޑު އުފުލައިފި އެވެ.

މިއީ ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ވިދިވިދިގެން އިހުތިޖާޖު ކުރަމުން އަންނަ ހަތަރުވަނަ ރޭކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

އުމުރުން 21 އަހަރުގެ ޔުމްނުއަށް އިންސާފު ހޯދުމަށް އެދި ހޮނިހިރު ދުވަހުގެ ރޭ ކުރި އިހުތިޖާޖުގެ ތެރެއިން މިރޭވެސް ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ. އަދި ޔުމްނުގެ މި މައްސަލައަށް އިންސާފު ހޯދައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ޑިމާންޑެއް މިކަމުގައި އޮތީ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަށެވެ. އޭގެ އިތުރުން، ނޭޝަނަލް އިންޓެގްރީ ކޮމިޝަނުން މިނިވަން އިިންކުއަރީއެއް މިކަމުގައި ހިންގަން ވެސް ވަނީ ގޮވާލާފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާ ވެސް ފެށީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރަތުގެ ކުރިމަތިންނެވެ.

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓަކުން ވެއްޓުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާގެ މި ހާދިސާއަށް ހަފްތާއެއް ވާން ކައިރިވި ފަހުން ފުލުހުން ވަނީ ބިރާސްފަތި ދުވަހު އިރާކޮޅު އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަަހުމަދު ޒިލާލް 21، ހައްޔަރުކޮށްފަ އެވެ. މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ އަންހެން ކުއްޖާ ވެއްޓުނު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގޮސްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާކޮށް، އަޑުއުފުލަން ފެށުމުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ގާސިމް ދޫކޮށްލަން ގޮވާލާ ހަރުކުރި ބޮޑު ޕޯސްޓަރު ނަގަން އަންގައިފި

22 އެޕްރީލު 2017
ގާސިމް ދޫކޮށްލަން ގޮވާލާ ހަރުކުރި ބޮޑު ޕޯސްޓަރު ނަގަން އަންގައިފި
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
04 އެޕްރީލު 2017

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
22 މާރިޗު 2017

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް