Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް ހައްޔަރުކުރުން

ގާސިމް ދޫކޮށްލަން ގޮވާލާ ހަރުކުރި ބޮޑު ޕޯސްޓަރު ނަގަން އަންގައިފި

އެ ޕޯސްޓަރު ހަރުކޮށްފައިވަނީ އެއް ނަމްބަރު ފާލަން ސަރަހައްދަށް ފެންނަގޮތަށް ވިލާ ހައުސް ބިލްޑިންގގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އެޕްރީލު 2017 | ހޮނިހިރު 14:03
ވިލާ ހައިސް ބިލްޑިންގގަ ހަރުކޮށްފައިވާ ޕޯސްޓަރު

ވިލާ ހައިސް ބިލްޑިންގގަ ހަރުކޮށްފައިވާ ޕޯސްޓަރު

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދޫކޮށްލުމަށް ގޮވާލާ ވިލާ ހައުސްގައި ހަރުކޮށްފައިހުރި ބޮޑު ޕޯސްޓަރު ނެގުމަށް ސަރުކާރުން އަންގައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކުއްލި ގޮތަކަށް ގާސިމް ހައްޔަރުކޮށް، ޖެހިގެން އައި ހުކުރު ދުވަހު ގާސިމްގެ ބަންދަށް 15 ދުވަސް ޖެހުމާ ގުޅިގެން ގާސިމްގެ އަމިއްލަ އިމާރާތެއް ކަމަށްވާ ވިލާ ހައުސް ބޭރު ފާރުގައި ގާސިމް ދޫކޮށްލުމަށް ގޮވާލާ ގާސިމްގެ މުވައްޒުން ވަނީ ބޮޑު ޕޯސްޓަރެއް ހަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޕޯސްޓަރު ނެގުމަށް އަންގާފައި ވަނީ ފޯނު މެދުވެރިކޮށް ހައުސިންގ މިނިސްޓްރީގެ ބޭފުޅެކެވެ. ނަމަވެސް ލިޔުމުން އަންގާފައި ނުވާ ކަމަށް ވިލާ ގްރޫޕުން ބުނެއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެ ޕޯސްޓަރު ނެގުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ.

މާލޭގައި ބޭނާ އާއި އިސްތިހާރު ބޯޑުފަދަ ތަކެތި ހަރުކުރެވޭނީ ހައުސިން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެމިނިސްޓްރީން ކުރިން ނެރެފައިވާ ގަވައިދެއްގައި ވެއެވެ. ނަމަވެސް ސަރުކާރު ނިސްބަތްވާ ޕޯސްޓަރުތައް މާލޭ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެފުސަތު ލިބެމުންނުދާކަން އިދިކޮޅު ލީޑަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެއެވެ.

މީގެ އިތުރުން ސިޔާސީ ހަރަކާތް ހިންގުމަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ ސަރުކާރުން ޖެއްސުން ކުރަމުންދާ ކަމަށް ވެސް އިދިކޮޅު ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރު ކޮށްފައިވާއިރު، މިއީ މިމަހުގެ ތެރޭގައި ގާސިމް ހައްޔަރުކުރި ދެވަނަ ފަހަރެވެ. އަދި ގާސިމް ހައްޔަރު ކުރުމާއެކު ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ތިއްބެވީ ޖަލު ހުކުމެއްގަ ނުވަތަ ޖަލުގަ އެވެ.

އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލަށްލާފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ މަށްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މީގެ އިތުރުން ކުރީގެ ޑީފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް އަހަރަކަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު