Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދާއިރާގެ މިނިވަންކަން

ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުރައްކާ އެބައޮތް - ހިއުމަން ރައިޓްސް ވޮޗް

ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ރައީސް މުޙައްމަދު މުއިއްޒު ނުފޫޒު ފޯރުވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2025 | ހުކުރު 05:58
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ބޭއިންސާފުން ސަސްޕެންޑްކޮށް، ޝަރުއީ މިނިވަންކަން ގެއްލުވާލުމަށް ކުރާ އެހެނިހެން މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ވޮޗުން މިފަދައިން ބުނެފައިވަނީ އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ތިން ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ރިޕޯޓަށް ޖަވާބުދާރީވުމަށް 24 އޭޕްރީލް 2025 ގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.

Advertisement - newsAdvertisement

އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރާއި ހުސްނުއް ސުއޫދު ސަސްޕެންޑްކޮށް އެ ބޭފުޅުންގެ ސުލޫކީ ފިޔަވަޅު ތައް އަޅަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅިގެން މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް ހުށަހަޅައިވާ މައްސަލަ ބަލަމުންދަނިކޮށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އެލެއިން ޕިއާސަން ވަނީ ޖުޑީޝަލް ކޮމިޝަންގެ ސުލޫކީ ފިޔަވަޅުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދޭ ކަމަށް ވިދާޅުވެފައެވެ. ދުސްތޫރީ ނާޒުކު ކަންކަމުގައި ކޯޓުތަކަށް މިނިވަންކަމާ އެކު ހުކުމް ނުކުރެވޭހާ ހިނދަކު ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމް ކުރާ ގައުމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާޗް މަހު ފަނޑިޔާރުން ނެރުއްވި ބަޔާނެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ތުހުމަތުތަކެއް ކުަރައްވާ ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ދުސްތޫރީ މައްސަލަ ބޭރުނުކޮށްލައިފިނަމަ ބަންޑާރަ ނައިބު އިންނަވާ ޖޭއެސްސީގައި ފަނޑީޔާރުންގެ މައްސަލަ ކުރިއަށްދާއިރު ކަންކަން ގޯސްކުރާނެކަމަށް ވިދާޅުވެ ބިރުދެއްކުމަށް އެޖެންޓުންތަކެއް ފޮނުވި ކަމަށެވެ.

އަދި ކުރިއަށް އޮތް ސުލޫކީ މަރުހަލާތަކުގައި އެ ތިން ފަނޑިޔާރުންގެ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެއް ނުވާ އިރު، އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވީ ރައީސް އާއި ބަންޑާރަ ނައިބު މަގާމުން ވަކިކުރުމަށް ބިރުދެއްކުމުގެ ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމުން ކަމަށް ހިއުމަންރައިޓްސް ވޮޗްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ 2008 ވަނަ އަހަރު ވުޖޫދުވި ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީގެ ދަށުން ޝަރުއީ ދާއިރާއާ ގުޅޭ ޝަކުވާތައް ބެލުމަށާއި އެ ފަރާތްތައް ވަޒީފާއިން ވަކިކުރުން ފަދަ ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން އަދި އިންސާފުވެރި މުއައްސަސާއެކެވެ. ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކު މަގާމުން ދުރުކުރެވޭނީ "އެ ފަނޑިޔާރަކީ ވަރަށް ނާގާބިލު މީހެއް ކަމަށް ކޮމިޝަނަށް ފެނިއްޖެ ނަމަ، ނުވަތަ ފަނޑިޔާރަކީ ބޮޑެތި ކުށްސާބިތުވާ ފަނޑިޔާރެއް ކަމަށް" ކޮމިޝަނަށް ފެނިއްޖެ ނަމަ ކަމަށެވެ.

ހިއުމަންރައިޓްސް ވޮޗްގެ ބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަނަކީ ސިޔާސީ ކުރުމުގެ ތާރީހެއް އޮތް ކޮމިޝަނަކަށް ވާއިރު، ފަހުން އައި ސަރުކާރުތަކުން އެ ކޮމިޝަނުގެ ބޭނުން ކޮށްގެން ފަނޑިޔާރުން ވަކިކުރަނީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. 2018 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތިން ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށް ލުމަށް އަމުރު ކުރެއްވިކަން ފާހަގަކޮށްފައިވެއެވެ. އަދި ހިއުމަން ރައިޓްސް ވޮޗުން ބުނީ ސަރުކާރުތަކުން އިސްލާހީ ވައުދުތައް ވެފައިވާ އިރު، އެއްވެސް ފަރާތަކުން އެކަން ކޮށްފައި ނުވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭ އދ.ގެ އަސާސީ އުސޫލުތަކުގައި ބުނެފައި ވަނީ "ފަނޑިޔާރުން ސަސްޕެންޑް ކުރުން ނުވަތަ ވަކިކުރަން ޖެހޭނީ ހަމައެކަނި ނުކުޅެދުންތެރިކަން ނުވަތަ އަހުލާގުގެ ސަބަބުން އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ސަބަބުތަކަށްޓަކައި" ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް "އެކަށީގެންވާ އިޖުރާޢަތެއްގެ ދަށުން އަވަހަށް އަދި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަންވާނެއެވެ. އިންސާފުވެރި އަޑުއެހުމެއް ބޭއްވުމުގެ އިހްތިޔާރު ފަނޑިޔާރަށް އޮންނާނެ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ކަމަށް ޕިއާސަން ވިދާޅުވި އެވެ. ޝަރުއީ ދާއިރާއަށާއި ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް ކުރިމަތިވެފައިވާ މި ނުރައްކާތައް ނިމުމަކަށް ގެނައުމަށް އެހީދޭ ފަރާތްތަކާއި ކަންބޮޑުވާ ގައުމުތަކުން، ޝަރުއީ ދާއިރާއާއި ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް ދެމުންދާ އިންޒާރުތަކާއި ގުޅިގެން ރައީސަށް ސާފު މެސެޖެއް ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު