Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކުރުން

މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އިޒްދިޔާން މަގާމުން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި

ދާއޫދު ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު | 24 އެޕްރީލު 2025 | ބުރާސްފަތި 08:13
މަގާމުން ވަކިކުރި، އިޒްދިޔާން މުހައްމަދު މައުމޫން އަދި އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ސަސްޕެންޑް ކުރި ދާއޫދު އަހުމަދު

މަގާމުން ވަކިކުރި، އިޒްދިޔާން މުހައްމަދު މައުމޫން އަދި އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ސަސްޕެންޑް ކުރި ދާއޫދު އަހުމަދު

މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށް، އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ދާއޫދު އަހުމަދު ސަސްޕެންޑް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސްގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ވަކި ކުރެއްވި ސީދާ ސަބަބެއް ހީނާ ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ ރައީސްގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ. އަދި "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުން ވެސް ދާއޫދު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، އެ ކޮމެޓީން އޭނާ ވަކި ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މަސްތުގެ ހާލަތުގައި ޕާޓީކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އިޒްދިޔާން އަދި ދާއޫދަށް ފިޔަވަޅު އަޅާފައިމިވަނީ ހ. ފެންޓެނޯއީ ގޭގެ މަތީ ފްލޯއެއްގެ ފެންލައިޓުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހަސަން ކުރުސީ އެކައުންޓުން އެކްސްގައި ހާމަކުރުމާ ގުޅިގެން 22 އޭޕްރީލް 2025 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޔުމްނާއާ އެކު އެރޭ އިތުރު ހަތް މީހަކު އުޅުނު ކަމަށާއި، އެއީ، ޖުމްލަ ތިން އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ.

އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުނެއެވެ. މޭދުތެރޭގައި ހުރި ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭދެކުނުގެ އެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ސިއްރުކޮށްފައެވެ.

ޔުމްނު އަމިއްލައަށް ފުންމާލީ ކަމަށް ފުލުހުން ބުނެފައިވާތީ، އެ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި މި ހާދިސާގައި ހިމެނޭ އަންހެން ކުއްޖާގެ ނަމާއި އެޑްރެސް ފުލުހުން ހާމަކުރި އިރު، ހާދިސާގައި ޝާމިލުވާ އިތުރު އެއްވެސް މީހެއްގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ޒުވާނުން ވަނީ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ކައިރީގައި އިންސާފަށް ގޮވާލައި، ބޮޑު މުޒާހަރާއެއް ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު