Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ދުލެއް ނުކުރާނަން" އިޙްތިޖާޖް

ޔުމްނާއަށް އިންސާފު ހޯދައިދިނުމަށް ފުލުހުންގެ އިދާރާ ކައިރީގައި އިޙްތިޖާޖްކުރަނީ

އަންހެން ކުއްޖާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށް ކަމަށް ބުނެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 އެޕްރީލު 2025 | ބުދަ 18:34
"ދުލެއް ނުކުރާނަން" އިޙްތިޖާޖް

"ދުލެއް ނުކުރާނަން" އިޙްތިޖާޖް

ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށާއި ފުއްމާލީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފައިވާއިރު މިކަމަށް އިންސާފު ހޯދުމަށް ފުލުހުންގެ އިދާރާ ކައިރީގައި އިހްތިޖާޖްކުރަމުން އެބަދެއެވެ.

އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ކައިރީގައި ކުރިއަށްދިޔަ އިޙްތިޖާޖުގައި ގޮވާލާފައިވަނީ، ހައްވާ ޔުމްނާ މަރުވާން ދޫކޮށްލި މީހުން ހައްޔަރު ކުރުމަށާއި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހައްޔަރުކޮށް އިންސާފް ހޯދައިދިނުމަށެވެ.

Advertisement - newsAdvertisement

އިހްތިޖާޖްގެ ބައިވެރިން ވަނީ މިކަމުގައި ޒިންމާވާނީ ކާކުތޯ އާއި މެދު ސުވާލު އުފައްދާފައެވެ. 'ދުލެއް ނުކުރާނަން' މިނަމުގައި ޔުމްނާއަށް އިންސާފް ހޯދައިދިނުމަށް ކުރިއަށް ގެންދާ އިހްތިޖާޖުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.

ޔުމްނާ އަމިއްލައަށް ފުންމާލީ ކަމަށް ފުލުހުން ބުނެފައިވާ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެއެވެ. މި ހާދިސާގައި ހިމެނޭ އަންހެން ކުއްޖާގެ ނަމާއި އެޑްރެސް ފުލުހުން ހާމަކުރި އިރު، ހާދިސާގައި ޝާމިލުވާ އިތުރު އެއްވެސް މީހެއްގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު ދަނީ ފުލުހުންނަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ. އުފައްދާ ސުވާލަކީ ވިކްޓިމްގެ ވަނަވަރު ހާމަކުރިއިރު، ދެންތިބި މީހުން ސިއްރު ކުރަނީ ކީއްވެތޯއެވެ.

ގިނަ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ދެންތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާނުކުރީ މި ހާދިސާގައި ޝާމިލް ވަނީ ސަރުކާރުގެ ނުފޫޒު ގަދަ ބޭބޭފުޅުންގެ ދަރިން ނުވަތަ އާއިލީ މީހުން ކަމަށާއި އެމީހުންގެ ވަނަވަރު ސިއްރު ކޮށް އެމީހުން ހިމާޔަތްކުރަން ފުލުހުން މަސައްކަތްކުރާތީ ކަމަށެވެ.

ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތު ފުލުހުން ހެއްކާއެކު ދައްކާފައިވާއިރު، ހެކީގެ ގޮތުގައި އަޑާއެކު ދެއްކީ ސީސީޓީވީ ފުޓޭޖުތަކެކެވެ.

އެގޮތުން ޔުމްނާއާއި ފިރިހެން މީހާއާ ދެ މީހުން ދެން ވަންނަނީ އެ ހިސާބުގައި ހުރި އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން އެ ގޭގެ ސިޑިގޮޅީގައި ތިބި މަންޒަރު ފެނެއެވެ. އަދި، އެ ތަނުގައި އެ މީހުން ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން، އެ ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އަންހެން ކުއްޖާގެ ވަގުތީ ނަތީޖާ ވެސް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

މި ފިރިހެންމީހާ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައި ވާއިރު، ހައްޔަރުކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ފުލުހުންގެ ތަޙްގީގް ލަސްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފުލުހުންގެ އިދާރާއަށް ފާޑުކިޔަމުންނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު