Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައްމާން ބަންދުކުރުން

ޝައްމާން ފްރޭމެއް ނުކުރަން، މާދަމާ ތަފްސީލުތައް ހާމަކުރާނެ: މިނިސްޓަރު އިހުސާން

23 އެޕްރީލު 2025 | ބުދަ 12:00

ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސާބިތު ހެކި ފެނިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2025 | ބުދަ 12:00
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދު

ހިޔާނާތުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާން ވަހީދު ފްރޭމް ނުކުރާ ކަމަށާއި، ބުރާސްފަތި ދުވަހު ތަފްސީލު ހާމަކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެއްވެސް ބޭފުޅެއް ފްރޭމް ނުކުރާނެ ކަމަށާއި، މިމައްސަލާގައި ކަންކަން ހިނގާފައިވާ ގޮތް ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އިހުސާން ވިދާޅުވީ ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސާބިތު ހެކި ފެނިފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު މިމައްސަލައާ ގުޅިގެން ފުލުހުން އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

ދެ ބޭފުޅުންގެ ގުޅުމާ ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ އެކުގައި މަސައްކަތް ކުރެއްވިއިރު، ދެބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް، ގާނޫނާ ޚިލާފުވާ ހިސާބުން އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ހިޔާނާތުގެ ގިނަ ތުހުމަތުތެއް ކުރެވިފައިވާ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ މައްސަލައާއި، ޝައްމާން މައްސަލާގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މި ދެމައްސަލާގައި ތަފާތުކުރުންތައް ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ.

އެ ސުވާލަކަށް މިނިސްޓަރު އިހުސާން ވިދާޅުވީ ދެ މައްސަލަ ވަރަށް ތަފާތު ކަމަށާއި އާފަލާއި އޮރެންޖު އެއްގޮތް ނުކުރެވޭނެ ކަމަށެވެ.

އެއްވެސް ބޭފުޅަކު ފްރޭމެއް ނުކުރާނަން އަޅުގަނޑުމެންނެއް. އަޅުގަނޑު ކަށަވަރުކޮށްފިން ތިޔަ ވިދާޅުވާ މައްސަލާގައި ކަންކަން ގޮސްފައި އޮތް ގޮތް. އެއީ އަޅުގަނޑު ވަޒީރެއްގެ ހައިސިއްޔަތުން މައްސަލަތައް ހިނގަމުންދާ ގޮތް ބަލަން ގާނޫނުން ތިބޭފުޅުން ލާޒިމް ކުރައްވާފައިވޭ. އަޅުގަނޑު ބަލާފިން. އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި ފްރޭމް ކޮށްފައި ނެތްކަން. އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އެ އޮތީ އެ މައްސަލާގައި ފުލުހުން ބެލިބެލުމުން ސާބިތު ހެކި ފެނިގެންކަން. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އެ ދައުވާ ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން ފުލުހުން ތަފްސީލީ ބްރީފިންގ އެއް ދެއްވާނެ. އަޅުގަނޑަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުން އިރާދަކުރެއްވިއްޔާ ބުރާސްފަތި ދުވަހު އެއީ މާދަމާ އެ މައުލޫމާތުތައް ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނެ.
ހޯމް މިނިސްޓަރު އަލީ އިހުސާން

ޝައްމާން ހައްޔަރުކޮށްފައިވަނީ ފުލުހުން ގެންދިޔަ ތަކެތީގެ އިންވެންޓްރީގައި ސޮއިކުރުމަށް 21 މާރޗް 2025 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު ޕޮލިހަށް ހާޒިރުވުމުން ކުއްލި ގޮތަކަށެވެ.

ޝައްމާންއަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް