Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއްދަތު ހަމަވެފައިވާ ހުރި އައިވީއެއް ދިން މައްސަލ

ނެއްލައިދޫގައި ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައި ހުރި އައިވީއެއް ދިން މައްސަލަ ބަލަނީ

ހެލްތް މިނިސްޓްރީން ދަނީ މިމައްސަލަ ބަލަމުން، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 20 އެޕްރީލު 2025 | އާދީއްތަ 09:40
ހދ.ނެއްލައިދޫ

ހދ.ނެއްލައިދޫ

ހދ ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ހުރި އައިވީ އެއް ދިން މައްސަލަ ފެންމަތި ވެއްޖެއެވެ.

ރާއްޖެއެމްވީއަށް ނެއްލައިދޫ ކައުންސިލުން ބުނީ އެއް އަހަރު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދީފައިވާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ކަމާގުޅުން ހުރި އިދާރާތަކުން މައްސަލަ ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ ނެއްލާދޫގައި ކުޑަ ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލަ ބަލަމުންދާ ކަމަށާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއީ ކިހިނެތް ހިނގާ ދިޔަ ކަމެއްކަން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ ހޮޑުލައި، ހުން އައިސްގެންނެވެ. ގާތްގަނޑަކަށް ހެނދުނު 8:00ހާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފެށިއިރު، މުއްދަތު ހަމަވެފައިހުރި އައިވީ ފުޅިއެއް ގުޅާފައިހުރިކަން އެނގުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އަދި އައިވީ ފުޅީގެ ބޮޑު ބައެއް ކުއްޖާގެ ގަޔަށް އެޅިފައިވާ ކަމަށް މައުލޫމާތު ލިބިއެވެ.

އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށާއި، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ދަށްކަމާއި، ރަނގަޅު ފަރުވާއެއް ނުލިބޭ ކަމުގެ ޝަކުވާ އާއްމު ގިނަ ރައްޔިތުން ދަނީ ކުރަމުންނެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އިހުމާލުން ބައެއް މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

ނެއްލައިދޫކުއްޖާޞިއްޙީ މަރުކަޒުއައިވީ ފުޅިކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްސިއްހީ ނިޒާމުސިއްހީ ޚިދުމަތް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

14 ނޮވެމްބަރު 2025
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް
08 ނޮވެމްބަރު 2025

ވާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނަގަން އާދޭސް ކުރުމުން ވެސް ވަނީ ދަތިކޮށްފައި: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ވާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނަގަން އާދޭސް ކުރުމުން ވެސް ވަނީ ދަތިކޮށްފައި: ކައުންސިލްގެ ރައީސް
21 އޮކްޓޯބަރު 2025

ލ. ދަނބިދޫގެ ތަރައްގީގެ މަޝްރޫއުތައް ފެށުނީ ރައީސް ވިދާޅުވި ބަސްފުޅުން

21 އޮކްޓޯބަރު 2025
ލ. ދަނބިދޫގެ ތަރައްގީގެ މަޝްރޫއުތައް ފެށުނީ ރައީސް ވިދާޅުވި ބަސްފުޅުން
14 އޮކްޓޯބަރު 2025

ވަކި ތާރީހެއް ނުދެއްވާ ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

14 އޮކްޓޯބަރު 2025
ވަކި ތާރީހެއް ނުދެއްވާ ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު