Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. ދިގުރަށް

ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގެ ސިއްޚީ މަރުކަޒަށް އަލަށް އިތުރު ކުރުމަށް ހަދަން ފެށި އިމާރާތުގެ މަސައްކަތް ހުރީ ހުއްޓިފައި

އދ. ދިގުރަށުގެ ސިއްޚީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ހަދަމުންދިޔަ އާ އިމާރާތުގެ މަސައްކަތް ސަރުކާރު ބަދަލުވުމާއެކު ވަނީ ހުއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 14:08
ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގެ ސިއްޚީ މަރުކަޒަށް އަލަށް އިތުރު ކުރުމަށް ހަދާ  އިމާރާތުގެ މަސައްކަތް ހުއްޓުން: އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ

ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގެ ސިއްޚީ މަރުކަޒަށް އަލަށް އިތުރު ކުރުމަށް ހަދާ އިމާރާތުގެ މަސައްކަތް ހުއްޓުން: އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ

ރައީސް އިބުރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވިފަހުން އދ. ދިގުރަށުގެ ސިއްޚީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ހަދަން ފަށާފައިވާ އާ އިމާރާތުގެ މަސައްކަތް ހުއްޓުނު ގޮތަށް އެތަނުގެ މަސައްކަތް ނުފަށާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުސްމާން ވިދާޅުވީ އެ އެ އިމާރާތަކީ ޞާލިހުގެ ސަރުކާރުން އެ ރަށުގެ ސިއްޚީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހުރުމުން އެކަމަށް ހައްލެއް ގެނައުމަށް ހަދަން ފަށާފައިވާ އިމާތެއް ކަމަށާއި ސަރުކާރު ބަދަލުވި ފަހުން އެ އިމާރާތުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ.

Advertisement - newsAdvertisement

އުސްމާން ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް މުޅިންހެން ހުރީ ނިމިފައި ކަމަށާއި ދެން އިތުރަށް ކުރަން ހުންނާނީ ވަރަށް ކުޑަކުޑަ މަސައްކަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރު ބަދަލުވި ފަހުން މިހާތަނަށް އަހަރެއް ވެގެން ދިޔައިރުގައި ވެސް އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން އޭނާ ފާހަގަ ކުރިއެވެ.

އިމާރާތުގެ ބޮޑުބައެއް ނިންމާފައިވާކަން ފާހަގަކޮށް އުސްމާން ވިދަޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި ރައީސްގެ ދަތުރުފުޅެއް ދިގުރަށަށް އެބައޮތް ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން އެ އިމާރާތް ނިންމާ ހުޅުވުވިގެން ދާނޭ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އިމާރާތް ހުރީ އެއްކޮށް ކަހަލަގޮތަކަށް ނިމިފަ، މާބޮޑު މަސައްކަތެއް ނުހުންނާނެ ދެން އެތަނުގައި ކުރާކަށް. ހީވަނީ ކައިރި މުސްތަގުބަލުގައި އެތަން ވަރަށް އަވަހަށް ހުޅުވިގެން ދާނެހެން. އެއީ ކައިރި މުސްތަގުބަލުގައި ރައީސްގެ ދަތުރުފުޅެއް އެބައޮތް. ހީވަނީ އެ ދަތުރުފުޅުގައި ރިބަން ކަނޑާލެވޭނެވަރުވާނޭހެން
އދ. ދިގުރަށު ކައުންސިލް ރައީސް އިބުރާހީމް އުސްމާނު

އުސްމާނު ވިދާޅުވީ މި ސަރުކާރަށް އެއްއަހަރާއި ނުވަ މަސްދުވަސް ވެގެން ދިޔައިރުގައި ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

އުސްމާން ވިދާޅުވީ ސިއްޚީ މަރުކަޒަށް އަލަށް އިތުރުކުރުމަށް ހަދާ އެ އިމާރާތުގައި އިދާރީ މަސައްކަތައް ބޭނުންކުރެވޭ ގޮތަށް ހުރި ބަޔަކާއި ފެމިލީ ހެލްތް ކެއަރ ޔުނިޓެއްގެ އިތުރުން ސްޓޯރުތައް ވެސް އެ ހުންނާނޭ ކަމަށެވެ.

އަދި އެ އިމާރާތް އެއްކޮށް ނިމި ހުޅުވިގެން ދިއުމުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއދ. ދިގުރަށްޞިއްޙީ މަރުކަޒުކައުންސިލްގެ ރައީސްރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ވާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނަގަން އާދޭސް ކުރުމުން ވެސް ވަނީ ދަތިކޮށްފައި: ކައުންސިލްގެ ރައީސް

ވާދޫ ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނަގަން އާދޭސް ކުރުމުން ވެސް ވަނީ ދަތިކޮށްފައި: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު