Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ އަށް ދޭ ހަމަލާތައް

ޣައްޒާ އަށް ދޭ ހަމަލާތައް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތްކަން އަނެއްކާ ވެސް އިސްރާއީލުން ހާމަކޮށްފި

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަފްތާ ބަންދުގައި 40 އަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ މަރުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އެޕްރީލު 2025 | އާދީއްތަ 07:56
ފަލަސްތީނުގެ ޓެންޓް ކޭމްޕަކަށް އިސްރާއީލުން ދިން ހަމަލާއެއްގެ ތެރޭގައި ގޮވުމެއް ގޮވި މަންޒަރު ފެންނަ ފޮޓޯ އެއް

ފަލަސްތީނުގެ ޓެންޓް ކޭމްޕަކަށް އިސްރާއީލުން ދިން ހަމަލާއެއްގެ ތެރޭގައި ގޮވުމެއް ގޮވި މަންޒަރު ފެންނަ ފޮޓޯ އެއް

ޣައްޒާ އަށް ދޭ ހަމަލާތައް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތްކަން އަނެއްކާވެސް އިސްރާއީލުން ހާމަކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަނެއްކާ ވެސް ހޮނިހިރު ދުވަހު ބުނީ ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުން ނޫން ގޮތެއް އިސްރާއީލަށް ނެތް ކަމަށާއި ހަމާސް ނައްތާލައި ރަހީނުކުރި މީހުން މިނިވަން ކުރުމުގެ ކުރިން ހަނގުރާމަ ނިންމާނުލާނެ ކަމަށެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އިންކާރުކުރާކަން ހާމަކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައި ވަނީ، ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ނިންމާލުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށެވެ. ހަމާސް ފުނޑާލައި، ހަމާސްގެ ބަންދުގައި ތިބި ރަހީނުން ސަލާމަތްކުރުމަށް ދާންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ މިހެން ބުނެފައި ވާއިރު މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި 90 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވުނު އެންމެ ފަހުގެ މަޝްވަރާތަކުގައި، ހުއްޓުމެއް ނެތި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށް ބަދަލުގައި ރަހީނުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމަށް ހުށަހެޅުނު ނަމަވެސް، ހަމާސްއިން މިކަމަށް އިންކާރުކޮށްފައިވާ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަފްތާ ބަންދުގައި އެ ގައުމުގެ 40 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވެއެވެ. އަދި މާރޗް 18ން ފެށިގެން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ތެލްއަވީވްގައި ހިނގި އިހްތިޖާޖުތަކުގައި ހާސްތަކެއް މީހުން ބައިވެރިވެ، ހަނގުރާމަ ހުއްޓާލައި ރަހީނުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. އެގޮތުން ކުރީގެ ރަހީނެއް ކަމުގައިވާ އޮމަރު ޝެމް ޓޮވް ބުނީ "ހުރިހާ ރަހީނުން އެއްފަހަރާ ސަލާމަތްކުރުމަށް، އެކަމަށްޓަކައި ހަނގުރާމަ ހުއްޓާލަން ޖެހުނު ނަމަވެސް، އެކަން ކުރަންވީ" ކަމަށެވެ.

ހަމާސްޣައްޒާއިޒްރޭލްބެންޖަމިން ނަތަންޔާހޫރަހީނުންހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު