Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ އެހީ

ޣައްޒާއަށް އެހީދޭނެ މަގުތައް ހުއްޓުމަކަށް

އޮކްސްފާމް އާއި ސޭވް ދަ ޗިލްޑްރަން ހިމެނޭ ގޮތަށް 12 އެންޖީއޯއެއްގެ ޗީފް އެގްޒެކެޓިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ކޮންމެ މީހަކު ވެސް ދިރިހުރުމަށް އިންސާނީ އެހީއަށް ބަރޯސާވާ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2025 | ހުކުރު 10:28
ޔޫއެންއާރުޑަބްލިއުއޭ މެރުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިން ފުށާއި އެހެނިހެން ސާމާނު މީހަކު ގެންދަނީ

ޔޫއެންއާރުޑަބްލިއުއޭ މެރުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިން ފުށާއި އެހެނިހެން ސާމާނު މީހަކު ގެންދަނީ

އިޒްރޭލުން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީ ވަންނަ މަގުތައް ބަންދުކުރުމާއެކު އިންސާނީ އެހީގެ ނިޒާމު "މުޅިން ފުނޑުފުނޑުވެފައިވާ" ކަމަށް 12 ޖަމިއްޔާއެއްގެ އިސްވެރިން އިންޒާރު ދެއްވައިފި އެވެ.

އިޒްރޭލުން ވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެ ސަރަހައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ދަމަހައްޓާނެ ކަމަށް ބުނެ، ހަމާސް އަށް އަދިވެސް ރަހީނުން ގޮތުގައި ތިބި 58 މީހުން ދޫކޮށްލަން މަޖުބޫރު ކުރުވަން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ބުނެފަ އެވެ.

އޮކްސްފާމް އާއި ސޭވް ދަ ޗިލްޑްރަން ހިމެނޭ ގޮތަށް 12 އެންޖީއޯއެއްގެ ޗީފް އެގްޒެކެޓިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ކޮންމެ މީހަކު ވެސް ދިރިހުރުމަށް އިންސާނީ އެހީއަށް ބަރޯސާވާ ކަމަށެވެ.

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މިމަހުގެ 2 ވަނަ ދުވަހު އެހީގެ ހުރިހާ ސަޕްލައިއެއް ބްލޮކް ކުރި ފަހުން އެ ލައިފްލައިން މުޅިން ކަނޑާލާފައިވާ ކަމަށާއި މިއީ މި ޖީލުގެ އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.

ޣައްޒާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ އަދި ފަލަސްޠީނުގެ 43 އެހީދޭ ޖަމްޢިއްޔާއަކުން ކުރި ސާވޭއަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށްފަހު އަލުން ފެށި ފަހުން ގާތްގަނޑަކަށް ހުރިހާ ޖަމްޢިއްޔާއަކުންވެސް ވަނީ ޚިދުމަތްތައް މެދުކަނޑާލާފައެވެ. އަދި ބޮމުގެ ހަމަލާތައް ދެމުންދާތީ ސަރަހައްދު ތެރެގައި ހަރަކާތްތެރިވުން ވެސް ނުރައްކާވެފައިވާ ކަމަށެވެ.

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ޣައްޒާއަށް އެތެރެވާ ހުރިހާ ތަނަކުން ރައްކާތެރިކަމާއެކު، ހުއްޓުމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށާއި، އިތުރު ފިޔަވަޅުތަކާ ދެކޮޅު ހެދުމަށް ދުނިޔޭގެ ލީޑަރުންނަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި އިޒްރޭލުން އަނެއްކާވެސް ދޭން ފެށި ހަމަލާތަކުގައި ޣައްޒާގައި 1691 މީހުން ޝަހީދުވެފައިވާ އިރު، ހަނގުރާމަ ފެށުނު ފަހުން މަރުވި މީހުންގެ ޖުމުލަ އަދަދު 51،065 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ހުކުރު ދުވަހު ބުނީ އިޒްރޭލުން ރޭގަނޑު ދިން ދެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 10 މީހުންނާއެކު 15 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ޓެލެގްރާމްގައި ވިދާޅުވީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ ސަރަހައްދުގައި އިޒްރޭލު ސިފައިން އަމާޒުކުރި ބާރަކާ އާއިލާގެ ގެއާއި އަވަށްޓެރި ގެތަކުން 10 ޝަހީދުންނާއި ޒަހަމްވި ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑު މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށް ފެނިފައިވާ ކަމަށެވެ.

އޭގެ ފަހުން ބަސަލް ވަނީ ޣައްޒާގެ އުތުރުގެ ތަލް އަލް ޒަތާރުގެ ދެ ގެއަކަށް ވަކިން ހަމަލާ ދީފައިވާ ކަން އިއުލާން ކޮށްފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން، ވައިގެ މަގުންދޭ ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ އެއްގަމު އޮޕަރޭޝަންތައް ވަނީ ފުޅާކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަދަނީ ދިފާއީ އިދާރާއިން ވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި 40 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލްޣައްޒާހަމާސްއިންސާނީ އެހީޝަހީދުންހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު