Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލުން ދިން ހަމަލާތަކުގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން 40 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނެފި

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުރާސްފަތި ދުވަހު ބުނީ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި 40 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ އާންމުންގެ ދިރިއުޅެމުން ދިޔަ ކޭމްޕް ތަކުން ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2025 | ހުކުރު 06:22
ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ ޔޫއެން ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ ޔޫއެން ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި މީހެއްގެ ހަށިގަނޑު ގެންދަނީ

އިސްރާއީލުން ދިން ހަމަލާތަކުގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން 40 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގައި މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުނެފިއެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުރާސްފަތި ދުވަހު ބުނީ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި 40 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ އާންމުންގެ ދިރިއުޅެމުން ދިޔަ ކޭމްޕް ތަކުން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާތައް ދިން ކަމުގެ ރިޕޯޓްތައް ބަލަމުން އަންނަ ކަމަށެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އެންމެ ފަހުގެ ހަނގުރާމައިގެ ހުށަހެޅުންތަކާ ގުޅޭ އެތެރޭގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ހަމާސްގެ އޮފިޝަލުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

މަދަނީ ދިފާއީ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ އަލްމަވާސީ ސަރަހައްދުގައި އިޒްރޭލުގެ ދެ މިސައިލް ބައެއް ޓެންޓުތަކަށް އަމާޒުވެ 16 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 23 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުން އަލްމަވާސީ އަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ އެކު، ބޮމުގެ ހަމަލާތަކުން ހިމާޔަތް ހޯދުމަށް ފަލަސްތީނުގެ އެތައް ހާސް ބަޔަކު އެތަނަށް ޖަމާވި ނަމަވެސް، އޭގެ ފަހުން އެ ސަރަހައްދަށް ވަނީ ތަކުރާރުކޮށް އިޒްރޭލުން ހަމަލާތައް ދީފަ އެވެ.

ސަލާމަތްވި މީހުން ސިފަކުރި ގޮތުގައި ގިނަ ޓެންޓުތަކެއްގައި އަލިފާން ރޯކޮށްލި ޓެންޓްތައް ހުރި ސަރަހައްދުގައި ބޮޑު ގޮވުމެއް ގޮވި ކަމަށެވެ.

އިސްރާ އަބޫ އަލް-ރުސް އޭއެފްޕީއަށް ވިދާޅުވީ ޓެންޓުތަކުގައި ސުލްހަވެރިކަމާއެކު ތިއްބާ ކުއްލިއަކަށް ރަތް ކުލައިގެ އެއްޗެއް އަލިވެގެން ދިޔަތަން ފެނުނު ކަމަށާއި އެއަށްފަހު ޓެންޓުތައް ގޮވާ ވަށައިގެންވާ ޓެންޓުތަކުގައި އަލިފާން ރޯވި ކަމަށެވެ.

ބަސަލް ވިދާޅުވީ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން އަންނަ އިތުރު ދެ ތަނަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު 9 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އުތުރުގެ އަވަށެއް ކަމަށްވާ ބައިތް ލަހިޔާގައި 7 މީހުން އަދި އަލްމަވާސީ ކައިރިން ބައްޕައަކާއި އޭނާގެ ފިރިހެން ދަރިއެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޖަބާލިއާގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ދިން އިތުރު ދެ ހަމަލާއެއްގައި އަސްލިޔާ އާއިލާގެ 7 މީހަކު ޝަހިދުވި އިރު، ވަގުތީ ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ދިން ހަމަލާގައި އިތުރު 6 މީހަކާއި، ޣައްޒާ ސިޓީގައި ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް މަދަނީ ދިފާއީ އިދާރާއިން ވަނީ ބުނެފަ އެވެ.

އިސްރާއިލުގެ އަސްކަރިއްޔާއިން ފަހުން ވަނީ ހަމަލާދީފައިވަނީ ޖަބާލިޔާގައި ހުންނަ ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" ސެންޓަރަ ކަމަށް ބުނެފަ އެވެ.

ޣައްޒާއިޒްރޭލްފަލަސްތީނުއަލްމަވާސީހަމާސްމަދަނީ ދިފާއީ އިދާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު