Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން

ރަހީނުންގެ ދެބައިކުޅަ އެއްބައި މީހުންގެ ބަދަލުގައި 45 ދުވަހަށް ހަނގުރާމަ ހުއްޓާލަން އިޒްރޭލުން ހުށަހަޅައިފި

ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް ގެނައުމުގެ ޝަރުތެއްގެ ގޮތުން ޣައްޒާގައި ހަމާސް ޖަމާއަތާއި ފަލަސްތީނުގެ ހުރިހާ ހަތިޔާރު އެޅި ފެކްޝަންތައް ހަތިޔާރު ބަހައްޓަން މި ހުށަހެޅުމުގައިވާ ކަމަށް އޮފިޝަލް ވިދާޅުވި. ހަމާސްގެ ލީޑަރުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން މުރާޖައާ ކުރަމުން ދިޔަ ނަމަވެސް އޮފިޝަލް ވިދާޅުވީ ހަމާސް އާއި ހަނގުރާމަވެރިންގެ ސްޓޭންޑަކީ ހަތިޔާރު ބަހައްޓަން ޖެހޭ ހިސާބަކީ ރަތް ރޮނގު ކަމަށާއި، އެއީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 14:23
ޣައްޒާ ތެރޭގައި އިސްރާއިލުގެ ޓޭންކަރެއް ހަރަކާތްތެރިވަނީ

ޣައްޒާ ތެރޭގައި އިސްރާއިލުގެ ޓޭންކަރެއް ހަރަކާތްތެރިވަނީ

ހަމާސްގެ ބެލުމުގައި ދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދޫކޮށްލާނަމަ އޭގެ ބަދަލުގައި 45 ދުވަހަށް ހަނގުރާމަ ހުއްޓާލަނެ ކަމަށް ހުށަހަޅާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަލަސްތީނުގެ ހަނގުރާމަވެރިން ހަތިޔާރު ބެހެއްޓުމަށް ވެސް އިސްރާއީލުން އެދުނު ކަމަށާއި ނަމަވެސް އެއީ "ރަތް ރޮނގު" ފަހަނައަޅައި ގޮސްފައިވާ ކަމެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މިސްރުން އިސްރާއީލުގެ ހުށަހެޅުމަކަށް ފާސްކުރީ އެއްބަސްވުމުގެ ފުރަތަމަ ހަފުތާގައި ރަހީނުކޮށްފައިވާ މީހުންގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމާއި، ހަނގުރާމައިގެ މުއްދަތު މަދުވެގެން 45 ދުވަހަށް އިތުރުކުރުމާއި، އެހީގެ ސާމާނު އެތެރެވެކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަނގުރާމަ ފެށި ހަމަލާތަކުގައި ހަމާސް އިން ވަނީ 251 މީހުން ރަހީނުކޮށްފައެވެ. ޣައްޒާގައި އަދިވެސް 58 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ.

ހަނގުރާމަ ދާއިމީ ކޮށް ނިމުމަކަށް ގެނައުމުގެ ޝަރުތެއްގެ ގޮތުން ޣައްޒާގައި ހަމާސް ޖަމާއަތާއި ފަލަސްތީނުގެ ހުރިހާ ހަތިޔާރު އެޅި ފެކްޝަންތައް ހަތިޔާރު ބަހައްޓަން މި ހުށަހެޅުމުގައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ހަމާސްގެ ލީޑަރުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން މުރާޖައާ ކުރަމުން ދިޔަ ނަމަވެސް އޮފިޝަލް ވިދާޅުވީ ހަމާސް އާއި ހަނގުރާމަވެރިންގެ ސްޓޭންޑަކީ ހަތިޔާރު ބަހައްޓަން ޖެހޭ ހިސާބަކީ ރަތް ރޮނގު ކަމަށާއި، އެއީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހަމާސް އިން މަޝްވަރާތަކަށް ދާ މީހުން ދަނީ ގަތަރަށް ކަމަށާއި އެ ޖަމާއަތުގެ އޮފީހެއް ގަތަރުގައި ހުންނާނެ ކަމަށާއި އިސްރާއީލާ އެކު މައިގަނޑު މަޝްވަރާތައް ކޮށްފައިވަނީ ވެސް އެތަނުގައި ކަމަށެވެ. ހަމާސްގެ ބަޔާނާ ގުޅޭ ގޮތުން އިޒްރޭލުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

"ހަމާސް އިން މަޝްވަރާގެ މެދުވެރިންގެ ދައުރު އަދާކުރާ ފަރާތްތަކަށް އަންގާފައި ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި ޣައްޒާއިން އިސްރާއީލުން މުޅިން ފޭބުމާއި އެހީ އަށް ވަނުން ފަދަ ކޮންމެ ހުށަހެޅުމަކަށް އެއްބަސްވާން ތައްޔާރަށް އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން އދ އިން ވަނީ ޣައްޒާގެ އިންސާނީ ކާރިސާ ކޮންޓްރޯލުން ނެއްޓި، ހަފުތާއެއްހާ ދުވަސް ވަންދެން އެ ސަރަހައްދަށް އެއްވެސް އެހީއެއް ނުވަދެ، ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމުގެ އިންޒާރު ދީފަ އެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު ޣައްޒާގައި ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުގައި އޮޕަރޭޝަންތައް ފަށާފައި ވަނީ ހަނގުރާ ހުއްޓާލުމާ ގުޅޭ ކުރިއަށް އޮތް މަރުހަލާއާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، ދެ މަސް ދުވަސް ވީ ހަނގުރާމަ ހުއްޓާލުމަށް ފަހު މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ހަނގުރާމައިގެ އެއްބަސްވުން ރޫޅުމުގެ ކުރިން، މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އިންސާނީ އެހީއަށް ހުރަސް އަޅާފައިވެއެވެ. ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެލާއި ފެނާއި އެހެނިހެން ޒަރޫރީ ތަކެތި މަދުކަމަށް އދ. އިން ވަނީ އިންޒާރު ދީފައެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ، ހަނގުރާމަ ފެށުނު ފަހުން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އިންސާނީ ހާލަތު އެންމެ ގޯސްވެފައިވަނީ މިހާރުއެވެ. އޯސީއެޗްއޭ އިން ބުނީ އެހީދޭ ފަރާތްތަކަށް މަޖުބޫރުވެފައިވަނީ ބާކީ ހުރި ސްޓޮކްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކާޑު ގެނައުމަށާއި ޑެލިވަރީ މަދުކުރުން ކަމަށެވެ.

އެހީތައް މެދުކެނޑި ސިއްހީ ވަސީލަތްތައް މަދުވެ ބޭހަށް ހޮސްޕިޓަލްތަކުން ސަލާން ޖަހަމުންދާ މި ދަނޑިވަޅުގައި ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ އަހުމަދު އަލް ފަރާ ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް ދަތިތަކެއް ހުރި ނަމަވެސް މެޑިކަލް ޓީމުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލުގެ ނޫސް ވެބްސައިޓް ޔެނެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުމެއްގެ ދަށުން ހަމާސް އިން ދިރިތިބި 10 މީހުން ދޫކޮށްލާނެ ކަމަށާއި އޭގެ ބަދަލުގައި އިޒްރޭލުން ދެވަނަ ފިޔަވަހީގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ނުކުންނާނެ ކަމުގެ ޔަގީންކަން ދޭނެ ކަމަށެވެ.

ހަމާސްއިޒްރޭލްޣައްޒާރަހީނުންފަލަސްތީނުހަނގުރާމައިންސާނީ އެހީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު