Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެނެރޭޝަނަލް ބޭން

"ޖެނެރޭޝަނަލް ބޭން" މަނާކުރަން ނިންމީ 2007ގެ ފަހުން އުފަންވެފައިވާ ކުދިންނަށް

1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އެޕްރީލު 2025 | ހޯމަ 05:50
ވަޒީރުންގެ މަޖިލީހު ޖަލްސާއެއްގެ ތެރެއިން - "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާ ޢުމުރު ފުރާ ވަނީ ކަނޑައަޅާފައި

ވަޒީރުންގެ މަޖިލީހު ޖަލްސާއެއްގެ ތެރެއިން - "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާ ޢުމުރު ފުރާ ވަނީ ކަނޑައަޅާފައި

01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

މިގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް، ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާނެއެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުޖެނެރޭޝަން ބޭންދުންފަތުގެ ބާވަތްތައްވަޒީރުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިގަނެފި

07 އޮކްޓޯބަރު 2025
ވަޒީރުންގެ މާލީ ބަޔާން ދައުރު ފަށާއިރު ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިގަނެފި
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
10 ޖުލައި 2025

މި ސަރުކާރުގައި ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި: އަމީރު

10 ޖުލައި 2025
މި ސަރުކާރުގައި ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި: އަމީރު
03 ޖުލައި 2025

ތިން ފަށަލައިގެ މަރުހަބާއާއި އަލްވަދާއު!

03 ޖުލައި 2025
ތިން ފަށަލައިގެ މަރުހަބާއާއި އަލްވަދާއު!
02 ޖުލައި 2025

އަޑިނޭގޭ ޑީލްއެއްގެ ދަށުން ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭނީ!

02 ޖުލައި 2025
އަޑިނޭގޭ ޑީލްއެއްގެ ދަށުން ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭނީ!
02 ޖުލައި 2025

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
01 ޖުލައި 2025

ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ - މީކާއިލް

01 ޖުލައި 2025
ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ - މީކާއިލް
30 ޖޫން 2025

ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދިނުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ފުރުސަތެއް ނުދިން

30 ޖޫން 2025
ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދިނުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ފުރުސަތެއް ނުދިން
25 ޖޫން 2025

ފަސްދޮޅަސް ހާސް ފުލެޓް އަޅަން ވައުދުވެގެން އައި ސަރުކާރުން އަދި މިހާތަނަށް ބިންމަތީގަ ގާގަނޑެއް ވެސް ނުބާއްވާ: މެމްބަރު ޣަފޫރު

25 ޖޫން 2025
ފަސްދޮޅަސް ހާސް ފުލެޓް އަޅަން ވައުދުވެގެން އައި ސަރުކާރުން އަދި މިހާތަނަށް ބިންމަތީގަ ގާގަނޑެއް ވެސް ނުބާއްވާ: މެމްބަރު ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު