Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީކާއިލް އަހުމަދު ނަސީމް

ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ - މީކާއިލް

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލްކުރުމަކީ މި ބިލުގެ ބޭނުމެއް ކަމަށް ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖުލައި 2025 | އަންގާރަ 05:42
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ އެވެ. އެ އިސްލާހަށް ބަހުސްކުރައްވަމުން، ފަނޑިޔާރުގެ އާއި ކުޅުން ނިމުނީ ކަމަށް ވިދާޅުވެ ވެރިކަމަށް ވަަޑައިގަތް ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވާއިރު "ނުކުޅޭ" އެންމެ ފަނޑިޔާރެއް ވެސް ފަނޑިޔާރު ގޭގައި ނެތް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނާއި، ހުރިހާ ކޯޓުތަކާއި ވެސް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި އިރު މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްކެވި ވާހަކަ އާއި މިހާރު ދައްކަވަމުންދާ ވާހަކަތަކާއި ދިމާނުވާކަމަށް މީކާއިލް ވިދާޅުވިއެވެ. އޭރު ޖޭއެސްސީ އާއި ޖުޑީޝަރީ ރަނގަޅުކުރަން ކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ބަންޑާރަނައިބުގެ ގޮތުގައި ހުންނަވާ ދައްކަވާ ވާހަކަތާއި މުޅިން ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޖޭއެސްސީ އަކީ ނުފޫޒު ފޯރުވާ ތަނަކަށް ވެސް ނުވޭ. ކޮމްޕޮޒިޝަން ވެސް ރަނގަޅު. އެހެންވީމާ މި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިންމު ވަނީ. މިއަދު ހުންނަ މަޤާމަކާއި ގުޅުވާފަ އެއް ނޫން ތިމާގެ ފިކުރު ހުންނަން ޖެހެނީ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ކައުންސެލް ޖެނެރަލްގެ ލަފަޔާއި ވެސް ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި ކުރުމަށް ވެސް މީކާއިލް ވަނީ ފާޑު ވިދާޅުވެފައެވެ. ފަނޑިޔާރުންނާއި މެދު ތަހުގީގެއް ކުރަމުން ދާ އިރު އެ ފަނޑިޔާރުންނާއި ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށާއި އެހެންވީމަ އެއީ ޤާނޫނުގައި ހުރި މައްސަލަ އެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. މިއީ ޖޭއެސްސީ ބާރުވެރިކޮށް ޖޭއެސްސީ އަށް އިތުރަށް ނުފޫޒު ފޯރުވަން ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްކަން ކަށަވަރުކުރުމަށްޓަކާ ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ޤާނޫނުގަ ކަނޑައެޅުމާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލްކުރުމަކީ މި ބިލުގެ ބޭނުމެއް ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ފަނޑިޔާރުންގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަ ކަމަށް ވެސް ސައުދުﷲ ހުށަހެޅުއްވި އެ ބިލުގައި ވަނީ ބުނެފައެވެ.

މީކާއިލް އަހުމަދު ނަސީމްސައުދުﷲ ހިލްމީޑރ. މުޙައްމަދު މުޢިއްޒުއަހްމަދު އުޝާމްފަނޑިޔާރުންގެ ޤާނޫނުޖުޑިޝަރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު