Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވީއައިއޭގެ ޓާމިނަލް

އަޑިނޭގޭ ޑީލްއެއްގެ ދަށުން ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭނީ!

ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ކުއްޔަށް ދިނުމަށް ނިންމީ އެމްއޭސީއެލްގެ ބޯޑަށް ގެނެވުނު ބަދަލާއި ރައީސް އޮފީހުގެ ބާރުގަދަ ސިޔާސީ މަގާމެއްގައި ހުރި ފަރާތެއްގެ ނުފޫޒުގެ ސަބަބުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 18:41
ވީއައިއޭގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ދުބާއީގެ ޕްރައިވެޓް ޖެޓް ސާވިސް ޕްރޮވައިޑާ ޖެޓެކްސް އަށް ކުއްޔަށް ދޭން އެމްއޭސީއެލް އިން ނިންމި ކަމަށް ހަބަރުތައް ލިބޭ

ވީއައިއޭގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ދުބާއީގެ ޕްރައިވެޓް ޖެޓް ސާވިސް ޕްރޮވައިޑާ ޖެޓެކްސް އަށް ކުއްޔަށް ދޭން އެމްއޭސީއެލް އިން ނިންމި ކަމަށް ހަބަރުތައް ލިބޭ

އަޑިނޭގޭ ޑީލްއެއްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާކަން ހާމަވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދިނުމަށް ނިންމާފައިވަނީ ދާދިފަހުން ވެލާނާ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ގެނެވުނު ބަދަލަކާއި، ރައީސްގެ އަރިސް އަދި ރައީސް އޮފީހުގެ ބާރުގަދަ ސިޔާސީ މަގާމެއްގައި ހުރި ފަރާތެއްގެ ނުފޫޒާއެކުއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއޭސީއެލްގެ ބޯޑަށް މި ބަދަލު ގެނެސްފައިވަނީ ވެސް ސަރުކާރުން ބޭނުންވެގެން ޓާމިނަލްގެ 2 ފަންގިފިލާ ޖެޓެކްސްއަށް ދިނުަމަށެވެ.

ޖެޓެކްސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ޕްރައިވެޓް އޭވިއޭޝަން އެންޑް ފްލައިޓް ސަޕޯޓް ކުންފުންޏެކެވެ. މެދުއިރުމައްޗާއި ޔޫރަޕާއި އޭޝިއާ ޕެސިފިކް އާއި އެފްރިކާ އަދި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ 50 އަށް ވުރެ ގިނަ ތަންތަނުގައި 38 ފިކްސްޑް ބޭސް އޮޕަރޭޓަރުންނާއި ގްރައުންޑް ހޭންޑްލިން ސްޓޭޝަން އެ ކުންފުނިން ހިންގަ އެވެ.

ވީއައިއޭގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ދުބާއީގެ ޕްރައިވެޓް ޖެޓް ސާވިސް ޕްރޮވައިޑާ ޖެޓެކްސް އަށް ކުއްޔަށް ދޭން އެމްއޭސީއެލް އިން ނިންމަމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާލުކުރައްވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަހުމަދު މައުރޫފް ވިދާޅުވީ ވީއައިއޭގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ދުބާއީގެ ޕްރައިވެޓް ޖެޓް ގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޖެޓެކްސް އަށް ކުއްޔަށް ދޭން އެމްއޭސީއެލް އިން ނިންމާފައިވާ ކަމަށް ނުވަތަ ނިންމަން ނިންމާފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ. އަދި އެ ޖާގައާއި އެތަނުގެ ވަސީލަތްތަކުގެ ބޭނުން އެމްއޭސީއެލް އަށް ވެސް ރަނގަޅަށް ހިފައި އެތަނުން ބޮޑު އާމްދަނީއެއް ހޯދޭނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް އިންފްރާސްޓްރަކްޗާއަށް އިތުރު އިންވެސްޓްމަންޓެއް ނުވަތަ މާ ބޮޑު ކުރިއެރުމެއް ނުގެންނަ ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ޝައްކެއްވެސްނެތްގޮތުގައި، މި ޑީލްގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭއިރު، އެއީ އެތައް މިލިއަން ޑޮލަރެއްގެ ނާޖާއިޒު ފައިދާއެއް ލިބޭ އެއްބަސްވުމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކުރުމަށް ނިންމާފައިވަނީ މިނިވަން ދުވަހުއެވެ. އަދި ޖެޓެކްސްއާއި އެކު މި ޑީލް ހަދާފައިވާ އިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިއަމުންނެވެ. މީގެ ކުރިން ޖީއެމްއާރުއަށް އެއަރޕޯޓް ވިއްކާލިކަމަށް ބުނި ފަރާތްތަކުން އަޑި ނޭނގޭ ޑީލްއެއްގެ ދަށުން އެއަރޕޯޓުން ސީދާ ދިވެހި ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް އިމާރާތްކުރާ ވީއައިޕީ/ސީއައިޕީ ޓާމިނަލްގައި މަތީ ހައިލެވެލް އޮފިޝަލުންނާއި، ބޮެތި ވިޔަފާރިވެރިންނާއި، އިއްޒަތްތެރިންނަށް އަމާޒުކޮށްގެން ހަދާފައިވާ ހަތަރު ބުރީގެ އިމާރާތެކެވެ. އެއީ ގްރައުންޑް ލެވެލްގައި ވީވީއައިޕީ ލައުންޖަކާއި، ފުރަތަމަ އަދި ދެ ވަނަ ފަންގިފިލާގައި ވީއައިޕީ އަދި ސީއައިޕީ ލައުންޖާއި އެންމެ މަތީ ފަންތީގެ އިދާރީ އޮފީސްތަކެވެ. މި ޓާމިނަލުން ކެއިންބުއިމުގެ ހިދުމަތް ދިނުމާއި ނަމާދު ކުރާ ކޮޓަރިތަކާއި ވައިފައި އެކްސެސް އަދި ފެންވެރޭނެ ފެސިލިޓީފަދަ ވަސީލަތްތައް ލިބެން ހުންނާނެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްޖެޓެކްސްމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަހުމަދު މައުރޫފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

10 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު