Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ހައުސިން މަޝްރޫޢު

ކުޅުދުއްފުށި 400 ހައުސިން ޔުނިޓްގެ މަސައްކަތް ހުއްޓި، މިސަރުކާރުގެ އެއްވެސް މަޝްރޫޢު އެއް ކުރިއަށްނުދޭ: މޭޔަރ

30 ޑިސެމްބަރ 2022ގައި ފެށި މިމަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ 20 ނޮވެމްބަރ 2024 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 އެޕްރީލު 2025 | އާދީއްތަ 12:17
ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި

ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި

ކުޅުދުއްފުށީ ސިޓީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި މިސަރުކާރުން ފައްޓަން ބުނި އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް މިހާތަނަށް އައި އިރު ކުރިއަށް ނުދާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ ވިދާޅުވީ 30 ޑިސެމްބަރ 2022ގައި ފެށި މިމަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ 20 ނޮވެމްބަރ 2024 ގައި ކަމަށްވީ ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމާއި އެކު މިމަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

18 އިންސައްތަ މަސައްކަތް ނިމިފައިވާ މިމަޝްރޫއުގެ ޖުމްލަ އަގަކީ 415,086,000 (ސާޅިސް އެއްމިލިއަން ފަސްލައްކަ އަށްޑިހަ ހަ ހާސް) ރުފިޔާއެވެ.

މިއީ ފަސް ޓަވަރުގެ މައްޗަށް އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ ފްލެޓްތަކެއް ކަމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އާތިފް ވިދާޅުވި އެވެ.

އަދި މަމަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހައުސިން މިނިސްޓަރަށްވެސް އެކަމުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް މަސައްކަތް ހުއްޓިފައި އޮތީ ކޮން ސަބަބަކާއި ހުރެ ކަމަށް ސާފުވެފައިނުވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މިސަރުކާރު އައި ފަހުން 2024 ވަނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގެ ތަރައްޤީއަށް މުހިއްމު މަޝްރޫއުތަކެއް ހިމަނާފައިވީ ނަމަވެސް އޭގެ ތެރެއިން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި 14 ހަފްތާއަށް ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފުއްދުމަށް ކުޅުދުއްފުއްޓަށް ވެވަޑައިގަތް ހަމައެކަނި ވައުދު ކަމަށްވާ އެއަރޕޯޓް ޓާމިނަލް އެކްސްޓެންޝަންގެ މަސައްކަތް، ސަރުކާރަށް 500 ދުވަސް ވެގެންދާއިރުވެސް ނުފެށޭ ކަމަށް މޭޔަރ ވިދާޅުވި އެވެ.

އަދި 2025 ވަނަ އަހަރަށް ލަފާކުރި ބަޖެޓްގައިވެސް، ކުޅުދުއްފުށި ސިޓީއަށް ސަރުކާރުން ކޮށްދޭން ހުރި އެއްވެސް މަޝްރޫއެއްގެ މަސައްކަތުގެ ތަފްސީލެއް އިނގެން ނެތް ކަމަށް އާތިފް ވިދާޅުވިއެވެ.

އެހެންކަމުން ޖުމްލަކޮށް ނިމިދިޔަ ސަރުކާރުން ފައްޓާފައިވާ މަޝްރޫއުތަކުގެ މަސައްކަތެއް ނިމިފައިނުވާ ކަމަށާއި އޭގެ ތެރޭގައި ސްކޫލުތަކުގައި ފައްޓާފައިވާ އެއްވެސް މަޝްރޫއެއްގެ މަސައްކަތެއް ނުނިމޭއިރު އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް އިމާރާތް ކުރަންފަށާފައި ހުރި އައު އިންޖީނުގޭގެ މަސައްކަތްވެސް އެއްކޮށް ހުއްޓިފައިވާ ކަމަޑް އާތިފް ވިދާޅުވި އެވެ.

ނަމަވެސް ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފޭސް 2 ގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކުޅުދުއްފުއްޓަސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ހައުސިން މަޝްރޫޢުމުޙައްމަދު މުއިއްޒުއެއަރޕޯޓް ޓާމިނަލްކުޅުދުއްފުށީ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
23 ސެޕްޓެމްބަރު 2025

މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ
04 އޯގަސްޓު 2025

ގެދޮރުވެރިޔާ ސްކީމް: "76ން މަތިން މާކްސް ލިބުނު ފަރާތްތަކެއްގެ ގުރު ނުނަގާ ހުރި ކަމަށް ބުނަނީ ދޮގެއް"

04 އޯގަސްޓު 2025
ގެދޮރުވެރިޔާ ސްކީމް: "76ން މަތިން މާކްސް ލިބުނު ފަރާތްތަކެއްގެ ގުރު ނުނަގާ ހުރި ކަމަށް ބުނަނީ ދޮގެއް"
11 ޖުލައި 2025

މި ސަރުކާރުގެ އޮތީ ހަމައެކަނި ވައްކަން ކުރުމުގެ ޕްލޭން، އިތުރު ޕްލޭނެއް ނެތް: ޔައުގޫބު

11 ޖުލައި 2025
މި ސަރުކާރުގެ އޮތީ ހަމައެކަނި ވައްކަން ކުރުމުގެ ޕްލޭން، އިތުރު ޕްލޭނެއް ނެތް: ޔައުގޫބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު