Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑިޝަރީ މިނިވަންކުރުން

ރައީސް މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދިނުން: އަލީ ހުސެއިން

ގާނޫނު އޮތްގޮތުން އެއިރެއްގައި އޮންނަ ސަރުކާރަކަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ޖާގަ ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2025 | ހޮނިހިރު 08:05
''ޓީވީޓޯކް ޕްރޮގްރާމް''ގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

''ޓީވީޓޯކް ޕްރޮގްރާމް''ގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ވެސް އެންމެ ރަނގަޅުވާނީ މިހާރުގެ ސުޕްރީމް ކޯޓު އޮތް ގޮތަށް ބާއްވައި، ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދީގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް''ގައި އަލީ ހުސެއިން ވިދާޅުވީ 2008 ގައި ގާނޫނު އަސާސީ ތަސްތީގު ކުރި ހިސާބުން ފެށިގެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން މިނިވަން ޖުޑިޝަރީއެއް ނުހިންގޭނެ ކަމަށެވެ. އަދި އެއިރުން ފެށިގެން މިއަދާ ހިސާބަށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީ އޮތްގޮތުން އެއިރެއްގައި އޮންނަ ސަރުކާރަކަށް ސުޕްރީމް ކޯޓަށް އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ޖާގަ ލިބޭ ކަމަށެވެ. ބާރުތައް ވަކިވެފައި އޮތުމަކީ ރައްޔިތުން އެދޭ ގޮތް ނަމަވެސް ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު، ދެ ބާރު އެކުވީ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

މިސާލަކަށް އަޅުގަނޑު ވެސް ގަބޫލުކުރަން މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެކަހަލަ ނުފޫޒުތަކެއް ސުޕްރީމް ކޯޓަށް ފޯރުވާފައި ނެތް އެނގޭތޯ. ފޯރުވެން އޮތް އެނގޭތޯ. ފޯރުވެވޭނެ ޖާގަ އޮތް. އެކަމަކު ފޯރުވާފައިނުވާކަން އަޅުގަނޑުމެންނަށް އެނގެނީ ރައީސް ޔާމީންގެ މައްސަލަ ވެސް ކޮންމެހެން އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީން މައްސަލަ ނިމެން ބޭނުންވި ގޮތަކަށް ނޫން ސުޕްރީމް ކޯޓުން ނިމިގެންދިޔައީ. އެހެންނަމަވެސް ނިމުނަކަށް އެކަމަކާ މެދު ފިޔަވަޅެއް ނާޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑެއް ނުކުރޭ. އަދި ސުލޫކީ މައްސަލައެއް ވެސް ނުބަލާ. އެތަނުގެ ފުރާޅުން ޓިނެއް ވެސް ނުނަގާ. އެހެންނަމަވެސް އެކަން ކުރެވޭނަމަ ކުރެވޭ ގޮތަށޭ އޮތީ އެނގޭތޯ. އެހެންވީމަ އަޅުގަނޑު ދަންނަވާ ވާހަކައަކީ އެކަން ކުރެވޭ ގޮތަކަށް ވެސް އޮވެގެން ނުވާނެ. އެހެންވީމަ ދަންނަވަން މިއުޅޭ ވާހަކައަކީ ޖޭއެސްސީގެ ކޮންޕޮޒިޝަން އޮތް ގޮތުން ސިޔާސީ ނުފޫޒުން ބޭރު އެ މިނިވަންވާ ގޮތަށޭ ޖުޑީޝަލް ސަރވިސް ކޮމިޝަން ކޮންޕޮޒިޝަން އޮންނަން ޖެހޭނީ. އެހެން އެކަން ނުކުރެވޭ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ރައީސުލްޖުމްހޫރިއްޔާ ހޮވާ ގޮތަށް ހޮވާ ބަޔަކު ޖޭއެސްސީއަށް ލައިގެން ނަމަވެސް ޖޭއެސްސީ އެބަޖެހޭ މިނިވަން ކުރަން.
ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

ސަރުކާރުގެ ނުފޫޒުން، ފަނޑިޔާރުންނާއި، ފަނޑިޔާރުގެ މިނިވަން ކުރަންޖެހޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ 2014 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓު ރޫޅާލި ކަމަށާއި، މިހާރު ވެސް އޮތީ އެފަދަ ހާލެއްގައި ކަމަށެވެ. ނަމަވެސް ރައްޔިތުން ކުރި މަސައްކަތާއެކު، 2019 ވަނަ އަހަރުގެ ތެރޭގައި ގާއިމް ކުރެވުނު ސުޕްރީމް ކޯޓަކީ މިހާތަނަށް ގާއިމްކުރެވުނު އެންމެ ރަނގަޅު އިންސާފުވެރި ފަނޑިޔާރުންގެ ބެންޗު ކަމަށެވެ. އަދި އެކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ މި ގައުމަށް އަދި ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ވެސް އެންމެ ރަނގަޅުވާނީ މިހާރު ގެސް ސުޕްރީމް ކޯޓު އެއޮތް ގޮތަށް ބޭއްވުމުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ގައުމުގައި ކަމެއް ހިނގާއިރަށް މާ ބޮޑަށް ސަރުކާރު ބިރު ގަންނަ ކަމަށާއި، އެއްވެސް ކަމެއްގައި ކެތްތެރިކަމެއް ނުހުންނަ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ހިތި ނަތީޖާ ސަރުކާރަށް ފެންނާނެ ކަމަށާއި، ރައްޔިތުންގެ އިތުބާރާއި ތާއީދު ނުލިބޭނެ ކަމަށެވެ.

މުޙައްމަދު މުއިއްޒުއަލީ ހުސެއިންސުޕްރީމް ކޯޓުޤާނޫނުއަސާސީޖުޑިޝަރީޓީވީ ޓޯކް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު