Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޝުޖާޔާ ސިޓީއަށް ހަމަލާދިނުން

ޣައްޒާގައި މީހުން ދިރިއުޅޭ ތަނަކަށް އިސްރާއީލުން ހަމަލާދީ 35 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ، ޣައްޒާގެ އުތުރުގައި ބުދަ ދުވަހު ދިން ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށާއި، މަދަނީ ދިފާޢީ ޓީމްތަކާއި ރައްޔިތުން ވަނީ، ގެއްލުނު އެތައް ބަޔަކާއި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ބެލެވޭ އެތައް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 13:18
ޣައްޒާގެ ޝުޖާޔާ އަށް ދިން ހަމަލާއެއްގައި އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރަނީ - ފައިލް

ޣައްޒާގެ ޝުޖާޔާ އަށް ދިން ހަމަލާއެއްގައި އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކުރަނީ - ފައިލް

ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގެ މީހުން ދިރިއުޅޭ ބްލޮކަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 35 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފި އެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ، ޣައްޒާގެ އުތުރުގައި ބުދަ ދުވަހު ދިން ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށާއި، މަދަނީ ދިފާޢީ ޓީމްތަކާއި ރައްޔިތުން ވަނީ، ގެއްލުނު އެތައް ބަޔަކާއި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ބެލެވޭ އެތައް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ އިސް ހަނގުރާމަވެރިއަކަށް ކަމަށެވެ. ނަމަވެސް އޭނާގެ ނަން ހާމަކޮށްފައި ނުވާ އިރު އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިސްރާއިލުން ވަނީ ބުނެފަ އެވެ.

ޝުޖާޔާއަށް ނިސްބަތްވާ އައްޔޫބް ސަލީމް، 26، އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މި ހަމަލާގައި މަރުވި ބައެއް މީހުންގެ ހަށިތައް ކުދިކުދިވެފައިވާ ކަމަށާއި، އެމީހުންނަށް އެތައް މިސައިލެއް އަމާޒުވި ކަމަށެވެ.

ޝުޖާޔާއިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ އިބްރާހިމް އަލް ޚަލީލީ ބުނީ މަދަނީ ދިފާއީ ބާރުތަކާއި އެސަރަހައްދުގެ ރައްޔިތުން ގުޅިގެން ތާށިވެފައި ތިބި އާންމުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ބުނިގޮތުގައި އަނިޔާ ލިބުނު ގިނަ މީހުން ނަކީ ގަދަކަމުން ގެދޮރުން ނެރުމުން އެ ބްލޮކްގައި ދިރިއުޅެން އައި މީހުންނެވެ.

މަދަނީ ދިފާއީ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވީ އިސްރާއިލުން ފަލަސްތީނުގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި "އެތައް ބަޔަކަށް" ވާސިލުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި މި ހަމަލާގައި 60 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ދީރް އަލް ބާލާއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ހިންދު ޚުދަރީ ބުނީ ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބް ހޮސްޕިޓަލްގެ ޑޮކްޓަރަކު ވިދާޅުވެފައިވަނީ "އަނދާފައިވާ" މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ހޮސްޕިޓަލަށް ވަރަށް އަވަހަށް ލޭ ބޭނުންވާ ކަމަށެވެ.

ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ނުލިބުމުގެ ދަތިކަން މިހާރުވެސް ކުރިމަތިވެފައިވާ ޕެރަމެޑިކްސް މީހުންނަށް ޝުޖާޔާގެ ރައްޔިތުންނާ ހަމައަށް ނުދެވެނީ އެ ސަރަހައްދު ސުންނާފަތިކޮށްފައި އޮތުމުންނެވެ. އަދި މަގުތަކުގައި ހުރި ގައުކުނޑިތަކުގެ ސަބަބުން ފަރުވާ ބޭނުންވާ މީހުންނާ ހަމައަށް ވާސިލުވުމަށް ހުރަސްއެޅޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހަމާސް ޖަމާއަތާ އެކު ގާތްގަނޑަކަށް ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިސްރާއިލުން ޣައްޒާއަށް ވައިގެ މަގުން ބޮމުގެ ހަމަލާތައް ދޭން ފެށީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އިޒްރޭލުން އަލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 1400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މިސްރާއި ގަތަރު އަދި އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މަޝްވަރާތައް އަލުން ފަށަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ލިބިފައިނުވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި ބުނީ ޣައްޒާގައި އެންމެ ފަހުން ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން "ހަތިޔާރު އެޅި މީހުން" ނައްތާލައި ޝުޖާޔާގައި ހަތިޔާރު ނައްތާލައި، ރަފާގެ ބިމު އަޑީގައި ހުރި ތަންތަނަށް ވަދެވެން އޮތް މަގުތައް ބަންދުކުރެވިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިއްހީ މަސްދަރުތަކުން ބުނި ގޮތުގައި ބަނޑުހައިހޫނުކަމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ސާމާނު ހުއްޓުވައި، ގެތަކާއި ހިޔާތަކާއި ވަގުތީ ކޭމްޕްތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވެ އެވެ.

މެޑިކަލް މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ބުދަ ދުވަހު ޣައްޒާގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި އިތުރު 10 މީހަކު ޝަހީދުވެފައިވާ އިރު، ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.

ޣައްޒާގެ ވެރިކަން ކުރާ ހަމާސް އިން ބުނީ އެމެރިކާގެ ތާއީދާއެކު ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މޫނުމަތީގައި ޖެހިފައިވާ ހުތުރު ލަކުނެއް ކަމަށާއި، އަރަބި އަދި މުސްލިމް ގައުމުތަކުން ދޭ އިޖާބަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ބުނެފައެވެ.

އަލްޖަޒީރާގެ ސީނިއާ ޕޮލިޓިކަލް އެނަލިސްޓް މަރުވާން ބިޝާރާ ވަނީ މި ހަމަލާތަކަކީ އަނިޔާވެރި ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ހަމަލާތައް ދެމުންދާ ގޮތަކުން ދޭހަވަނީ އިސްރާއީލުން ޣައްޒާގެ ނަސްލު އެއްކޮށް ނައްތާލަން ބޭނުންވާ ކަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގެ އައްސޭރިފަށުން ދުރުގައި ތިބި މީހުން "ސެކިއުރިޓީ ޒޯނެއް" ގެ ގޮތުގައި ސިފަކުރާ ސަރަހައްދެއް އުފައްދަން އަންގައިފަ އެވެ. އަމާޒަކީ ދާއިމީ ގޮތެއްގައި ބައެއް ސަރަހައްދުތަކުން އާބާދީ ހުސްކުރުމެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 50،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު