Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ސިއްހީ ހާލަތު

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބޭސް ހޯދަން އާދޭސް ކުރަނީ

އިޒްރޭލުން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާ ސްޓްރިޕް ބަންދުކޮށް، ވަށައިގެންވާ ސަރަހައްދުގައި ކާބޯތަކެއްޗާއި ތެލާއި ބޭހުގެ އިތުރުން އެހެނިހެން މުހިންމު ސާމާނު ވަނީ ކަނޑާލާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އެޕްރީލު 2025 | ބުރާސްފަތި 13:15
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ކޮޓަރިއެއްގައި ހުރި ގެއްލުންތައް މުވައްޒަފަކު ބަލަނީ - ފައިލް

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ކޮޓަރިއެއްގައި ހުރި ގެއްލުންތައް މުވައްޒަފަކު ބަލަނީ - ފައިލް

ޣައްޒާގެ ހޮސްޕިޓަލްތަކާއި މެޑިކަލް ސެންޓަރުތަކުގައި ހުރި ޒަރޫރީ ބޭހުގެ ސްޓޮކް "ނުރައްކާތެރި އަދި ހީވެސް ނުކުރާ މިންވަރަށް" ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އިޒްރޭލުން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާ ސްޓްރިޕް ބަންދުކޮށް، ވަށައިގެންވާ ސަރަހައްދުގައި ކާބޯތަކެއްޗާއި ތެލާއި ބޭހުގެ އިތުރުން އެހެނިހެން މުހިންމު ސާމާނު ވަނީ ކަނޑާލާފަ އެވެ.

މިނިސްޓްރީން ހިއްސާކޮށްފައިވާ ބައެއް ޑޭޓާ ޕޮއިންޓްތަކައް ބަލާއިރު، އެސެންޝަލް ޑްރަގް ލިސްޓުގެ 37 އިންސައްތަ ހުރީ ސުމެއްގައެވެ. އަދި މެޑިކަލް ސަޕްލައި ލިސްޓުގެ 59 އިންސައްތަ ހުރީ ސުމެއްގައެވެ. މީގެ އިތުރުން ކެންސަރާއި ލޭގެ ބަލިތަކުގެ ބޭހުގެ 54 އިންސައްތަ ބޭހުގެ ސްޓޮކް ހުރީ ސުމެއްގައެވެ. އަދި ސާޖަރީ އާއި އިންޓެންސިވް ކެއާ އަދި އިމަޖެންސީ ޑިޕާޓްމަންޓްތައް ހިންގަމުން ދަނީ ފުރާނަ ސަލާމަތްކޮށްދޭ ބޭހާއި ސަޕްލައިގެ ސްޓޮކް ހުސްވާން ކައިރިވެފައިވަނިކޮށެވެ.

ހަކުރު ބަލީގެ 80،000 މީހުންނާއި 110،000 ހައިޕަޓެންސިވް ޕޭޝަންޓުންނަށް ފަރުވާ ނުލިބޭ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާއިރު، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ބޭސް އެތެރެކުރުން ބަންދުކުރުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެ، ބަލިމީހުންނަށާއި ޒަހަމްވި މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ގައްޒާގެ ހެލްތް މިނިސްޓްރީން ބުނެ އެވެ.

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
10 އޮކްޓޯބަރު 2017

ޖަޕާނު ސައިންޓިސްޓުން ހާލުގެ ދަރިފަނި މޮޑިފައިކޮށްގެން ކެންސަރަށް ބޭސް އުފައްދަނީ

10 އޮކްޓޯބަރު 2017
ޖަޕާނު ސައިންޓިސްޓުން ހާލުގެ ދަރިފަނި މޮޑިފައިކޮށްގެން ކެންސަރަށް ބޭސް އުފައްދަނީ
30 ސެޕްޓެމްބަރު 2017

އެމެރިކާގެ ޞިއްޙީ ވަޒީރު އިސްތިއުފާ ދެއްވައިފި

30 ސެޕްޓެމްބަރު 2017
އެމެރިކާގެ ޞިއްޙީ ވަޒީރު އިސްތިއުފާ ދެއްވައިފި
18 ސެޕްޓެމްބަރު 2017

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

18 ސެޕްޓެމްބަރު 2017
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު