Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާ

ވެނެޒުއޭލާގެ އަސްކަރީ ބޭސްއަކަށް ހަނގުރާމަވެރިންތަކެއް ހަމަލާދީ ހަތިޔާރުތަކެއް ހިފައިގެން ފިލައިފި

ހަމަލާ ދިނީ 20 މީހުންގެ ގްރޫޕަކުން، އޭގެ ތެރެއިން 10 މީހަކު ވަނީ ފިލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2017 | ހޯމަ 05:53
ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގެ އަސްކަރީ ބޭސްއަކަށް 20 މީހުންގެ ހަނގުރާމަވެރިންގެ ގްރޫޕަކުން ހަމަލާދީ އެތަނުން ހަތިޔާރުތަކެއް ހިފައިގެން 10 މީހަކު ފިލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ވެނެޒުއޭލާގެ އުތުުރު-ހުޅަނގުގެ ސިޓީއެއް ކަމަށްވާ ވެލެންސިއާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަނގުރާމަވެރިންގެ ގްރޫޕްގެ ދެ މީހަކު މަރުވެ، އެކަަކު ޒަޚަމްވެ އަދި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިހާދިސާ ހިނގުމުގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ސިފައިންގެ ޔުނިފޯމް ލައިގެން ތިބި ބައެއްގެ ވިޑިއޯއެއް ދައުރުވެފައެވެ. އެ ވިޑިއޯގައި އެމީހުން ބުނަމުން ދިޔައީ "ނުރައްކާތެރި އަނިޔާވެރިންތަކަކާ" ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އެ ވިޑިއޯގައި ސިފައިންގެ ޔުނިފޯމްގައި ތިބި މީހުން ބުނެފައި ވަނީ އެމީހުންނަކީ ވެލެންސިއާ ސިޓީގެ 41 ވަނަ ބްރިގޭޑަށް ނިސްބަތްވާ ސިފައިން ކަމަށެވެ. އަދި ގައުމުގައި ހަަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްޓަކައި ސިފައިންނާއި އާންމުން ވެސް ނިކުންނަން ޖެހޭ ކަމަށެވެ.

މިހަމަލާއާ ބެހޭ ގޮތުން ވެނެޒުއޭލާގެ ރައީސް ބުނެފައި ވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި ހަމަލާ ދިނުމަށް ފަހު ފިލި މީހުން ހޯދާނެ ކަަމަށެވެ.

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް ދާދިފަހުން ވަނީ އިފްތިތާހްކޮށްފައެވެ.ރައީސް މަޑޫރޯ ވިދާޅުވެފައި ވަނީ ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ގާނޫނު އަސާސީ އަލުން އެކުލަވާލަން ޖެހޭ ކަމަށެވެ. އެހެންނަަމަވެސް ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކާ އަދި ބައިނަލްއަގްވާމީ ދުނިޔެއިން ބުނަމުން ދަނީ ރައީސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2,000 އާ ގާތްކުރާ އަދަދަކަަށް މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު