Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް – ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ކުރިއެރުވުގައި 20 އަހަރު

އުރީދޫ އަކީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 08:29
އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އުރީދޫކީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރއެވެ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުނި އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫއިންނެވެ. ހުޅުމާލޭގައި އުރީދޫގެ ޓިއަރ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ.

ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރި ކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ވަނީ ތައާރަފުކުރެވިފައެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، ދިވެހި މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދެއެވެ.

Advertisement - businessAdvertisement

ލިވް އަންލިމިޓެޑް

ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫނެވެ - އެއީ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތިމާގެ ލޯބިވާ މީހުންނާއި، ތިމާގެ ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ.

އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައިވެއެވެ. ޖުމްލަ 19 އުމްރާ ދަތުރު ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދެވޭނެއެވެ.

އެޕަލް ވެއާބަލްސް

އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ.

މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށް ފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެއެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.

ސްމާޓާ ހޯމް

ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާ އަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެ އެވެ.

ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެއެވެ.

ފަން ރަން

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އުރީދޫގެ ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޑިސެމްބަރު މަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.

މަސް ރޭސް

މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓު މަހު މަސްރޭސް ބޭއްވިގެންދާނެއެވެ.

މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

އައު އެމްބެސެޑަރ

އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ފުޓްބޯޅައަށް އިންވެސްޓް ކުރަނީ މާޒިޔާއާ އެކު ޕާޓްނާޝިޕް، ހަބޭސް ބޮޑުބެރުއާ އެކު ޕާޓްނާޝިޕާ އެކު ކަލްޗާ އަށް ދަނީ އިންވެސްޓުކުރަމުންނެވެ.

މިއަހަރު އުރީދޫގެ އައު ސަފީރަކު ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވަޢުދު އަލުން ކަށަވަރު ވެގެންދާނެ އެވެ. އައު ސަފީރަކީ އާދަމް ރަޝީދަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ފަރާތެކެވެ. ފަރެސްމާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް އޭނާގެ ޗެނަލް "ދަ ލައިފް އޮފް އަ ފިޝަރމޭން" ގައި ހިއްސާކުރެ އެވެ.

އުރީދޫ އިން އަބަދުވެސް ގަބޫލުކުރަނީ އައު ކަންކަން ކޮށް، އިންޑަސްޓްރީއަށާއި މުޖުތަމައުއަށް ފައިދާ ވާ ގިނަ ކަންތައްތައް ކުރުމަށެވެ. އުރީދޫ އިން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޚާއްޞަ ޕްރޮޖެކްޓެއްގެ މަސައްކަތުގައެވެ.

20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، އުރީދޫގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދަނީ ރާއްޖެ ގެނައުމުންނެވެ.

މިއަދު އުރީދޫއިން މިފާހަގަކުރީ، މިއަހަރު އަންނަ ބައެއް ކަންތައްތަކެވެ. މުޅި އަހަރަށް އަދިވެސް އިތުރު ސަޕްރައިޒްތަކެއް އަންނަން އެބަހުރި ކަމަށް އުރީދޫ އިން ބުނެއެވެ. އުރީދޫ މޯލްޑިވްސްގެ "ލިވް އަންލިމިޓަޑް" ތަޖުރިބާއާއެކު ކަސްޓަމަރުންނަށް ދިރިއުޅުމަށް ފަސޭހަވާފަދަ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ތިބީ ތައްޔާރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު