Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް

އޭސީސީގެ ރައީސް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފަނޑިޔާރު އަޒްމިރާލްދާ ފުލުހަށް

އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލަ ތަހުގީގެއް ކޮށްދިނުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2025 | އާދީއްތަ 10:39
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ރާއްޖެއެމްވީއަށް ފަނޑިޔާރު އަޒްމިރާލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފަނޑިޔާރު ޑރ.އަޒްމިރާލްދާ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށާފައިނުވަނީސް ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ކޮމިޝަނުގެ ރައީސް ޝާމިލް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ސިޓީއެއް ފޮނުވައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި އާދިއްތަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަޒްމިރާލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީލް ވިދާޅުވީ, ފަނޑިޔާރު އަޒްމިރާލްދާގެ މައްޗަށް ޖޭއެސްސީން ތަހުގީގު ކުރާ ސުލޫކީ މައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ތަހުގީގީ ރިޕޯޓަށް ލިޔުމުން ޖަވާބު ހުށަހަޅާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ

  1. މައްސަލަ ބެލުމަށް ނިންމާފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް.
  2. މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޮމިޝަނުގެ އިސްނެގުމަށް މައްސަލަ ބެލުމުގެ އިޖުރާއަތާ ވެސް ހިލާފަށް ކަމަށް.
  3. މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކަމަށް.
  4. މައްސަލައަށް ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގަށް ކޮމިޝަނުން ހުރަސްއަޅާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިޖުރާއީގޮތުން ކަންކަން ހުށަހަޅުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް.
  5. ކޮމެޓީގެ ބައްދަލުވުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ ގާނޫނީ ހަމައެއް ނެތި ކަމަށް.
  6. ކޮމެޓީގެ ރިޕޯޓުގައި ހަގީގަތާ ހިލާފަށް ކަންކަން ފާހަގަކޮށްފައިވާ ކަމަށް.
  7. ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއް ވެސް ނެތި ނުނިޔަތެއްގައި ކަމަށް.
  8. ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައަށް ފެތޭ ހާލަތެއް ވެސް ނެތް ކަމަށް.
  9. ފަނޑިޔާރުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ޖަވާބުގައި ފަނޑިޔާރުގެ ފަރާތުން ސާބިތު ކުރަން ބޭނުންވާ ކަންކަން ސާބިތު ކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެއްކެއް ހުށަހަޅާފައިވޭ. އަދި ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށް ވެސް އެދިވަޑައިގެންފައިވޭ.
  10. މައްސަލައަކީ އަސާސެއްނެތި ތަހުގީގު ކުރާ މައްސަލައެއް ކަމުގައި ފާހަގަކޮށް މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައި ދިނުމަށް ފަނޑިޔާރު އެދިވަޑައިގެންފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން 26 ފެބްރުއަރީ 2025 ގައި ސަސްޕެންޑް ކުރިއެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސަސްޕެންޑް ކުރީ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ އެވެ. އަދި 4 މާރިޗް 2025ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއެވެ. އޭގެފަހުން 19 މާރޗް 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފަ އެވެ.

ފަނޑިޔާރު މަހާޒު، ޑރ. އަޒްމިރާލްދާ ސަސްޕެންޑް ކޮށްފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

މިމައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަލީ ހުސެއިން ހުށަހެޅުއްވި މި މައްސަލައިގެ ތެރެއަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑެމޮކްރަޓްސް ވެސް ވަނީ ތަދައްހުލު ވެފައެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސާއާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި އެއް އަޑުއެހުން 17 ފެބްރުއަރީ 2025 ގައި ކުރިއަށް ގެންދެވުނު ނަމަވެސް އޭގެފަހުން މި މައްސަލާގެ އެއްވެސް އަޑު އެހުމެއް ކުރިއަށް ގެންދެވިފައިނުވެއެވެ.

މި މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ބެންޗުން ކަމަށްވާއިރު، ދެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާތީ މައްސަލަ ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު