Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ގާސިމްގެ ފުރާނަ ނުރައްކަލުގައި:ޑޮކްޓަރު

24 އޯގަސްޓު 2017 | ބުރާސްފަތި 14:20

ޓެސްޓްތައް ރާއްޖޭން ހެދެން ނެތް

| 24 އޯގަސްޓު 2017 | ބުރާސްފަތި 14:20
ގާސިމް އިބްރާހިމް ވެއްޓުމުން ކްރިމިނަލް ކޯޓުން ނެރެގެން އެމްބިއުލަންސަށް އަރުވަނީ

ގާސިމް އިބްރާހިމް ވެއްޓުމުން ކްރިމިނަލް ކޯޓުން ނެރެގެން އެމްބިއުލަންސަށް އަރުވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހިތުގެ ޓެސްޓްތައް ރާއްޖޭން ހެދެން ނެތް ކަމަށާއި ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް އައިޖީއެމްއެޗްގައި ގާސިމަށް ފަރުވާ ދެއްވާ ޑޮކްޓަރު ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަކަށް ކޯޓުގައި މިއަދު ހުންނަވަނިކޮށް އަނބުރައިގެނެގެން ގާސިމް ވެއްޓުމާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ގާސިމަށް ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.

Advertisement - newsAdvertisement

ހިތުގެ އާލާސްކަންފުޅު ހުންނަ ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން، އޭނާ ބެއްލެވި އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ރާއްޖޭން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހެދުމަށްޓަކައި ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދަވަންޖެހެ އެވެ.

ޑޮކްޓަރު ވިދާޅުވެފައިވާ ދެ ޓެސްޓަކީ އިލެކްޓްރޮފިޒިއޮލޮޖީ ސްޓަޑީޒް (އީޕީއެސް) އާއި ރޭޑިއޯފްރެކްއެންސީ އެބްލޭޝަން (އާރުއެފްއޭ) އެވެ. މި ދެ ޓެސްޓް ނުހަދައި އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު، ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ގާސިމްގެ ހިތުގެ ވިންދު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކޮށް ޝަރީއަތް ފެށި ފަހުން ހިތުގެ އާލާސްކަންފުޅުގައި މީގެ ކުރިން ދެ ފަހަރެއްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. އޭރު ވެސް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާ ދެއްވި އެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް އަދި ވެސް ދުލެއް ނުކުރެ އެވެ.

ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން ހުންނަވަނިކޮށެވެ.

ގާސިމްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާއިރު، އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާސިމް ގެނެވުނީ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން އަނބުރައިގަނެގެން ކަމަށާއި ގާސިމްގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށެވެ. އަދި ގާސިމް އެޑްމިޓްކުރެވިފައިވަނީ އޮބްޒަވޭޝަނަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި

07 އެޕްރީލު 2017
ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ
04 އެޕްރީލު 2017

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި

04 އެޕްރީލު 2017
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް