Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލުން

އިސްރާއީލުން ލުބުނާނުގެ ސިޑޮންއަށް ހަމަލާދީ ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގަނޑުގެ ވަގުތެއްގައި (ސިފައިންނާއި ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީ ޝިން ބެޓް) ސިޑޯން ސަރަހައްދަށް އަމާޒުކޮށްގެން ހަމަލާދީ، ލުބުނާނުގައި ހަމާސްގެ ހުޅަނގު މައިދާނުގެ ކޮމާންޑަރު ހަސަން ފަރުހަތު އަވަހާރަކޮށްލާފައިވާ ކަމަށް.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 އެޕްރީލު 2025 | ހުކުރު 10:34
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ސިޑޯންގައި އިސްރާއީލުން ދިން ހަމަލާ އަމާޒުވި އިމާރާތް

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ސިޑޯންގައި އިސްރާއީލުން ދިން ހަމަލާ އަމާޒުވި އިމާރާތް

ލުބުނާނުގެ ސިޑޯން އަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކާއި، އޭނާގެ ދެ ދަރިން ޝަހީދުކޮށްލައިފި އެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ މި ހަމަލާއަކީ "ލުބުނާނުގެ އިސްތިގުލާލަށް ފާޅުގައި ދިން ހަމަލާއެއް" ކަމަށާއި އިސްރާއީލާ އެކު ނޮވެމްބަރު 27 ގައި ވެފައިވާ ހަނގުރާމަ ހުއްޓާލުމާ ހިލާފު އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރި ކުރައްވާފަ އެވެ.

އިސްރާއިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގަނޑުގެ ވަގުތެއްގައި (ސިފައިންނާއި ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީ ޝިން ބެޓް) ސިޑޯން ސަރަހައްދަށް އަމާޒުކޮށްގެން ހަމަލާދީ، ލުބުނާނުގައި ހަމާސްގެ ހުޅަނގު މައިދާނުގެ ކޮމާންޑަރު ހަސަން ފަރުހަތު އަވަހާރަކޮށްލާފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަރުހަތަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއިލުން މީހުން ރަހީނުކޮށް ގެންދިޔަ މައްސަލައާއި ގުޅިގެން ޣައްޒާގައި ހަނގުރާމަ ފެށި، އެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ސިފައިންނާއި އާންމުންނަށް އެތައް ހަމަލާތަކެއް ފަރުހަތު ރާވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އިސްރާއީލުގެ ސަފާދު ޓައުން އަށް ރޮކެޓު ހަމަލާދީ އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވި ކަމަށް ވެސް އަސްކަރިއްޔާއިން އިތުރަށް ބުނެފައިވެ އެވެ.

ހަމާސްގެ އަސްކަރީ ވިންގް، އެޒެޑިނޭ އަލް ގައްސާމް ބްރިގޭޑްސް އިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި ފަރުހަތު ޝަހީދުވެފައިވާ އޮރި. އިސްރާއިލުން ދިން ހަމަލާގައި އޭނާގެ ދަރިފުޅު ހަމްޒާ އަދި އޭނާގެ ބޮޑު އަންހެން ދަރިފުޅު ޖެނާން ވެސް ޝަހީދުވެފައިވެ އެވެ.

އޭއެފްޕީގެ ނޫސްވެރިއަކު ކިޔައިދިން ގޮތުގައި ހަތަރު ވަނަ ފަންގިފިލާގެ ފްލެޓުގައި އަލިފާން ރޯވެ، އެޕާޓްމަންޓް ބްލޮކާއި ޖެހިގެން ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އާބާދީ ބޮޑު ސަރަހައްދުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ފަތިހު 3:45 ގައި ސިޑޯނަށް ހަމަލާދީ، މަދުވެގެން ތިން މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އެމަޖެންސީގައި މަސައްކަތް ކުރާ މީހުން ވަނީ ހަމަލާދިން އިމާރާތުން 3 މީހެއްގެ ހަށިގަނޑު ހޯދާފައި ކަމަށް އެންއެންއޭ އިން ބުނެފައިވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ވަނީ އިސްރާއީލަށް އެންމެ ބޮޑު ޕްރެޝަރެއް ދިނުމަށާއި، އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ހުއްޓުވުމަށް މަޖުބޫރުކުރުމަށް ގޮވާލާފައެވެ.

މި ހަފްތާގެ ކުރީކޮޅު އިސްރާއީލުން ބެއިރޫތުގެ ދެކުނަށް ހަމަލާދީ، ހިޒްބުﷲ ގެ ފަލަސްތީނުގެ ލިއޭޝަން އޮފިސަރަކު މަރާލާފައިވެއެވެ. އަދި ފަރުހަތު ޝަހީދުވި ހަމަލާއަކީ އެފަހުން ދިން އެފަދަ ދެވަނަ ހަމަލާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ހަމަލާފައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. ލުބުނާނުގެ ލީޑަރުން އެ ހަމަލާ ކުށްވެރިކުރި ނަމަވެސް އިސްރާއީލުން ބުނީ މިއީ ދާދި ފަހުން ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު