Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަކީން ސްޓޭޓް- މިޔަންމާ

މިޔަންމާގެ ރަކީން ސްޓޭޓްގައި ބުދިސްޓު ހަނގުރާމަވެރިންތަކެއް 13 ފުލުހުން މަރާލައިފި

5 ޖެނުއަރީ 2019 | ހޮނިހިރު 03:15

ހަމަލާދިނީ އަރަކަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން

އަމަން ހަލީމް
އަމަން ހަލީމް | 5 ޖެނުއަރީ 2019 | ހޮނިހިރު 03:15
މިޔަންމާގެ އަސްކަރިއްޔާގެ އޮފިސަރަކު ފޯރިމަރަނީ

މިޔަންމާގެ އަސްކަރިއްޔާގެ އޮފިސަރަކު ފޯރިމަރަނީ

މިޔަންމާގެ މައްސަލަބޮޑު ރަކީން ސްޓޭޓްގައި ހަރަކާތްތެރިވާ "އަރަކަން އާމީ" ކިޔާ ޖަމާއަތަކަށް ނިސްބަތްވާ ބުދިސްޓު ހަނގުރާމަވެރިންތަކެއް ދިން ހަމަލާތަކެއްގައި 13 ފުލުހަކު މަރުވެ، އިތުރު ނުވަ ފުލުހަކު ޒަހަމްވެއްޖެއެވެ.

މިޔަންމާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ އަރަކަން އާމީގެ ސަތޭކައަށް ވުރެ ގިނަ ހަނގުރާމަވެރިން ވެގެން ހުކުރު ދުވަހު ފުލުހުންގެ ހަތަރު ޕޯސްޓަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަރަކަން އާމީ އާއި ރަކީން ސްޓޭޓްގެ ސަލާމަތީ ބާރުތަކާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި އެ ހަމަލާތަކާ ގުޅިގެން 2500 އަށް ވުރެ ގިނަ އާއްމު ރައްޔިތުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.

ހަނގުރާމަވެރިންގެ ފަރާތުން އޭއެފްޕީ ނޫހާ ވާހަކަދެއްކި ކިން ތޫ ކާ ބުނީ، މަރާލި ފުލުހުންގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު އެ މީހުން "ގެންގޮސްފައިވާ" ކަމަށާއި، ސަލާމަތީ ބާރުތަކުގެ އިތުރު 14 މީހަކު އެ މީހުން ރަހީނުކޮށްފައިވާ ކަމަށެވެ. ރަހީނުކުރެވުނު މީހުންގެ ތެރެއިން 12 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ކާ ބުނިއެވެ. ކާ ބުނީ އެ ހަމަލާތަކަކީ އަސްކަރިއްޔާއިން އެ މީހުންނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ރޮއިޓަރޒްއަށް މައުލޫމާތު ދެމުން މިޔަންމާގެ އަސްކަރިއްޔާގެ ފަރާތުން ވާހަކަ ދެއްކި ޒައު މިން ތުން ބުނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އަސްކަރިއްޔާއިން އެ ސަރަހައްދުގެ އަމަން ގާއިމް ކުރުމުގެ އޮޕަރޭޝަންތައް ހިންގާނެ ކަމަށެވެ. ޒައު ބުނީ މި ހަމަލާތައް ދިނީ، އިނގިރޭސިންގެ އަތް ދަށުން މިނިވަންވުމަށް، 71 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގެ ހުރިހާ ހިސާބެއްގައި ގައުމީ ދިދަ ނެގިތާ އިރުކޮޅެއް ވެސް ނުވަނީސް ކަމަށެވެ.

އަރަކަން އާމީއަކީ ރަކީން ސްޓޭޓްގައި އޮތް ބައިމަދު ބުދިސްޓުންނަށް އިތުރު ބާރުތަކާއި މިނިވަންކަން ދިނުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމިއްޔާއެކެވެ.

ރަކީން ސްޓޭޓަކީ މިޔަންމާގެ ރޮހިންޔާ މުސްލިމުން އުޅުނު ސަރަހައްދެވެ. ނަމަވެސް 2017 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާ އާއި ހައްދުފަހަނަ އަޅާފައިވާ ބުދިސްޓުން ވެގެން ދިން ހަމަލާތަކާ ގުޅިގެން އެ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި، އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އެ މީހުން ވަނީ މިޔަންމާއަށް އަނބުރާ ދިޔުމަށް ދެކޮޅު ހަދާފައެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް