Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް - ކްލަބްތައް

އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު

14 މާރިޗު 2019 | ބުރާސްފަތި 07:38

ސޮއި އަނބުރާ ނެގި ބައެއް ކްލަބްތަކުން ކުޅުންތެރިން ގަތުމުގެ ކަންކަން ކުރިޔަށް ގެންދިޔަ

ލީވާން އަލީ
ލީވާން އަލީ | 14 މާރިޗު 2019 | ބުރާސްފަތި 07:38
ޔޫތު މިނިސްޓްރީގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޔޫތު މިނިސްޓްރީގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބްތަކާ ދެމެދު ހިނގި ހަނގުރާމައިގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެކްޓިންގ ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ސޮއިކުރި ބައެއް ކްލަބްތައް އަނބުރާ ސޮއި ނެގިކަން ފާހަގަވި ކަމަށާއި، އޭގެ ތެރެއިން ސޮއި ނެގީ ކޮން ކްލަބްތަކެއް ކަން ވެސް އެނގޭ ކަމަށެވެ.

އެގޮތުން އަލީ ވަހީދު ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސޮއިކޮށް، ސޮއި އަނބުރާ ނެގި ބައެއް ކްލަބްތަކުން ކުޅުންތެރިން ގަތުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ސޮއިކޮށް އެއަށް ތާއީދުކޮށްގެން ތިބި ކްލަބްތައް ތިބީ ތިބި ގޮތަށް ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ހިނގައިދިޔަ ކަންކަމުން ދޭހަވާ ކަންތައްތައް އެބަހުރި ކަމަށާއި، ނަމަވެސް އެއްވެސް ކްލަބެއްގެ ޝަކުވާއެއް އެއްވެސް ތަނަކަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ. އަދި ކްލަބްތަކާ ނުލައި ފުޓުބޯޅަ ވެސް ނޯންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ފުޓުބޯޅަދެކެ ލޯބިވާ ބޭފުޅެއްގެ ހައިސިއްޔަތުން އަލީ ވަހީދު ވިދާޅުވީ، ގޮތް ނުހިފަހައްޓާ ކްލަބްތަކުން ސޮއިކޮށްފައި އެ ކުރާ ސޮއި އަނބުރާ ނެގުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި، ދިވެހި ފުޓުބޯޅަ ރަނގަޅު ކުރެވޭނީ ފުޓުބޯޅަ އާއިލާގެ އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި، ކްލަބްތަކަށް ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފައިސާއެއް ސަރުކާރުން ދީފައިނުވާނެ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ 12 ސޮއި ހަމަވި ނަމަވެސް އޭގެ ތެރެއިން ހަތަރު ކްލަބެއް ސޮއި އަނބުރާ ނެގި ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ފީފާއިންވެސް ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭ ވަރަށް ސޮއި ހަމަނުވާ ކަމަށް ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސޮއިކުރުމަށް ފަހު، ސޮއި އަނބުރާ ނެގި ކްލަބްތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ގްރީން ސްޓްރީޓް އަދި ޔުނައިޓެޑް ވިކްޓްރީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް