Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެމީހުން ބުނާނެ ތާއެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެއެވެ. މިއީ އެބުނާ ވަރުގެ ނިކަމެތި ގައުމެއް ހެއްޔެއެވެ. މިތަނަށް ކޮންމެހެން ހިލޭ އެހީ ދޭންޖެހޭ ހެއްޔެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 12:20
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ވިސްނައިދެވޭތޯ އުޅެނީ މުޅިން އެހެން އެއްޗެކެވެ. ހިނގަނީ މުޅިން އެހެން ކަމެކެވެ. އެކަމަކު ކުރައްވާތީ ފެންނަނީ އަދި މުޅިން އެހެން ކަމެކެވެ.

މިވެރިކަން ފެށުނީއްސުރެ އިވެނީ ރާއްޖޭގެ ހާލަތު ވަރަށް ދަށްކޮށް އޮތް ވާހަކައެވެ. އިޤްތިޞާދީ އަނދަވަޅެއްގައި އޮތް ވާހަކައެވެ. ރާއްޖެ ބަނގުރޫޓް ވުމާއި ހަމައިގައި އޮންނަ ވާހަކައެވެ. ދުނިޔޭގެ ރޭޓިން އެޖެންސީތަކުން ފެންނަނީ ރާއްޖޭގެ ރޭޓިން ދަށް ކުރާ މަންޒަރެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ރެކެމޮންޑޭޝަންތައް ދިނުމުގައި އުޅެނީ އަވަދިނެތިއެވެ. އިވެނީ ހަރަދު ކުޑަ ކުރުމަށް ތަކުރާރުކޮށް ގޮވާލާ އަޑެއެވެ. އިޤްތިޞާދީ އިސްލާހީ އެޖެންޑާއެއް ފަށަން އުޅޭ ވާހަކަ ސަރުކާރުން ދައްކަވަނީވެސް ސުމާރެއް ނެތިއެވެ. މަޖިލިސް ތެރޭގައިވެސް ދައްކާތީ އިވެނީ އެއްވާހަކައެކެވެ. ހިތިބޭސް ބޭސް ބޯން ޖެހޭނެ ވާހަކައާއި ލޯމަރާލާފައި ނަމަވެސް އިގްތިޞާދީ އިސްލާހީ އެޖެންޑާއެއް ތަންފީޒް ނުކޮށްފިނަމަ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ ވާހަކައެވެ. މީގެ ތެރޭގައި ދިވެހިން ގަރުދިޔަ ބަތް ކާން ޖެހިދާނެ ކަމަށްވެސް ބުނެ އިންޒާރު އޮތީ ދީފައެވެ.

ސަރުކާރު ފެންނަނީ އެހީ ހޯދަން ކޮޅުކޮޅު މައްޗަށް ދުވާތަނެއެވެ. ނާށިގަނޑު ހިފައިގެން ގައުމުތަކަށް ގޮސް ސަލާންޖަހާ ތަނެއެވެ. ފެންނަނީ މުއްސަނދި ގައުމުތަކަށް ސިޓީ ފުޅު ފޮނުވާ މަންޒަރެއެވެ. އަވަށްޓެރި ގައުމުތަކުން ބުނިހާ ގޮތަކަށް އެއްބަސްވެ ދިންހާ އެއްޗެއްގައި ސޮއިކޮށްގެންވިޔަސް ދައްކަން ހުރި ލޯނުތައް ފަހަތަށް ޖެއްސޭތޯ އުޅޭ ތަނެއެވެ.

މިސަރުކާރު ފެށުނީއްސުރެ ޕްރައިވެޓް ކުންފުނިތަކަށް ސަރުކާރުން ދައްކަންހުރި ފާއިސާ ނުދައްކައިގެން އެކުންފުނިތަކުން ޝަކުވާ ކުރަނީއެވެ. ދަރަނިވެރިވަމުން ގޮސް ކުންފުނިތައް ބަނގުރޫޓްވަނީއެވެ. އާސަންދައިން ދައްކަން ހުރި ފާއިސާ ނުދައްކައިގެން ފާމަސީތަކާއި ޕްރައިވެޓް ކްލިނިކްތައް ބަނގުރޫޓްވެ ބަންދުކުރުމާއި ހަމައަށްދާ ވާހަކަ އިވެނީވެސް މަދެއްކޮށެއް ނޫނެއެވެ. ވިޔަފާރިތައް ހުއްޓި ވިޔަފާރިތައް ދަށްވެ، އާއްމު ދިރިއުޅުމުގެ ހާލަތު ގޯސްވެ، އިންފްލޭޝަން މަތިވެ، މީހުން ހާލުގައި ޖހޭ ވާހަކަ އިވެނީވެސް އާދަޔާ ޚިލާފަށް ގިނަ ކޮށެވެ. މިހަފްތާ ތެރޭގެ ސުރުހީތަކަށް ބަލާލިއަސް ފެންނަން ހުރީ އެއް ކަހަލަ ވާހަކަތަކެކެވެ. އާދޭސްކޮށްގެން އިންޑިޔާއިން ކޯޓާ އިތުރުކޮށްލަދިން ވާހަކައެވެ. ފާއިސާ ނުދައްކައިގެން ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލި ވާހަކައެވެ. ޖަނެރޭޓަރެއް ނުފޮނުވިގެން އައްޑޫ ސިޓީއާއި އެހެނިހެން ރަށްރަށުން ކަރަންޓް ކެނޑޭ ވާހަކައެވެ.

ކަންކަން މިހެން ހުރިއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ދުނިޔެއަށް މިދައްކަވަނީ ކޮން މަންޒަރެއްތޯއެވެ. ލާރި ގިނަވެގެން ހަދާނެ ނުހަދާނެ ގޮތެއް ނެތިގެން އުޅޭ މީހުން ކުރާ ޒާތުގެ ކަންކަން ކުރައްވައިގެން، ރާއްޖެ މިވައްޓާލަނީ ކޮން ކަހަލަ އަނދަވަޅަކަށްތޯއެވެ. މުޅި ސަރުކާރު ބަންދުކޮށްފައި ބޭއްވެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި، އޮތް އެންމެ އަގުބޮޑު ކްލަބް ލިވަރޕޫލް، ރާއްޖެއިން ސްޕޮންސަރ ކުރައްވަނީއެވެ. ދެ މިލިއަނަށް ހައި ޕައުންޑް ސްޕޮސްސަރޝިޕަށް ހަރަދުކުރައްވަނީއެވެ. ބޮޑު ޚަރަދު ކުރައްވައިގެން ބޮޑު ޓީމެއް ގޮވައިގެން ވަޑައިގެން ލިވަރޕޫލްގެ ދަނޑުގައި އިންނަވައިގެން ރާއްޖޭގެ އިމޭޖް މުޅިން އެހެން ގޮތަކަށް ދައްކަވަނީއެވެ. ކަން މިހެން ހިނގަމުންދާއިރު، ދުނިޔޭގެ މާލީ އިދާރާތަކުން މިމަންޒަރު ބަލަން ތިބޭނެ ކަމާއި މެދަކު ޝައްކެއް ނެތެއެވެ. އިނގިރޭސި ވިލާތަށް ރާއްޖެއިން ބޭރު ކުރާ މަހުގެ ޓެރިފް ކަނޑާލުމަށް ރާއްޖެއިން ހުށަހަޅައިގެން އުޅޭ މައްސަލައިގައި، ބަހުސްކުރާ އިނގިރޭސި ޕާލިމެންޓުން މިމަންޒަރު ބަލަން ތިބޭނެ ކަމާއި މެދުވެސް ޝައްކެތް ނެތެވެ.

އެމީހުން ބުނާނެ ތާއެވެ. މީހަކު ހައިރާނެއް ނުވާނެ ހެއްޔެއެވެ. މިއީ އެބުނާ ވަރުގެ ނިކަމެތި ގައުމެއް ހެއްޔެއެވެ. މިތަނަށް ކޮންމެހެން ހިލޭ އެހީ ދޭންޖެހޭ ހެއްޔެއެވެ. މިތަނުން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކަނޑައިދޭން ޖެހޭ ހެއްޔެއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ އުހުގައި އޮތް ކްލަބް ސްޕޮސްސަރކުރާ ވަރުގެ ގައުމަކަށް ދޭން ޖެހޭ ގްރާންޓެއް އޮންނާނެ ހެއްޔެއެވެ.

މީހެއްގެ ގާތަށް އެހީއަކަށް އެދި ސަލާންޖަހަން ދާ މީހާ، ކޯޓް ފަޓުލޫނު ލައިގެން އެންމެ ފަހުގެ އައިފޯނު ޖީބަށް ޖަހައިގެން، އެންމެ ފަހުން ބާޒާރަށް ނެރުނު ރޯލްސް ރޯއީސް ކާރުގައި ގޮސް ފޭބުމުން ސަލާން ޖަހަން ދިޔަ މީހާއަށް، ފާއިސާ ދޭން ހުރި މީހާގެ އަތުން ހޯދޭނެ އެއްޗެއް އޮންނާނެ ހެއްޔެއެވެ.

ޤަބޫލުފުޅު ކުރައްވާށެއެވެ. ފޮނި ކެނޑުއްވިޔަސް ބާއިސާ ކެނޑުއްވިޔަސް ކަންދެއްކެވިޔަސް ހައްދެއް އޮންނަންވާނެއެވެ. އަމިއްލަފުޅު ޖާހާއި ޢިއްޒަތް މަތި ކުރައްވަން ތިޔަ ކުރައްވާ ކަންކަމުން ގެއްލުން ވަނީ ދިވެހި ނިކަމެތި ރައްޔިތުންނަށެވެ. ބަންދު ވަނީ ރާއްޖެއަށް ލިބެން ހުރި އެހީގެ ދޮރުތަކެވެ. ހަލާކުވެގެންދަނީ މިގައުމުގެ ނާޒުކު އިޤްތިޞާދެއެވެ. ވީއިރު، ތިޔަ ގޮތަށް ނޫޅުއްވާށެއެވެ. ދިވެހިންގެ މާދަމާ ހަލާކު ނުކުރައްވާށެއެވެ. މިގައުމު ތިޔަ ގޮތަށް ނިކަމެތި ނުކުރައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު