Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ އަށް ދޭ ހަމަލާތައް

އިސްރާއީލުން ޣައްޒާގައި ކްލިނިކެއްގައި ބޮން ގޮއްވާލާ، ގާތްގަނޑަކަށް 80 މީހުން މަރާލައިފި

3 އެޕްރީލު 2025 | ބުރާސްފަތި 08:54

އިސްރާއީލުގެ ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔޫއެންއާރުޑަބްލިއުއޭގެ ފެސިލިޓީތަކާއި މުވައްޒަފުންނަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުކޮށްފައި

އިސްރާއީލުގެ ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔޫއެންއާރުޑަބްލިއުއޭގެ ފެސިލިޓީތަކާއި މުވައްޒަފުންނަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2025 | ބުރާސްފަތި 08:54
ޖަބާލިއާ ކޭމްޕްގައި އދ.ގެ ކްލިނިލަށް ހަމަލާދިނުމުގެ މަރުވި މީހުންގެ އާއިލާ އިން ހިތާމަކުރަނީ

ޖަބާލިއާ ކޭމްޕްގައި އދ.ގެ ކްލިނިލަށް ހަމަލާދިނުމުގެ މަރުވި މީހުންގެ އާއިލާ އިން ހިތާމަކުރަނީ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 80 މީހުން މަރާލައި، އދ.ގެ ކްލިނިކަށް ބޮން ގޮއްވާލައިފި އެވެ.

މިހަމަލާ ދީފައިވަނީ ޣައްޒާގައި 15 ޕެރެމެޑިކްސް މީހުން ތިބި ޖަމާއަތުގެ ބައެއްގެ މަރުވެފައިވާ ހަށިގަނޑު ފެނުނު ކަމަށް އދ އިން ރިޕޯޓް ކުރިތާ އެންމެ ދެ ދުވަސް ފަހުންނެވެ.

އެ ޖަމާއަތަކީ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ ޔޫއެންއާރުޑަބްލިއުއޭ އާއި ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ މަސައްކަތްތެރިންނެވެ. ގަބުރު ފެންނަންދެން އެ މަސައްކަތްތެރިން ގެއްލިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޕީއާރުސީއެސްގެ އެއް މެޑިކަލް މީހުން އަދިވެސް ގެއްލިފައިވާ ކަމަށް އެ ގްރޫޕުން ބުނެ އެވެ.

މީޑިއާ ރިޕޯޓްތަކުން އެނގޭ ގޮތުން އިސްރޭލް ސިފައިން ބުދަ ދުވަހު ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ ހިޔާއެއްގެ ގޮތުގައި ހިދުމަތްދޭ އދ.ގެ ކްލިނިކަކަށް އިސްރާއިލުން ހަމަލާ ދިނުމުން އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. ހަމަލާދީފައި ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އދ. ކްލިނިކަށެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި މި ހަމަލާފައި މަދުވެގެން ނުވަ ކުއްޖަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި 1 ހަފްތާގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ. މި ޤަތުލުއާންމުގެ ފޫޓޭޖްތަކުން މީގެ ހަފްތާ އެއްހާ ދުވަސް ކުރިން އުފަންވި ކުއްޖެއްގެ ފުރާނަ ނެތް ހަށިގަނޑު ހިފައިގެން އާއްމު މީހަކު ހުރި މަންޒަރު ފެނެއެވެ. އަދި އެ ހަމަލާ އަށް ފަހު އެ ތަނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ.

"އަހަރެންގެ އާއިލާއާ އެކު އިށީނދެގެން އިންއިރު ކުއްލިއަކަށް މިސައިލެއް އަމާޒުކޮށްލީ. މުޅިތަނުގައި ދޮންވެލިގަނޑު ހުއްޓެވެ. ޝަހީދުން އަނދާ ހުލިވެއްޖެ. އަހަރެމެންނަށް ފެނުނީ އިންސާނުންގެ މަސް. އަހަރެމެންނަށް ފެނުނީ އިންސާނުންގެ ކަށިތައް،" މަންޒަރު ދުށް މީހަކު އަލްޖަޒީރާއަށް ކިޔައިދިނެވެ.

ފަލަސްތީނުގެ ރައްޔިތުން އޮންލައިންކޮށް އާންމުކުރި އެހެން ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ޒުވާން އަންހެން ކުއްޖަކު ހާސްވެފައި ހުރެ އެ ހަމަލާގައި މަރުވެފައިވާ އޭނާގެ ބައްޕަ އާއި މެދު ހިތާމަ ކުރަމުންދާ މަންޒަރު ވެސް ފެނެ އެވެ. އަދި މި ހަމަލާ އަކީ އަނިޔާވެރި އަމަލެއް ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

"މައުސޫމް އަންހެނުންނާއި ކުޑަކުދިން މަރާލި. ވަކި ބޮލާއި ހަށިގަނޑުގެ އެކި ގުނަވަންތައް ހުރިހާ ތަނެއްގައި ވެސް ހުއްޓެވެ. އެއީ ލަޖިކް އަށް ވުރެ މާ ބޮޑަށް އަދި ޚިޔާލަށް ވެސް ބޭރު ކަމެއް." މަންޒަރު ދުށް އިތުރު މީހަކު މީޑިއާ އަށް ކިޔާދިނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ތެރެއިން ފަލަސްތީނުގެ އާންމުންނަށް ހާއްސަކޮށްގެން މަދުވެގެން 228 ހިޔާއެއްގައި ހަމަލާދީފައެވެ. އަދި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ނިޒާމީ ގޮތެއްގައި މި ހަމަލާތައް އަމާޒުކުރާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔޫއެންއާރުޑަބްލިއުއޭގެ ފެސިލިޓީތަކާއި މުވައްޒަފުންނަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ޔޫއެންއާރުޑަބްލިއުއޭގެ 284 މަސައްކަތްތެރިން މަރުވެ، ގާތްގަނޑަކަށް 650 ފަހަރު ޔޫއެންއާރުޑަބްލިއުއޭގެ އިމާރާތްތަކަށް ގެއްލުންދީ، ހަމަލާ ދީފައިވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް