Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖީން ނޯއެލް ބެރޮޓް

އީރާނުގެ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ހަމަނުޖެހުން އުފެދުން ގާތް ކަމަށް ކަމަށް ފްރާންސުން ބުނެފި

އީރާނާއެކު ޓެކްނިކަލް ފެންވަރުގެ މީހުން ހިމެނޭ ގޮތަށް މިދިޔަ ހަފްތާގައި ގިނަ މަޝްވަރާތަކެއް ބާއްވާ މި މައްސަލަ އަށް ހައްލު ހޯދުމަށް ގައުމުތަކުން ވަނީ މަސައްކަތްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 08:22
ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް

ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް

އީރާނުގެ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަސްކަރީ ހަމަނުޖެހުން އުފެދުން ގާތް ކަމަށް ފްރާންސުން ބުނެފި އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އާ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަސްކަރީ ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ އިންޒާރު ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް ދެއްވާފައި ވަނީ ބުދަ ދުވަހުއެވެ.

އެގޮތުން ރައީސް އިމަނުއެލް މެކްރޮންގެ ރިޔާސަތުގައި އީރާނާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހު ވާހަކަ ދައްކަވަމުން ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް ވިދާޅުވީ މި މަޝްވަރާތައް ކާމިޔާބުކުރުމަށް އޮތް ޑިޕްލޮމެސީގެ "ފުރުސަތުގެ ކުޑަދޮރު" ތެހެރާނާ އެކު ކުރިއަށްދާ މަސައކްަތްތަކަށް ބަލާ ނަމަ ހަނިވެފައިވާ ކަމަށެވެ.

"އިރާނާއި މެދު އެޅި ފިޔަވަޅުތަކުގެ (2015) އެއްބަސްވުމުގެ މުއްދަތު ހަމަވާން އަޅުގަނޑުމެންނަށް އޮތީ މަދު މަސްކޮޅެއް. ނާކާމިޔާބުވެއްޖެ ހާލަތެއްގައި އަސްކަރީ ކުރިމަތިލުމަކީ ގާތްގަނޑަކަށް ކޮންމެހެން ނުކޮށް ވާން ނެތް ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް." ބެރޮޓް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް، ޔޫރަޕްގެ ބާރުތަކުން ދަނީ އެއްބަސްވުމަކަށް އައުމުގެ ވިސްނުމުގައި ޑިޕްލޮމެޓިކް މަގެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ މަގްސަދަކީ އަހަރުގެ މެދުތެރޭގައި އީރާނުގެ ޔޫރޭނިއަމް މުއްސަނދިކުރުމުގެ ހަރަކާތް ހުއްޓުވުމަށް އެއްބަސްވުމަކަށް އައުން ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަނެއްކޮޅުން ތެހެރާނުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ތަކުރާރުކޮށް ދޮގުކޮށް، އެގައުމުގެ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށް ބުނަމުންނެވެ. ޔޫރަޕްގެ ބާރުތަކުން ވަނީ އީރާނަށް އަލުން ނިއުކްލިއާ މަޝްވަރާތަކަށް ބާރުއެޅުމަށް ޕްރެޝަރު ކުރަން މަސައްކަތްކޮށްފަ އެވެ.

އެގޮތުން، އީރާނާއެކު ޓެކްނިކަލް ފެންވަރުގެ މީހުން ހިމެނޭ ގޮތަށް މިދިޔަ ހަފްތާގައި ގިނަ މަޝްވަރާތަކެއް ބާއްވާ މި މައްސަލަ އަށް ހައްލު ހޯދުމަށް ގައުމުތަކުން ވަނީ މަސައްކަތްކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާންގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ވަގުތުން މަޝްވަރާތަކުގައި ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ބޮން ގޮއްވާލުމާއި ސެކަންޑަރީ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ހުކުރު ދުވަހު ދެއްވާފަ އެވެ. ހަމައެއާއި އެކު ޚާމަނާއީ ވަނީ އެއްވެސް ހަމަލާ އެއް ދީފި ނަމަ، އެ ހަމަލާ އަށް ބަދަލު ހިފުމަށް ވައުދުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު