Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނގިރޭޓް ވިއްކުން

ރާއްޖޭގައި ސިނގިރޭޓް ވިއްކުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން، އެމީހުން މުޒާހަރާތަކަށް ވެސް އެހީ ފޯރުކޮށްދޭ: ރައީސް މުއިއްޒު

2 އެޕްރީލު 2025 | ބުދަ 10:28

ގައުމުގެ ޅަދަރިން ސިނގިރޭޓުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދިއުމަށް ދޫކޮށްލައިގެން ސަރުކާރުން އޮތުމުގެ ބޭނުމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 2 އެޕްރީލު 2025 | ބުދަ 10:28
ރައްޔިތުންނާ އެކު ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނާ އެކު ޕްރޮގްރާމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގައި ސިނގިރޭޓް ވިއްކުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި، އެމީހުން މުޒާހަރާތަކަށް ވެސް އެހީ ފޯރުކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ''ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޕޮޑްކާސްޓް'' ގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ބާރުއަޅަމުންދަނީ ސިނގިރޭޓް ބުއިމާއި، އެކިކަހަލަ ދުންފަތު އިސްތިއުމާލު ކުރުމުން ދުރުވުމަށް ކަމަށެވެ. އަދި ސިނގިރޭޓްގެ އަގުބޮޑު ކުރީ އެ މަގުސަދުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ޅަދަރިން ސިނގިރޭޓުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދިއުމަށް ދޫކޮށްލައިގެން ސަރުކާރުން އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުން ދުންފަތުން ސަލާމަތް ކުރުމަށް އެޅިދާނެ ފިޔަވަޅެއް ނިންމުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވާ ކަމަށާއި، ދިރާސާއެއް ހަދައި، ޕޭޕަރެއް ތައްޔާރުކުރުމަށް ހެލްތް މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކެބިނެޓަށް ހުށަހަޅަން ދެތިން ވިސްނުންފުޅެއް ވެސް އެބަ އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން 1 ޖަނަވަރީ 2007ން ފެށިގެން އުފަންވި ހުރިހާ ކުދިން އެ ކުދިން އުމުރުގައި ކުރިއަށް އޮތްތަނުގައިވެސް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުން ނުވަތަ 1 ޖަނަވަރީ 2004ން ފެށިގެން އުފަންވި ހުރިހާ ކުދިން ސިނގިރޭޓު މަނާކުރުން ނުވަތަ އެއަށްވުރެ އުމުރު މައްޗަށްދާ ނަމަ 1 ޖަނަވަރީ 2000 އުފަންވި ހުރިހާ ކުދިންނަށް ސިނގިރޭޓް މަނާ ކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތު އިސްތިއުމާލުގެ ތެރޭގައި އުޅޭތާ އެހާ ގިނަ ދުވަހެއް ނުވާނެ ކަމަށާއި، އެ މީހުން މި ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ ކަމަށެވެ.

ސިނގިރޭޓްގެ ވިޔަފާރި ކުރަމުންދާ މީހުން އެކަން ހުއްޓާލަން ޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެހެން ކަމަކާ އުޅެންޖެހޭ ކަމަށާއި، މިއީ ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ. ރާއްޖެއަކީ ކުޑަ ކުޑަ ގައުމެއް ކަމަށާއި، މި ކުޑަ މުޖުތަމައު ސަލާމަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އަޅުގަނޑަށް ވަރަށް ގިނައިން އާދޭ މެސެޖް އެއްޗެހި އާދޭ ވަރަށް. މަންމަމެން ބައްޕަމެން އެބަ މެސެޖް ކުރޭ ތިމަންނަގެ ދަރިފުޅު ދެން އެއީ 30 އަހަރުގެ ދަރިއަކަށް ވެސް ވެދާނެ. ކުރީގައި ސިނގިރޭޓް ބޮނީ އޭނާއަށް ލިބޭ މުސާރައިންނޭ. މިހާރު ލާރި ހުސްވެގެން ތިމަންނަ އަތުގައި ހުރި ލާރި ކޮޅޭ މިގެންދަނީ. ދެން ކިހައި ދެރަކަމެއްހޭ ތި ކުރީ. އަޅުގަނޑަށް އާދޭ އެ މެސެޖް. އަންޑަސްޓޭޑްވޭ މިކަންތައް. އެކަމަކު މިކަހަލަ ކަމަަކުން ދުރުކުރާކަށް ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑު ކޮށްގެން މިކަމެއްނުވާނެ. އެހެން ނޫނަސް ސިނގިރޭޓް އެތެރެ ކުރާ މީހުންނަށް އެދެވެނީ ފުރުސަތެއް އެމީހުން އެތަންކޮޅު އެޑްޖެސްޓް ކޮށްގެން ހަމަ ވިއްކަމުންދާން އެވިޔަފާރި. އަޅުގަނޑު އެދެން ސިނގިރޭޓް އެތެރެކޮށް ސިނގިރޭޓް ވިޔަފާރި ކުރާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާ އުޅެން. މިއީ ކުރާވަރުގެ ކަމެއް ނޫން. ދެން މިއީ ކުޑަކުޑަ ގައުމެއް. މިއީ މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާގަ އެކަން ކުރަންވީއެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިކަން ވަރަށް ބޮޑަށް ސިޔާސީ ކުރާ ކަމަށާއި، ސިނގިރޭޓް ވެސް ވިއްކުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށެވެ. އަދި އެމީހުން މުޒާހަރާތަކަށް ވެސް އެހީ ދޭ ކަމަށާއި، އެމީހުން ބޭނުންވަނީ ވޭޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ބޮޑަށް ސިޔާސީ ކުރޭ މިކަންތައް. ދެން އަޅުގަނޑު ބަލާލާއިރުގައި ސިނގިރޭޓް ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން. އެމީހުން މުޒާހަރާތަކަށް ވެސް އެބަ އެހީ ދޭ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭނެއްނުންތޯ. އެމީހުން ބޭނުންވާނީ މިކަމުން ކީކޭ ދަންނަވާނީ. މި މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންނުންތޯ. ސިޔާސީ ނުކުރާށޭ ދެން ރައްޔިތުންގެ ސިއްހަތު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ތަންފީޒީ މަރުހަލާ އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ކުރިއަޅާ ބަލާއިރު، ތަންފީޒީ މަރުހަލާ ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާ ކަމަށާއި، މި މައްސަލާގައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއެއް އެއް ލެވަލްއެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް