Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖުގެ އަޅުކަން

ތަޖުރިބާގެ އަލީގައި ހައްޖުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ހައްޖު ކޯޕްރޭޝަން

2 އެޕްރީލު 2025 | ބުދަ 09:55

ކޮންމެ އަހަރަކު ވެސް ބައެއް މައްސަލަތައް ފެންމަތިވަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އެޕްރީލު 2025 | ބުދަ 09:55
ދިވެހި ހައްޖުވެރިން - ފައިލް ފޮޓޯ

ދިވެހި ހައްޖުވެރިން - ފައިލް ފޮޓޯ

ތަޖުރިބާގެ އަލީގައި މިއަހަރުގެ ހައްޖުގެ ޚިދުމަތްތައް ފުރިހަމަކޮށް، ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ މީހުން އަވަހަށް ޕާސްޕޯޓު ހަވާލު ކުރަންޖެހޭ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެފި އެވެ.

ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ހައްޖު ކޯޕްރޭޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގައި ފުރިހަމަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް އަބަދުވެސް އިސްކަން ދޭ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ބައެއް މައްސަލަތައް ފެންމަތިވަމުންދާކަން ފާހަގަކުރައްވައި ޝަކީލު ވިދާޅުވީ އެ މައްސަލަތަކަށް މިއަހަރު ވަރަށް ބޮޑަށް ބަލާނެ ކަމަށާއި، އެ ކަންކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ތަޖުރިބާގެ އަލީގައި މިހާރުވެސް ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަކީލު ވިދާޅުވީ މި އަހަރުގެ ހައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާއިރު، ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުންގެ ޕާސްޕޯޓް އެ ކޯޕަރޭޝަނާ އަދިވެސް ހަވާލުކޮށްފައި ނުވާ ކަމަށާއި، އަވަހަށް ޕާސްޕޯޓު ހަވާލު ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މިއީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ވިސާއަށް މި ހަފްތާގައި ހުޅުވާލާނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާ ޕާސްޕޯޓް ހަވާލު ނުކުރާ ފަރާތްތަކަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުން ތަކެއް އައުން އެކަށީގެންވާ ކަމަށް ޝަކީލު ވިދާޅުވިއެވެ. އަދި މި ފަދަ ހާލަތެއް މެދުވެރިވެ ހައްޖު ވިސާ ނުލިބިއްޖެ ނަމަ އެފަރާތްތަކަށް ހައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖު ކިޔުގައި ތިބި އެންމެނަަށް ހައްޖުގެ އަޅުކަމަށް ދެވޭ ކަމަށް ސަރުކާރުން ބުނެއެވެ. ކިޔޫގައި ތިބި މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ގެންދިޔުމަށް ކަނޑައަޅާފައި ވަނީ 850 މީހުންނެވެ. އަދި މި އަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފަ އެވެ.

އާއްމުކޮށް ރާއްޖެއަށް ސައޫދީ ސަރުކާރުން ދޫކުރަނީ 1000 ކޯޓާއެވެ. ސައޫދީ ސަރުކާރުން ކޯޓާ ދޫކުރަނީ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހުއެވެ. ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ޝާހީމް ވިދާޅުވެފައިވެ އެވެ.

ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި ހައްޖަށް މީހުން ގެންގޮސްފައިވާ ގޮތަށް ބަލާއިރު، 2015 ވަނަ އަހަރު 1290، 2016 ވަނަ އަހަރު 1000، 2017 ވަނަ އަހަރު 1025، 2018 ވަނަ އަހަރު 950، 2019 ވަނަ އަހަރު 1051، 2022 ވަނަ އަހަރު 458، 2023 ވަނަ އަހަރު 880 އަދި 2024 ވަނަ އަހަރު 1150 ހައްޖާޖީން ގެންގޮސްފައިވެ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް