Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓު

ހައި ކޯޓުގެ އިސްފަނޑިޔާރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި

30 މާރިޗު 2025 | އާދީއްތަ 14:33

ފައިސަލަކީ ކުރީގައި ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަގާމު އާދަކުރައްވާފައިވާ ބޭފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 މާރިޗު 2025 | އާދީއްތަ 14:33
ހައި ކޯޓު

ހައި ކޯޓު

ހައި ކޯޓުގެ އިސްފަނޑިޔާރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ މިހާރު ހައި ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. މި ދެ ބޭފުޅުންނަކީ ވެސް މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަރ ދެ ފަނޑިޔާރުންކަން ފާހަގަކޮށްލެވެ އެވެ.

Advertisement - newsAdvertisement

ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާފަ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައި ވަނީ ޖެނުއަރީ 25، 2018 ގައެވެ. ހަމައެހެންމެ، ނިޔާޒަކީ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން އަދާކުރައްވާ ބޭފުޅާ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ފައިސަލްއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރައްވާފައި ވަނީ ޖުލައި 24، 2018 ގައެވެ. ފައިސަލަކީ ކުރީގައި ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަގާމު އާދަކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލީ 21 މާރޗްގައެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމް އަދާކުރައްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑީޔާރު ކަމަށް މި މަހު މެދު ތެރޭގައި އައްޔަނު ކުރައްވާފައި ވާތީ އެވެ.

ޖޭއެސްސީން ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމާއި، އިސް ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުތިމަތިލުމުގެ ފުރުސަތު އަންނަ އެޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައިވަނީ މި ހިނގާ މާރޗް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:33 ޖެހުމާއި ހަމައަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރު 25 އަހަރު ފުރުމާއި، އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި، ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ހަމައެހެންމެ ހައި ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ވަނީ ހަވާލުކޮށްފަ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައި ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. ސުއޫދު އިސްތިއުފާދެއްވީ އޭނާގެ ސުލޫކީ މައްސަލަ އެއް ބަލާ ޖޭއެސްސީން އޭނާ ސަސްޕެންޑްކުރުމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް