Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ އިން ނޫސްވެރިއަކު ހައްޔަރުކުރުން

ޓެރަރިޒަމްގެ ތުހުމަތުގައި ސްވިޑެންގެ ނޫސްވެރިޔާ ތުރުކީ އިން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފި

30 މާރިޗު 2025 | އާދީއްތަ 06:47

ޑެޖެންސް އީޓީސީ ނޫހުގައި މަސައްކަތް ކުރާ ޖޯކިމް މެޑިން ހައްޔަރުކުރީ "ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރޝިޕް" އަދި "ރައީސަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި" ކަމަށް ރައީސް ގެ ބުލެޓިންގައި ބުނެފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2025 | އާދީއްތަ 06:47
ތުރުކީގައި ބަންދުކުރި ސްވިޑެންގެ ނޫސްވެރިއަކަށް ޓެރަރިޒަމާ ގުޅުން ހުރި ދައުވާތަކެއް ކޮށްފައިވޭ

ތުރުކީގައި ބަންދުކުރި ސްވިޑެންގެ ނޫސްވެރިއަކަށް ޓެރަރިޒަމާ ގުޅުން ހުރި ދައުވާތަކެއް ކޮށްފައިވޭ

ޓެރަރިޒަމްގެ ތުހުމަތުގައި ސްވިޑެންގެ ނޫސްވެރިޔާ ތުރުކީ އިން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފި އެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގެ މޭޔަރު ޖަލަށް ލުމާ ގުޅިގެން ތުރުކީވިލާތަށް ވަޑައިގަތުމުން ހައްޔަރުކުރި ސްވިޑެންގެ ނޫސްވެރިޔަކު ޓެރަރިޒަމާ ގުޅުންހުރި ތުހުމަތުތަކާއި ރައީސަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަން ތުރުކީގެ ރައީސް އާދީއްތަ ދުވަހު ކަށަވަރުކޮށްދެއްވައިފި އެވެ.

ޑެޖެންސް އީޓީސީ ނޫހުގައި މަސައްކަތް ކުރާ ޖޯކިމް މެޑިން ހައްޔަރުކުރީ "ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރޝިޕް" އަދި "ރައީސަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި" ކަމަށް ރައީސް ގެ ބުލެޓިންގައި ބުނެފައިވެ އެވެ.

ސްވިޑެންގެ ޚާރިޖީ ވަޒީރު މާރިއާ މަލްމަރ ސްޓެނަރގާޑް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ މެޑިން ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހު އޭނާގެ މަތިންދާބޯޓު ތުރުކީއަށް ޖެއްސުމުން ކަމަށެވެ.

އެ ޖަމިއްޔާގެ "ޑިސްއިންފޮމޭޝަން ކޮމްބެޓް ސެންޓަރު" އިން ޝާއިއުކުރި ބުލެޓިންއެއްގައި ރައީސް ވިދާޅުވީ ނޫސްވެރިޔާ އަކީ ތުރުކީއާ ދެކޮޅު ހަބަރުތަކާއި މަނާކޮށްފައިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީކޭކޭއާ ގާތް ގުޅުމެއް އޮންނަ ނޫސްވެރިއެއް ކަމަށެވެ.

އަދި ހައްޔަރުކުރުމުގެ މި ނިންމުމަކީ ނޫސްވެރިކަމުގެ ހަރަކާތްތަކާ އެއްވެސް ގުޅުމެއް އޮތް ނިންމުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. މެޑިން ޖަލަށް ލާފައިވަނީ މުޒާހަރާތައް ކަވަރުކުރި ކަމުގެ ތުހުމަތުގައި ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހައްޔަރުކުރި 11 ނޫސްވެރިންގެ ތެރެއިން އެންމެ ފަހު ނޫސްވެރިޔާ ދޫކޮށްލިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

މީގެ އިތުރުން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މުޒާހަރާތައް ކަވަރު ކުރަމުން ދިޔަ ބީބީސީގެ ނޫސްވެރިޔާ މާކް ލޯވެން 17 ގަޑިއިރު ވަންދެން ހިފެހެއްޓުމަށްފަހު ޑީޕޯޓްކޮށްލާފަ އެވެ.

ތުރުކީގެ ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ލޯވެން ޑީޕޯޓްކުރީ އެކްރެޑިޓޭޝަން ނެތުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް