Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު ވައުދާއި ޚިލާފުވުން

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

27 މާރިޗު 2025 | ބުރާސްފަތި 18:20

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ޓަކައި ވެވަޑައިގެންނެވި ރިޔާސީ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންގެ ދިރިއުޅުމާއި، ރައްޔިތުންގެ ކުރިއެރުމާއި، ފައިދާވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 މާރިޗު 2025 | ބުރާސްފަތި 18:20
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ބޮންޑާ ވިދާޅުވީ މި ސަރުކާރުގައި ހަލާލު އިސްޓިކާ ވެސް ނެތް ކަމަށް

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ބޮންޑާ ވިދާޅުވީ މި ސަރުކާރުގައި ހަލާލު އިސްޓިކާ ވެސް ނެތް ކަމަށް

އިސްލާމީ ގައުމެއްގައި އޮންނަ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނޭ ކަމަށާއި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާ އެއް ނެތް ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ބޮންޑާ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ޓަކައި ވެވަޑައިގެންނެވި ރިޔާސީ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންގެ ދިރިއުޅުމާއި، ރައްޔިތުންގެ ކުރިއެރުމާއި، ފައިދާވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދެވެ. ވެރިކަމަށް އައުމަށް ޓަކައި އެމަނިކުފާނު ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ދެއްވި އެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް މި ވައުދު ރައީސް ފުއްދަވަމުން ގެންދަވާތަން ނުފެނެ އެވެ.

މިކަމާއި ގުޅުވައި އިބްރާހީމް ރަޝީދު ވިދާޅުވީ މުޅި ގައުމު ދަރަނިވެރިވެ، ހަނާވަމުން އަންނަ ކަމަށާއި ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވަން ވައުދުވެވަދައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދުވެސް އަދި ނުފުއްދަވާ ކަމަށެވެ. އެކަމުގެ ސަބަބުން ގައުމުގެ ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަން ބޮންޑާ ފާހަގަ ކުރެއްވި އެވެ.

ބޮންޑާ ވިދާޅުވީ މި ގައުމުން މިހާރު މި ފެންނަނީ މުޅިން އެހެން މައްޒަރެއް ކަމަށާއި އެއީ ރައީސް މުއިއްޒުގެ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގަތް ވައުދުތަކާއި މުޅިން ޚިލާފަށް ކަންކަން ހިނގަމުން ދާތަން ކަމަށެވެ. އެހެން ކަމުން މިއަދު މި މުޅި ގައުމުވެސް ގޮވާލަމުން އެ ގެންދަނީ ރައީސް މުއިއްޒުގެ މި ވެރިކަމަކީ ހަލާލު ވެރިކަމެއް ނޫން ކަމުގައެވެ. އެގޮތުން މި ވެރިކަމުގައި ހަލާލު ސްޓިކާއެއް ވެސް ނެތް ކަމަށް ރައްޔިތުން ބުނަމުން އެބަ ގެންދާ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ބޮންޑާ ވިދާޅުވީ މިއީ އިސްލާމީ ދައުލަތެއް ކަމަށާއި އެހެން ކަމުން އިސްލާމީ ދައުލަތެއްގައި ހަލާލު ސްޓިކާއަކީ ހަމަ ކޮންމެ ހެންވެސް ހުންނަން ޖެހޭނޭ އެއްޗެއް ކަމަށެވެ.

މިހާރު މި ގައުމު އެބަގޮވާ މިއީ ހަލާލުވެރިކަމެއް ވެސް ނޫނޭ. މި ވެރިކަމުގައި ހަލާލު ސްޓިކާއެއް ވެސް ނެތޭ އެބަ ގޮވާ މީހުން. އަޅުގަނޑަށް ނޫހަކުން ފެނުނު މި ވެރިކަމުގައި ހަލާލު ސްޓިކާއެއް ވެސް ނެތޭ. އަޅުގަނޑު ހިތައް އެރި މިހާރު ވެރިކަމެއްގައި އެ ބުނާހެން އިންނަން ޖެހޭނޭ ހަލާލު ސްޓިކާ. މިއީ އިސްލާމީ ދައުލަތެކޭ، އެހެންވީމާ އިންނަން ޖެހޭނޭ ހަލާލު ސްޓިކާ
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ލޭ އަޅާ ތެލަސީމިއާ ކުދިން ބަލަހައްޓާ އެ ކުދިންގެ ބެލެނިވެރިންނަށް ފްލެޓުތައް ދޭނެކަމަށް ވިދާޅުވެ، މާތް ﷲ ގަންދީ ހުވާކުރި ކަމަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެ އޮންނަ އުސޫލުގެ މަތިން ފްލެޓު ދޭނެ ކަމަށް ވައުދުވެ ރައީސް މުއިއްޒު މާތް ﷲ ގަންދީ ހުވާކުރައްވަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމާއި އެކު އޭރު ކުރެއްވި ހުރިހާ ހުވައެއްގެ މަތިން ރައީސް މިއަދު ހަނދުމަފުޅުނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑާ ވިދާޅުވީ ރައީސްގެ މިފަދަ އަމަލުފުޅާއި އެކު މި ވެރިކަމުގައި ހަލާލު ސްޓިކާއެއް ނެތް ކަމަށް ރާއްޖޭގެ ރައްޔިތުން ބުނަމުން އެ ގެންދަނީ އެހެން ވެ ކަމަށެވެ. ރައްޔިތުން ބުނާހެން މި ސަރުކާރުގައި ހަލާލު ސްޓިކާ ހަމަ ހަގީގަތުގައި ވެސް ނެތް ކަން މިއަދު އެނގިހާމަވެއްޖެ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ބޮންޑާ ވިދާޅުވީ ވެރިކަމެއްގައި ހަލާލު އިންޓިކާއެއް އިންނަން ޖެހޭނޭ ކަމަށާއި ހަލާލު ސްޓިކާ އިންނަން ޖެހޭނީ ހަމަ އެކަނި އިސްލާމިކް މިނިސްޓްރީގައި އެކަނި ނޫން ކަމަށެވެ. އަދި އިސްލާމީ ގައުމެއްގައި އޮންނަ އިސްލާމީ ދައުލަތެއް ގައި އޮންނަ އުސޫލުގެ މަތިން ހަލާލު ކޮށްގެން ނޫން ގޮތަކަށް ވެރިކަން ނުކުރެވޭނޭ ކަމަށާއި ވެރިކަން ކުރެވޭނީ ހަލާލު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ދޫވެއްސަށް ފައިސާވެއްދި، އެއީ ހަލާލު ފައިސާއެއްނޫން: ރައީސް ޔާމީން

14 އޯގަސްޓު 2017
ދޫވެއްސަށް ފައިސާވެއްދި، އެއީ ހަލާލު ފައިސާއެއްނޫން: ރައީސް ޔާމީން
11 އޯގަސްޓު 2017

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

11 އޯގަސްޓު 2017
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް