Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލް ޓީމަށް މުހިންމު ކުޅުންތެރިއެއް: ރޮބާޓޯ މާޓިނޭޒް

ރޮނާލްޑޯ އާއި ގުޅުވައި ގިނަ މީޑިއާތަކަކުންނާއި ބައެއް ފަރާތްތަކުން އަންނަނީ ރޮނާލްޑޯގެ ކުޅުންދައްވާކަން ފާހަގަކޮށް އޭނާ ޕޯޗުގަލް ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ނުދިނުމަށް ގޮވާލަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 މާރިޗު 2025 | ބުރާސްފަތި 12:11
ރޮނާލްޑޯ އާއި ކޯޗު މާޓިނޭޒް ޕޯޗުގަލްގެ ފަރިތަކުރުމެއްގެ ތެރެއިން: މާޓިނޭޒް އަދިވެސް ރޮނާލްޑޯގެ މުހިންމު ކަން ފާހަގަކުރޭ

ރޮނާލްޑޯ އާއި ކޯޗު މާޓިނޭޒް ޕޯޗުގަލްގެ ފަރިތަކުރުމެއްގެ ތެރެއިން: މާޓިނޭޒް އަދިވެސް ރޮނާލްޑޯގެ މުހިންމު ކަން ފާހަގަކުރޭ

ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލް އަކީ އަދިވެސް ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގުޅުވައި ގިނަ މީޑިއާތަކަކުންނާއި ބައެއް ފަރާތްތަކުން އަންނަނީ ރޮނާލްޑޯގެ ކުޅުންދައްވާކަން ފާހަގަކޮށް އޭނާ އަށް ޕޯޗުގަލް ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ނުދިނުމަށް ގޮވާލަމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުގައި މިހާރު ރޮނާލްޑޯއަށް ވުރެ، ފެންވަރުގެ ގޮތުން މާ ރަނގަޅު ޒުވާން ކުޅުންތެރިން އެބަ ތިއްބެވެ. އެހެން ކަމުން ރޮނާލްޑޯ ގެ ބޭނުމެއް މިހާރު ޕޯޗުގަލް ގައުމީޓީމަަށް ނެތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިކަމަށް ރައްދު ދެއްވާ ކޯޗު މާޓިނޭޒް ބުނީ ރޮނާލްޑޯގެ އަސްލުފެންވަރު މިހާރު ނުދެއްކޭ ކަމަށް ޤަބޫލުކުރާ ކަމަށާއި ނަމަވެސް އަދިވެސް އޭނާ އަކީ ގައުމީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައި ވީ ނަމަވެސް ރޮނާލްޑޯ އަކީ ލަނޑު ޖެހުމުގެ ހުނަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށް އޭނާ ބުންޏެވެ.

އޭގެ ހެއްކެއްގެ ގޮތުގައި މާޓިނޭޒް ފާހަގަކުރީ އެންމެ ފަހުން ނޭޝަންސް ލީގުގައި ޑެންމާކް އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއި ދެއްކި މޮޅު ކުޅުމެވެ.

ގަބޫލުކުރަން، ރޮނާލްޑޯގެ ޒުވާން އުމުރުގައި ކުޅުނު މޮޅު ކުޅުން ނުކުޅެވޭކަން. އެހެން ނަމަވެސް ރޮނާލްޑޯ އަކީ އަދިވެސް ލަނޑު ޖެހުމުގެ ހުނަރު ހުރި މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ޕޯޗުގަލް ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެއް
ރޮބާޓޯ މާޓިނޭޒް

ރޮނާލްޑޯ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެނދިއަ ނަމަވެސް، އޭނާ އަކީ ވެސް ދުނިޔޭގެ ފެންވަރުގައި މޮޅު ކުޅުންތެރިއެއް ކަމަށް މާޓިނޭޒް ބުންޏެވެ. އޭނާ ބުނީ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމުގައި ކުޅެން ބޭނުންވާހާ ދުވަހަކު އެ ފުރުސަތު ރޮނާލްޑޯ އަށް އޮންނާނޭ ކަމަށެވެ.

މާޓިނޭޒް ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެހެން ކުޅުންތެރިންނާއި ޚިލާފަށް އާދަޔާއި ޚިލާފު ހުނަރުތަކެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން ރޮނާލްޑޯގެ ބޭނުން އަދިވެސް ޕޯޗުގަލް ޓީމަށް ހިފޭނެ ކަމާއި މެދު ޝައްކުނުކުރާ ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު