Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގޯތީގެ ވައްކަން

ގޯތީގެ ވައްކަމުގެ ވާހަކަވެސް މަޑުމަޑުން ހަނދާން ނައްތާލަންވީތޯއެވެ؟

26 މާރިޗު 2025 | ބުދަ 11:52

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓުތައް ދޫކޮށްލައިފި. ގޯތީގެ ވައްކަމުގެ ވާހަކަވެސް މަޑުމަޑުން ހަނދާން ނައްތާލަންވީތޯއެވެ؟ އާއްމު މީހާ އަށް ހައްގު މިންވަރަކީ މިއީތޯ؟

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 މާރިޗު 2025 | ބުދަ 11:52
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

މިއަދު ހޭލައިގެން ނޫސްތައް ބަލާލި އިރު ފެނުނީ ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން ޕާސްޕޯޓު ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓުތައް ދޫކޮށްލި ވާހަކައެވެ. ހިތަށް އެރިއެވެ. މި ވާހަކަ ވެސް ދެން މި ނިމެނީތާއެވެ.

ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ވާހަކަ ދެކެވުނީމަ މަށަކަށްވާ ނޭނގެއޭ ބުނެފަ ނިންމާލަންވީއެވެ. ގޯތީގެ ވައްކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭރު އެ ވެރިން ފިލާފާނެ ވާހަކަ އާއި އެ ވެރިންގެ ވައްކަމުގެ ފުންމިން ނޭނގޭ ވާހަކަ ނިކަން އަޑު ހަރުކޮށް ދައްކަމުން އައެވެ.

އެގޮތުން އޭރު ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އޭނާގެ ބޭބެ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. މިހާރު ފުލުހުން ބުނީ މި މައްސަލާގެ ތުހުމަތުގައި ހިފެހެއްޓި ހުރިހާ އެންމެންގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ސުވާލަކީ ކުރިން ފިލާފާނެ ކަމަށް ހީވި ބިރު މިހާރު ނެތުނީތޯއެވެ؟ ނޫނީ ކުރި ވައްކަމުގެ ތުހުމަތުގެ ނިސްބަތް ކުޑަވީތޯއެވެ. ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މައުލޫމާތެއް ނުދެއްވައެވެ. އަދި މިމައްސަލާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ. އާޢްމުން ކުރާ ސުވާލުތަކަށް ދެއްވަނީ ބީރު ކަންފަތެކެވެ.

މިކަހަލަ ކޮންމެ ތުހުމަތެއްގެ ވާހަކަ ދައްކަނީ އާއްމުންގެ ކަންބޮޑުވުން ހިނދެންދެންނެވެ. ދެން އަނެއްކާވެސް ދައްކަންވީ އާ ވައްކަމެއް އާ ތުހުމަތެއް، އާ ޚިޔާނާތެއްގެ ވާހަކަ އެވެ. މިހާ އަވަހަށް ކަންކަން ހަނދާންނައްތާލާ ނަމަ ސީރިއަސްކަމާއި އެމު މައްސަލަ ބަލާނެ ކަމަށް އެ ބުނާ ބުނުމަށް އާއްމުން އިތުބާރު ކުރާނީ ކިހިނެތްތޯއެވެ.

އާއްމުންގެ ގޯއްޗާއި ފްލެޓްތައް ނުލިބިގެން އެ އާއްމުން ހަނާވަނީ އެވެ. އެކަމަކު ތުހުމަތުތައް ކުރެވޭ މީހުން ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތި މަޑުމަޑުން މަޑުމަޑުން އެ ވާހަކަތައް އޮބެނީ އެވެ. ވެރިމީހާ ތިމަން މަނިކުފާނަށް އެކަންކަން ނޭނގެއޭ ބުނެފަ ފަރުޖައްސާލީމަ ނިމުނީ އެވެ. ގޯތީގެ ވައްކަމުގެ ވާހަކަވެސް މަޑުމަޑުން ހަނދާން ނައްތާލަންވީތޯ އެވެ؟ އާއްމު މީހާ އަށް ހައްގު މިންވަރަކީ މިއީތޯ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2018

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން
31 މާރިޗު 2018

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!
29 ޖެނުއަރީ 2018

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟
29 ޑިސެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!

29 ޑިސެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!
26 ޑިސެމްބަރު 2017

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!
08 ނޮވެމްބަރު 2017

ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ

08 ނޮވެމްބަރު 2017
ދިވެހިރާއްޖެ، މަޑުމަޑުން ސިޔާސީ ތުންފުއްސަކަށްވެ ނިމެނީ
03 ނޮވެމްބަރު 2017

ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

03 ނޮވެމްބަރު 2017
ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް
01 ސެޕްޓެމްބަރު 2017

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!
20 އޯގަސްޓު 2017

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް