Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބުއްޓޫ އަވަހާރަކޮށްލި ހާދިސާ

ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު، ހަނދާންތައް ފިލާ ނުދޭ!

އެކަމަނާ ވަކާލާތު ކުރެއްވި ހައްގުތައް އެ ގައުުމުގައި މިއަދު ވަނީ ހަނިކުރެވިފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 07:25
ބުއްޓޫ ވަނީ 1988 އިން 1990 އަށް އަދި 1993 އިން 1996 އަށް ޕާކިސްތާނުގައި ވެރިކަން ކުރައްވާފައި

ބުއްޓޫ ވަނީ 1988 އިން 1990 އަށް އަދި 1993 އިން 1996 އަށް ޕާކިސްތާނުގައި ވެރިކަން ކުރައްވާފައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ހާދިސާއަށް މި އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުހަށް 10 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް އެ ހަނދާންތައް އަދިވެސް ފިލާނުދެއެވެ. އެ ކަމަނާގެ ނަމާއި މޫނުފުޅު އެ ގައުމުގެ ބިލްބޯޑްތަކާއި އިންތިޚާބުތަކުގެ ކެމްޕެއިން މެޓީރިއަލްތަކުގައި ބޭނުންކޮށް ކެމްޕެއިންތަކުގައި ކެނޑިޑޭޓުން ވެސް އެކަމަނާގެ ލެގަސީ ބޭނުންކުރެއެވެ. ސްކޫލްތަކާއި، ކޮލެޖްތަކާއި، އެއަރޕޯޓްތަކާއި، ވެލްފެއަރ ސްކީމްތަކާއި ހޮސްޕިޓަލްތަކަށް ވެސް އެކަމަނާގެ ނަންފުޅުން ނަން ދީފައިވެއެވެ. އެކަމަނާގެ ނަންފުޅުން ނަން ދީފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމްކޮށްފައިވެއެވެ. އެކަމަނާއާ ގުޅުވައި "ބޭނަޒީރުއާބާދު"ގެ ނަމުން ނަން ދީފައިވާ ޑިސްޓްރިކްޓެއް އޮވެއެވެ.

ބޭނަޒީރު ބުއްޓޫއަކީ އެހާވެސް މަގުބޫލު ބޭފުޅެއް ކަން ދައްކުވައިދޭ އެއް ހެއްކަކީ އަމިއްލަފުޅަށް ގައުމުން ބޭރަށް އަރުވާލެއްވިގެން ހުންނެވުމަށް ފަހު 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކަމަނާ އެނބުރި ގައުމަށް ވަޑައިގެންނެވުމާ އެކު އެތައް ލައްކަ ބަޔަކު އެ ކަމަނާއަށް މަރުހަބާ ދެންނެވި ދެންނެވުމެވެ. އެއީ އެކަމަނާ އަވަހާރަކޮށްލެވުމުގެ އެންމެ ތިން މަސް ކުރިއެވެ. އެމެރިކާގެ ތާއީދާ އެކު އެކަމަނާ ގެންދެވީ ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފާ އެކު ވެރިކަމުގެ ބާރުތައް ހިއްސާކުރެއްވުމަށް މަޝްވަރާކުރައްވަމުންނެވެ.

އެއީ އެކަމަނާ ޕާކިސްތާނަށް ވަޑައިގަތުމުން އެކަމުގެ އުފާފާޅުކުރެވުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެކަމަނާ ގައުމުން ބޭރަށް އަރުވާލެއްވިގެން ހުންނެވުމަށް ފަހު އެތައް އަހަރެއް ފަހުން ގައުމަށް ވަޑައިގެން އަސްކަރީ ޑިކްޓޭޓަރޝިޕާ ދެކޮޅަށް އެއްވުމެއް ބާއްވަވާފައި ވަނީ 1986 ގައެވެ. އެއީ އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ބޮޑުވަޒީރު ޒުލްފިޤާރު އަލީ ބުއްޓޫގެ ވެރިކަން އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކުން ވައްޓާލިތާ 10 އަހަރު ފަހެވެ. ވެރިކަން ވައްޓާލިތާ އެއް އަހަރު ފަހުން ކުރި ހުކުމުގެ ދަށުން ޒުލްފިޤާރު ވަނީ ދަންޖައްސައި މަރާލާފައެވެ.

ފެށުނީއްސުރެ ބުއްޓޫ އާއި އަސްކަރިއްޔާއާ ދެމެދު އޮތީ ނުތަވަސް ގުޅުމެކެވެ. މީގެ އިތުރުން 1980 ގައި އަދި 1990 ގައި އޮތް ބުއްޓޫގެ ސަރުކާރުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާ އެކު އެކަމަނާގެ ސަރުކާރާ މެދު އޮތް އެގައުމުގައި ހިތްހަމަ ނުޖެހުން އޮތެވެ. ޚާއްސަކޮށް އާއިލީ ބޭފުޅުން މަގާމުތަކަށް އައްޔަންކުރުމަކީ އެކަމަނާއާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމެކެވެ. އެކަމަނާގެ މަންމާފުޅު ނުސްރަތު ބުއްޓޫ އާއި ފިރިކަލުން އަދި އާއްމުންގެ ގިނަ ބަޔަކު "މިސްޓަރ 10 ޕަސެންޓް"ގެ ނަމުން މުޚާތަބުކުރާ އާސިފް ޒަރްދާރީ ކެބިނެޓްގައި ހިމެނުއްވިއެވެ.

އެކަމާނާ އެންމެ ޚިޔާލު ތަފާތު އަދި އެންމެ ބޮޑަށް ފާޑުކިޔާ ފަރާތްތަކުން ވެސް އެއްބަސްވާ އެއް ކަމަކީ އެކަމަނާއަކީ އެ ގައުމުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުކަމެވެ.

ބުއްޓޫ އަވަހާރަކޮށްލެވުނީ ޑިސެމްބަރު 27 ،2007 ގައި ރާވަލް ޕިންޑީގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ހުންނަވަނިކޮށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެކަމަނާ އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފައިވާއިރު އެ ހަމަލާގައި 150 މީހުން މަރުވިއެވެ.

އެކަމަނާ އަވަހާރަކޮށްލުން ވެގެން ދިޔައީ ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް ނޭދެވޭ ބަދަލުތަކެއް ގެނުވި ކަމަކަށެވެ. އެ ކަމަނާ ދުނިޔެ ދޫކުރެއްވުމަށް ފަހު މިހާތަނަށް ސިޔާސީ އެއްވެސް ބާރަކަށް ޑިކްޓޭޓަރޝިޕާ ދެކޮޅަށް އެކަތިގަނޑަކަށް ވެވިފައެއްނުވެއެވެ.

އެކަމުގެ އެއް ހެއްކަކީ ބުއްޓޫ އަވަހާރަކޮށްލެވުނުތާ 10 އަހަރުވެގެންދިޔައިރު އެކަމަނާ އަވަހާރަކޮށްލި ފަރާތްތައް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެކަމަނާ ވަނީ ލިއާޤަތު އަލީ ޚާން އާއި ޒިއާއުލް ހައްޤުގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯއްދެވުމަށް އެހެން ލީޑަރުންނާ ގުޅިވަޑައިގެންފައެވެ.

އެކަމަނާގެ މަރުގެ ތަހުގީގު ފަނޑުވެ ދިޔަ ފަދައިން އެ ކަންކަމަކަށް އެކަމަނާ މަސައްކަތްކުރެއްވި ކަންކަން ވެސް ޕާކިސްތާނުގައި ވަނީ ފަނޑުވެ ގޮސްފައެވެ. ގާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ، އަންހެނުންގެ ހައްގުތަކާއި އަސާސީ ހައްގުތަކާއި ޒާތީ މިނިވަންކަން ފަދަ ހައްގުތައް ވަނީ ގައުމީ ސަލާމަތުގެ ނަމުގައި ނިގުޅައިގަނެވިފައެވެ. އަދި ދީނީ ހަރުކަށިކަން އިތުރުވެ ގައުމުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު