Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްގުތައް ހޯދުން

މި ސަރުކާރުގައި މަގުމަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް ނުލިބޭނެ: މޭޔަރު އާޒިމް

26 މާރިޗު 2025 | ބުދަ 08:45

އެއް އަހަރުން އަނެއް އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަ ދަނީ ބޮޑުވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2025 | ބުދަ 08:45
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިތީ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެ ސިތީ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަގުމަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް ނުލިބޭނެ ކަމަށާއި، ފްލެޓު ލިބޭނެ ކަމުގެ އުންމީދުގައި ތިބި މީހުން ވެސް ހައްގު ބޭނުންވާނަމަ މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، މިތަނުގައި ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ދަތި ހާލުގައި ކަމަށެވެ. އެއްއަހަރުން އަނެއް އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވަމުންދާ ކަމަށާއި، ނަމަވެސް މިސަރުކާރުން ފްލެޓުތައް ދޫނުކޮށް ލަސް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ފްލެޓެއް އެޅުމަށް އެންމެ ގައު ކޮޅެއް ވެސް ނުބޭއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކުރީ ސަރުކާރުގައި އަޅާ ނިންމާފައިވާ ފްލެޓުތައް ދޫނުކޮށް، ގަޑުބަޑުކޮށްފައިވާ ކަމަށާއި، ރައްޔިތުންނަށް ދެމުންދަނީ އަނިޔާ ކަމަށެވެ. އަދި މިސަރުކާރުން 3000ށް ވުރެ ގިނަ އާއިލާ ނިކަމެތިކޮށް ދެރަ ދީފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުގައި އިންސާފެއް ނެތް ކަމަށާއި، މިއީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. މިސަރުކާރުގައި އެއްވެސް ރައްޔިތަކަށް މަގުމައްޗަށް ނުކުމެގެން ނޫނީ ހައްގު ނުލިބޭނެ ކަމަށާއި، ފްލެޓު ލިބިފައިވާ މީހުންނާއި، ފްލެޓު ލިބޭނެ ކަމަށް އުންމީދުގައި ތިބި މީހުން މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ދޮގު ހަދައިގެން މި ގައުމުގައި ވެރިކަން ކުރަން ފަސޭހަނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކައަކީ ފްލެޓު އެލިބުނު ގޮތަކަށް އެލިބުނު ގޮތަކަށް ލިބުނު ތަނަކުން އެއްވެސް ބަދަލެއް ނުގެނެސް ދެއްވާނަމޭ ވިދާޅުވި. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. މިގޮތަށް ދޮގު ހަދައިގެން މި ގައުމުގައި ވެރިކަން ކުރާކަށް ފަސޭހަ ކަމަކަށްނުވާނެ. ހީކޮށްގެން ނުވާނެ ރައްޔިތުންނަށް ދޮގު ހަދައިގެން ނޫޅެވޭނެ. ރައްޔިތުންނަށް ތެދު ހަދަންޖެހޭނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ދޮގު ހަދައިގެން މިގޮތަށް މިކަންތައްތައް ކުރުމަކީ ވަރަށް ވަރަށް ގޯސްކަމެއް ކުރަމުން އެދަނީ. އެހެންވީމަ އަޅުގަނޑު ހަމަ އެދެން މިސަރުކާރުގައި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާނުލާށޭ. ރައްޔިތުންނަށް އަނިޔާނުދޭށޭ. ރައްޔިތުންނަށް ހިތާމަ ނުޖައްސާށޭ. ރައްޔިތުން އެބޭފުޅުން ހޮވާފައި ތިބީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް އުފާވެރިކަން ގެނެސްދޭން. އެމީހުންގެ ކަންތައްތައް ހަމަޖައްސަން. އެކަމަކު އެމީހުން ކުރާ ކަމަކީ ރައްޔިތުންނަށް އުދަނގޫ ކުރުން. ރައްޔިތުން ހިތާމާގަައި ޖެއްސުން، ރައްޔިތުން ނިކަމެތި ކުރުން. އެނޫން ކަމެއް ނުކުރޭ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިސަރުކާރު ބޭފުޅުންގެ އެއްވެސް އަހުލާގީ މިންގަނޑެއް ނެތް ކަމަށާއި، ފާޅުގައި ދޮގުހަދައި އަނިޔާ ދިނުމަށްފަހު ވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ އިތުރަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ފުރުސަތު ނުދިނުމަށް އާޒިމް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް